އުފަންވެލި ޝޮޕްތަކުން މޭވާއާ ގިނަ ބާވަތްތަކެއް އަގުހެޔޮކޮށް ވިއްކަން ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
އުފަންވެލި ޝޮޕްތަކުން މޭވާއާ ގިނަ ބާވަތްތަކެއް އަގުހެޔޮކޮށް ވިއްކަން ފަށައިފި

އަބަދުވެސް އެންމެ ހެޔޮ އަގުތަކުގައި މޭވާ އާއި ކާބޯތަކެތީގެ ބާވަތްތައް ވިއްކަމުން އަންނަ އުފަންވެލި ޝޮޕްތަކުން ގިނަ ބާވަތްތަކެއްގެ އަގުހެޔޮކޮށްފިއެވެ.

ގްރީން ގްރޭޕްސް 4.5 ކިލޯގެ ކޭހެއް 350 ރުފިޔާއަށް ވިއްކާއިއރު ކިލޯއެއް ވިއްކަނީ 120 ރުފިޔާއަށެވެ. ރެޑް ގްރޭޕްސް 4.5 ކިލޯގެ ކޭހެއް 450 ރުފިޔާއަށް ވިއްކާއިއރު ކިލޯއެއް ވިއްކަނީ 100 ރުފިޔާއަށެވެ. ބްލެކް ގްރޭޕްސް 4.5 ކިލޯގެ ކޭހެއް 480 ރުފިޔާއަށް ވިއްކާއިރު ކިލޯއެއް ވިއްކަނީ 120 ރުފިޔާއަށެވެ. 

138 ކައުންޓުގެ ފެހި އާފަލް ކޭހެއް 450 ރުފިޔާއަށް ވިއްކާއިރު އާފަލެއް ވިއްކަނީ 4 ރުފިޔާއަށެވެ. 138 ކައުންޓުގެ ރަތް އާފަލް ކޭހެއް 480 ރުފިޔާއަށް ވިއްކާއިރު އާފަލެއް ވިއްކަނީ 5 ރުފިޔާއަށެވެ. 5 ކިލޯގެ އަންނާރު ކޭހެއް 310 ރުފިޔާއަށް ވިއްކާއިރު ކިލޯއެއް ވިއްކަނީ 80 ރުފިޔާއަށެވެ. 

7.5 ކިލޯގެ ކައްޓަލަ ކޭހެއް 155 ރުފިޔާއަށް ވިއްކާއިއރު ކިލޯއެއް ވިއްކަނީ 22 ރުފިޔާއަށެވެ. 13 ކިލޯގެ މަޑިހާ ބަނާނާ ކޭހެއް 520 ރުފިޔާއަށް ވިއްކާއިރު ކިލޯއެއް ވިއްކަނީ 45 ރުފިޔާއަށެވެ. 3 ކިލޯގެ މަޑިހާ ބަނާނާ ކޭހެއް 110 ރުފިޔާއަށް ވިއްކާއިރު ކިލޯއެއް ވިއްކަނީ 45 ރުފިޔާއަށެވެ.

މަޑިހާ ބާސްމަތީ ހަނޑޫ 5 ކިލޯގެ ބަސްތާއެއް 90 ރުފިޔާއަށް ވިއްކާއިރު 40 ކިލޯގެ ކޭހެއް  ވިއްކަނީ 650 ރުފިޔާއަށެވެ. 

900 ގްރާމްގެ ބޯންލަސް ޗިކަން 12 ޕެކެޓްގެ ކޭހެއް 735 ރުފިޔާއަށް ވިއްކާއިރު ޕެކެޓެއް ވިއްކަނީ 75 ރުފިޔާއަށެވެ. 900 ގްރާމްގެ ބޯންލަސް ޗިކަން 12 ޕެކެޓްގެ ކޭހެއް 600 ރުފިޔާއަށް ވިއްކާއިރު ޕެކެޓެއް ވިއްކަނީ 60 ރުފިޔާއަށެވެ. 

މީގެ އިތުރުން 2 ލިޓަރުގެ ކުކިންގ އޮއިލް 6 ފުޅީގެ ކޭހެއް 300 ރުފިޔާއަށް ވިއްކާއިރު ފުޅިއެއް ވިއްކަނީ 55 ރުފިޔާއަށެވެ. 

އުފަންވެލި ޝޮޕްތައް ހިންގާ މަޑިހާ ކޮމްޕެނީން ބުނެފައިވަނީ މިޕްރަމޯޝަން ކުރިއަށް ގެންދާނީ މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

 

މިއަދު އޮންލައިން