އުރީދޫ ޕޯސްޓްޕެއިޑް އަށް އަޕްގްރޭޑް ކޮށްލައިގެން ޕެރިހަށް ހިލޭ ދަތުރެއް ކާމިޔާބު ކުރުމުގެ ފުރުސަތު!

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 9ސ
އުރީދޫ ޕޯސްޓްޕެއިޑް އަށް އަޕްގްރޭޑް ކޮށްލައިގެން ޕެރިހަށް ހިލޭ ދަތުރެއް ކާމިޔާބު ކުރުމުގެ ފުރުސަތު!

އާއިލާ އާއި ރައްޓެހިންނާ ގުޅުން ބަދަހިކޮށްލާ އިތުބާރާއި އެކު އިންޓަނެޓް ގެ ފުރިހަމަ ބޭނުން ކުރުމަށް މޮބައިލް ކަނެކްޝަނެއް ހޯދަނީނަމަ، އުރީދޫ ޕޯސްޓްޕެއިޑް ޕެކޭޖްތައް ބައްލަވާލައްވާށެވެ.

އުރީދޫ ޕޯސްޓްޕެއިޑް ޕެކޭޖްތަކުން ލިބިވަޑައިގަންނަވާ ޑޭޓާ އަދި ވޮއިސް ގެ ހިދުމަތްތަކުގެ އިތުރުން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާ ގުޅިގެން އުރީދޫއިން އެންމެ ފަހުން ތައާރަފްކުރި އޮފާއާއި އެކު ޕެރިހުގެ ޕާކް ޑެސް ޕްރިންސް ސްޓޭޑިއަމްގައި ޕީއެސްޖީ އާއި ލިޔޯން ބައްދަލުކުރާ މެޗް ލައިވްކޮށް ބެލާލުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލައިފައެވެ.

ނަސީބުވެރި ވެރި އެއް ފަރާތަކަށް ލިބޭ މި ފުރުސަތުގައި ސްޓޭޑިއަމްގެ ޓިކެޓުގެ އިތުރުން 2 ރެއާއި 3 ދުވަހުގެ ފުލް ބޯޑް އެކޮމޮޑޭޝަނާއެކު ޕެރިސް ދެކޮޅު ޓިކެޓް ލިބެއެވެ. މި ޕްރޮމޯޝަން ގައި ބައިވެރިވުމަށް މިހާރު ގެންގުޅުއްވާ ޕޯސްޓްޕެއިޑް ޕްލޭން އަޕްގްރޭޑް ކޮށްލުމުން އޮޓޮމެޓިކް އިން ބައިވެރިވެވޭނެއެވެ. ޕްރިޕެއިޑް ގެންގުޅުއްވާ ފަރާތްތަކުން އުރީދޫ ޕޯސްޓްޕެއިޑް އަކަށް ބަދަލުކޮށްލުމުންވެސް ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. ހަމަ އެއާ އެކު 31 ޑިސެމްބަރު 2023 ގެ ނިޔަލަށް ކުރިއަށް ދާ މި ޕްރޮމޯޝަންގައި އަލަށް އުރީދޫ އާއި ގުޅިވަޑައިގަންނަ ކަސްޓަމަރުންނަށްވެސް މި ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އާބާދީގެ %100 އަށް އުރީދޫ ގެ ހަލުވި 4ޖީ+ ކަވަރޭޖް މިހާރުވެސް ފޯރުކޮށްެމުން ދާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އުރީދޫ ކަސްޓަމަރުންނަށް މޮބައިލް ކަނެކްޝަން އެއް ހެޔޮ އަގުގައި ލިބިގެންދެއެވެ. ކޮންމެ ތަނެއްގައި ހުރި ނަމަވެސް ހަލުވި ސްޕީޑް ގެ އިންޓަނެޓްއާއި ވޮއިސް ކޯލް ގެ ހިދުމަތް މެދުކެނޑުމެއް ނެތި ލިބިގެންދެއެވެ. އުރީދޫ ޕޯސްޓްޕެއިޑް އަކަށް އަޕްގްރޭޑް ކުރާ ކަސްޓަމަރުންނަށް ރާއްޖޭގެ އެންމެ ވަރުގަދަ ނެޓްވޯކްގައި ބޮޑެތި ޑޭޓާ އެލަވަންސްތަކާއި އެކު ފުރިހަމަ ތަޖުރިބާއެއް ކަށަވަރުވެއެވެ. އުރީދޫ ޕޯސްޓްޕެއިޑް ޕޯޓްފޯލިއޯގައި އެކި އެކި ބޭނުންތަކަށް އިންޓަނެޓް ބޭނުންކުރާ ފަރާތްތަކަށް އެކަށޭނެހެން ޑޭޓާ ހިމެނޭ ތަފާތު ޕެކޭޖްތައް ހެޔޮ އަގުގައި ހިމަނާފައިވެ އެވެ.

