އުފަންވެލި ޝޮޕްތަކުން ބޯންލަސް ޗިކަން ޕެކެޓެއް އެންމެ ސާޅީސް ރުފިޔާއަށް ވިއްކަން ފަށައިފި!

މިއަދު
ކިޔުމަށް ހޭދަވާނީ 48ސ
އުފަންވެލި ޝޮޕްތަކުން ބޯންލަސް ޗިކަން ޕެކެޓެއް އެންމެ ސާޅީސް ރުފިޔާއަށް ވިއްކަން ފަށައިފި!

އުފަންވެލި ޝޮޕްތަކުން ބޯންލަސް ޗިކަން ޕެކެޓެއް އެންމެ ސާޅީސް ރުފިޔާއަށް ވިއްކަން ފަށައިފިއެވެ. 

އުފަންވެލި ޝޮޕްތައް ހިންގާ މަޑިހާ ކޮމްޕެނީން ބުނީ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަސް ގެންދާ މިޕްރަމޯޝަނަކީ ވަކިޕެކެޓް ގަންނަ ކަސްޓަމަރުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ ވަރަށް ޚާއްޞަ ޕްރަމޯޝަނެއް ކަމަށާއި ރީޓޭލްކޮށް ވިއްކަނީ ކޭސްދޫކުރާ އަގަށްވުރެވެސް ހެޔޮ އަގެއްގައި ކަމަށެވެ. 

އުފަންވެލި ޝޮޕްތަކުން މިފަދަ ޕްރަމޯޝަންތައް ކުރިއަށް ގެންދަނީ ކަސްޓަމަރުންނަށް ވީހާހެޔޮއަގުތަކުގައި ކާބޯތަކެތި ފޯރުކޮށްދިނުމަށެވެ. ތަފާތު މޭވާގެ ގިނަ ބާވަތްތަކާއި ކުކުޅާއި ކުކުޅުގެ ގިނަ ބާވަތްތަކާއި އަދި ގެރިމަހުގެ ގިނަ ބާވަތްކާއި ބާސްމަތީ ހަނޑޫ، ކުކިންގ އޮއިލް ފަދަ ގިނަ ބާވަތްތަކެއް އަބަދުވެސް އުފަންވެލި ޝޮޕްތަކުން ވިއްކަނީ އެންމެ ހެޔޮ އަގުގައިކަން ފާހަގަކުރެވެއެވެ.

 

މިއަދު އޮންލައިން