އުރީދޫ ސުޕަނެޓް: ޑިޕޮސިޓަކާ ނުލާ ފްރީ ރައުޓަރު، ހަލުވި އިންޓަނެޓް ސްޕީޑް، ބޮޑެތި ޑޭޓާ އެލަވަންސް އަދި ޕެރިހަށް ދިއުމުގެ ފުރުސަތު!

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 40ސ
އުރީދޫ ސުޕަނެޓް: ޑިޕޮސިޓަކާ ނުލާ ފްރީ ރައުޓަރު، ހަލުވި އިންޓަނެޓް ސްޕީޑް، ބޮޑެތި ޑޭޓާ އެލަވަންސް އަދި ޕެރިހަށް ދިއުމުގެ ފުރުސަތު!

އެކި ސިނާއަތްތަކުގެ މަސައްކަތާއި ހިދުމަތްތައް ބާރު ސްޕީޑުގައި ޑިޖިޓަލް ވަމުން ދާއިރު، އިތުބާރު ހުރި މެދުކެނޑުމެއްނެތް އިންޓަނެޓް ކަނެކްޝަނަކީ މިހާރު އަޅުގަނޑުމެންގެ އާންމު ދިރިއުޅުމަށް މުހިންމު ހިދުމަތެކެވެ. އުރީދޫ މޯލްޑިވްސްގެ ބްރޯޑްބޭންޑް ޕޯޓްފޯލިއޯ އިތުރަށް ހަރުދަނާކޮށް، ސުޕަނެޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ބޮޑެތި ޑޭޓާ އެލަވަންސްއާއި އެކު އަގުހެޔޮ ޕެކޭޖްތަކެއް ވަނީ ފަހިކޮށްދީފައެވެ. މި ޕެކޭޖްތަކުގެ އިތުރުން އުރީދޫ އަކީ އެކުންފުނީގެ ނެޓްވޯކް އިންފްރާސްޓްރަކްޗާ އަޕްގްރޭޑްކޮށް ކަސްޓަމަރުންގެ ތަޖުރިބާ އަބަދުވެސް އިތުރަށް ފުރިހަމަ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއްކަމުން، ދުވަހުން ދުވަހަށް ހިދުމަތުގެ ފެންވަރު ދަނީ އިތުރުވަމުންނެވެ.

ސުޕަނެޓް ކަސްޓަމަރުންނަށް މިހާރު ކުރިއަށްދާ އޮފާތައް!

·       31 ޑިސެމްބަރ 2023 ގެ ކުރިން ސުޕަރނެޓް ހިދުމަތަށް އެދިލައްވާ ފަރާތްތަކަށް ޑިޕޮސިޓަކާ ނުލާ ހިދުމަތް ބައްލަވާ ގަނެވޭއިރު ރައުޓަރ މުޅިން ހިލޭ ލިބިގެންދާނެއެވެ.

·       މީގެ އިތުރުން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާ ގުޅިގެން އުރީދޫއިން އެންމެ ފަހުން ތައާރަފްކުރި އޮފާއާއި އެކު ޕެރިހުގެ ޕާކް ޑެސް ޕްރިންސް ސްޓޭޑިއަމްގައި ޕީއެސްޖީ އާއި ލިޔޯން ބައްދަލުކުރާ މެޗް ލައިވްކޮށް ބެލާލުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލައިފައެވެ. ނަސީބުވެރި ވެރި އެއް ފަރާތަކަށް ލިބޭ މި ފުރުސަތުގައި ސްޓޭޑިއަމްގެ ޓިކެޓުގެ އިތުރުން 2 ރެއާއި 3 ދުވަހުގެ ފުލް ބޯޑް އެކޮމޮޑޭޝަނާއެކު ޕެރިސް ދެކޮޅު ޓިކެޓް ލިބެއެވެ. މި ޕްރޮމޯޝަން ގައި ބައިވެރިވުމަށް މިހާރު ގެންގުޅުއްވާ ސުޕަނެޓް ޕްލޭން އަޕްގްރޭޑް ކޮށްލުމުން އޮޓޮމެޓިކް އިން ބައިވެރިވެވޭނެއެވެ. ހަމަ އެއާ އެކު 31 ޑިސެމްބަރު 2023 ގެ ނިޔަލަށް ކުރިއަށް ދާ މި ޕްރޮމޯޝަންގައި އަލަށް ސުޕަނެޓް ނަންގަވާ ކަސްޓަމަރުންނަށްވެސް މި ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ސުޕަނެޓް ހިދުމަތް ނަގަންވީ ކީއްވެ؟