އެގޮތުން ބަލާއިރު، އާޗާ ޕޯސްޓްޕެއިޑް ޕެކޭޖުތަކުން މުޅި މަހުގެ ތެރޭގައި ކޮންމެ ދުވަހަކު ޑޭޓާ އާވެގެންދާއިރު، އެކު ޕޯސްޓްޕެއިޑް ޕެކޭޖުތަކުން ސޯޝަލް މީޑިއާ، ސްޓްރީމިން އަދި ރެގިއުލާ ޔޫސޭޖަށް ހާއްސަ ޑޭޓާ ލިބެ އެވެ. މި ޕޯޓްފޯލިއޯގައި ޑޭޓާ ބޭނުންކުރާ މިންވަރު މަދު ކަސްޓަމަރުންނަށް ހެޔޮ އަގުގައި ލިބެން ހުރި ނެޓުހެޔޯ ޕޯސްޓްޕެއިޑް ޕެކޭޖްތަކަކީ ވެސް ވަރަށް ފުރިހަމަ ޕެކޭޖްތަކެކެވެ.

އުރީދޫ ޕޯސްޓްޕެއިޑް ޕްލޭންތަކުގެ ފައިދާތަކަށް ބަލާއިރު ޑޭޓާ ރޯލްއޯވާ ހިދުމަތާއެކު، މަސް ނިމޭއިރު ބޭނުން ނުކުރާ ޑޭޓާ ބޭކާރު ނުވާނެ ކަން ކަށަވަރު ކޮށް، އަނެއް މަހުގެ ޑޭޓާ އެލަވަންސް އަށް އެއްވެގެން ދެ އެވެ. މީގެ އިތުރުން 1000 ރުފިޔާ އާއި އެއަށްވުރެ މަތީގެ ޕްލޭންތައް ގެންގުޅުއްވާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ކްލަބް ޕްރިމިއާ މެމްބަރޝިޕާ އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި މަޝްހޫރު ދިވެހި އަދި ބައިނަލްއަގުވާމީ ބްރޭންޑްތަކުން ތަފާތު އޮފާތަކާއި ޑިސްކައުންޓްތައް ލިބެ އެވެ. ހަމަ އެއާއި އެކު ނެޓުހެޔޯ އަދި އާޗާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެއްފަހަރާ 3 މަހަށް، 6 މަހާށް، 12 މަހަށް، އަދި 24 މަސް ދުވަހަށް ޕޯސްޓްޕެއިޑް ބިލް ދައްކަވާ ފަރާތްތަކަށް 20 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ލިބެ އެވެ. އުރީދޫ މޯލްޑިވްސް ޕޮސްޕެއިޑް ޕެކޭޖްތަކާއި ބެހޭ މައުލޫމާތު ހޯއްދެއްވުމަށް އަދި އެކްޓިވޭޓް ކުރުމަށް http://ore.do/payless ޒިޔާރަތްކުރައްވާށެވެ.

މިއަދު އޮންލައިން