އުފަންވެލި ޝޮޕްތަކުން ބޯންލަސްޗިކަންގެ އަގު ބަދަލުކޮށްފި- މިހާރުވެސް ބޮޑުތަނުން އަގުހެޔޮ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
އުފަންވެލި ޝޮޕްތަކުން ބޯންލަސްޗިކަންގެ އަގު ބަދަލުކޮށްފި- މިހާރުވެސް ބޮޑުތަނުން އަގުހެޔޮ!

އުފަންވެލި ޝޮޕްތަކުން ބޯންލަސްޗިކަންގެ ވިއްކާ އަގު ބަދަލުކޮށްފިއެވެ. 

އުފަންވެލި ޝޮޕްތަކުން ބޯންލަސްޗިކަން ވަރަށް ބޮޑުތަނުން އަގުހެޔޮކޮށް ވިއްކަން ފެށުމާއިއެކު ސްޓޮކް ހުސްވުމުން މިހާރު (މިއަދާއި މާދަމާގެ ނިޔަލަށް) ޕެކެޓެއް ވިއްކާނީ 900 ގްރާމްގެ ޕެކެޓެއް 45 ރުފިޔާއަށެވެ. 

"އަޅުގަނޑުމެން އަގުހެޔޮކޮށް ވިއްކަން ފެށީމާ ހީވެސްނުކުރާހާ އަވަހަށް އެސްޓޮކް ހުސްވެއްޖެ. އެކަމަކުވެސް ކުރިއަށް މިއައޮތީ ހަފްތާ ބަންދުކަމަށްވުމުން ކަސްޓަމަރުންގެ ޖީބުތަކަށް ލުއިކޮށްދިނުމުގެ ގޮތުން ނޮވެމްބަރު މަހުގެ 10، 11 މިދެ ދުވަހު ޚާއްޞަ އަގެއްގައި މިވިއްކަނީ އެހެން ސޮޓޮކަކުން." ކަމަށް އުފަންވެލި ޝޮޕްތައް ހިންގާ މަޑިހާ ކޮމްޕެނީން ބުނެފައިވެއެވެ. 

އުފަންވެލި ޝޮޕްތަކުން ބޯންލަސްޗިކަން ވިއްކާ އަގަށް މިގެނައި ކުޑަ ބަދަލާއިއެކުވެސް ބާޒާރުން ޢާންމުކޮށް ލިބެންހުރި އަގުތަކަށް ބަލާއިރު މިހާރުވެސް 40 އިންސައްތަ އަގުހެޔޮކަން ފާހަގަކުރެވެއެވެ. 

މީގެ އިތުރުން މިއަދުން ފެށިގެން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކައްޓަލަ ވެސް ވަނީ ބޮޑުތަނުން އަގުހެޔޮކޮށްފައެވެ. ކައްޓަލަ ކިލޯއެއް އެންމެ އެންމެ 18 ރުފިޔާއަށް ރީޓޭލްކޮށް ވިއްކާނެއިރު ކިލޯއެއް ހޯލްސޭލްކޮށް ވިއްކާނީ އެންމެ 16 ރުފިޔާއަށެވެ.

 

މިއަދު އޮންލައިން