·       ހަލުވި ސްޕީޑްގެ އިންޓަނެޓާ އެކި ބޮޑެތި ޑޭޓާ އެލަވަންސްތައް

·       ޑޭޓާ ރޯލް އޯވަރ ހިދުމަތް

·       ކްލަބް ޕްރީމިއަރ ބެނެފިޓްސް

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން އިން ކުރާ މަސައްކަތުގެ ތެރެއިން، އުރީދޫ ސުޕަރނެޓް ޕެކޭޖްތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ. މި ބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް 5 ގުނަ އިތުރު ސްޕީޑާއެކު ބޮޑެތި ޑޭޓާ އެލަވަންސް އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދެއެވެ. މީގެ އިތުރުން ސުޕަރނެޓް ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށްވެސް ޑޭޓާ ރޯލް އޯވަރގެ ޙިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޑޭޓާއާއި އެއްވެގެންދާނެއެވެ. ސުޕަނެޓަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ގޭގެއަށާއި އޮފީސްތަކާއި ކުދި ވިޔަފާރިތަކަށް ބޭނުންހުރި ލޭންޑްލައިންގެ ހިދުމަތް ވެސް ލިބޭނެ އެވެ. މީގެ އިތުރުން ފޭސްބުކް، ޔޫޓިއުބް، ނެޓްފްލިކްސް، ގޭމިން ފަދަ މަގުބޫލު ޕްލެޓްފޯމްތައް ވެސް އެ ނެޓްވޯކުން ވަނީ ސުޕަނެޓްގެ ހިދުމަތްތައް އޮޕްޓިމައިޒްކޮށްފަ އެވެ.

ހަމަ އެއާ އެކު ސުޕަރނެޓް 40އެމް ޕެކޭޖްތަކާއި އެއަށްވުރެ މަތީގެ ޕެކޭޖްތަކަށް ސަބްސްކްރައިބްކުރާ ސުޕަރނެޓް ކަސްޓަމަރުންނަށް ޕްލޭން ޓަޔަރގައިވާ ގޮތުގެ މަތިން އިތުރު ފައިދާތަކެއް ލިބިގެންދާނެއެވެ. ކްލަބް ޕްރިމިއާ ބެނެފިޓްސް ތިން ޓަޔަރަކަށް ބަހާލާފައިވާއިރު، އޭގެ ތެރޭގައި ސިލްވާ، ގޯލްޑް އަދި ޕްލެޓިނަމް ހިމެނޭއިރު، ރާއްޖޭގެ މަޝްހޫރު ދިވެހި އަދި ބައިނަލްއަގުވާމީ ބްރޭންޑްތަކުން ތަފާތު އޮފާތަކާއި ޑިސްކައުންޓްތަކުގެ އިތުރުން ޕްރިއޮރިޓީ ޕާސް މެދުވެރިކޮށް ޕްރިމިއަމް އެއާޕޯޓް ލައުންޖުތަކަށް ވަދެވޭނެ އެވެ.

ސުޕަނެޓްގެ ހިދުމަތް އެކްޓިވޭޓް ކުރުމަށް http://ore.do/getsupernet

އުރީދޫ ފްލައި ޓު ޕެރިސް އޮފަރ އާއި ބެހޭ އިތުރު މައުލޫމާތު ހޯދުމަށް http://ore.do/paris ޒިޔާރަތްކުރައްވާށެވެ.

މިއަދު އޮންލައިން