އިސްރާއީލުގެ ޕާސްޕޯޓް ބޭނުންކޮށްގެން ރާއްޖެ އެތެރެވުން މަނާކުރުމަށް ޤާނޫނަށް އިސްލާހު ގެނައުަމަށް ބިލެއް ފޮނުވައިފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 8ސ
އިސްރާއީލުގެ ޕާސްޕޯޓް ބޭނުންކޮށްގެން ރާއްޖެ އެތެރެވުން މަނާކުރުމަށް ޤާނޫނަށް އިސްލާހު ގެނައުަމަށް ބިލެއް ފޮނުވައިފި

އިސްރާއީލުގެ ޕާސްޕޯޓް ބޭނުންކޮށްގެން ރާއްޖެ އެތެރެވުން މަނާކުރުމަށް ޤާނޫނަށް އިސްލާހު ގެނައުަމަށް ބިލެއް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހަޅުއްވި މި ބިލުގައި ރާއްޖެ އެތެރެވުން މަނާ މީހުންގެ ގޮތުގައި އިމިގްރޭޝަން ޤާނޫނުގައި ބަޔާން ކުރާ މާއްދާގެ ފަހަތަށް އިތުރު އަކުރެއް ވަނީ ހިމެނާފައެވެ.

ބިލު ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި މެންބަރު ނަޝީދު ވިދާޅުވެފައިވަނީ، ނިރުބަވެރި އިސްރާއީލުގެ ހަރުކަށި ޔަހޫދީން ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކާއި ގަތުލުއާންމުގައި އެތައް ކުޑަކުދިންނާއި އަންްހެނުން މަރަމުން ދާތީ، އިސްރާއީލުގެ އަމަލުތައް ހުއްޓުވުމަށް ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުމަށެވެ.

އިސްރާއީލުން ހިންގާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ގިނަ އަދަދެއްގެ ބަޔަކު މިދިޔަ ހަފްތާގައި ވަނީ މަޖިލިސް އިދާރާ ދޮރުމަތީގައި އިހުތިޖާޖުކޮށްފަ އެވެ. ފެހި ހެދުމުގައި ކުރި އެ އިހުތިޖާޖުގައި އެ މީހުންގެ އެންމެ ބޮޑު ޑިމާންޑަކީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމެވެ.

ރާއްޖެ ވެސް ހިމެނޭ އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)އިން ވެސް އެ ޖަމާއަތުގެ ގައުމުތަކަށް އިސްރާއީލު ޕާސްޕޯޓުގައި އެތެރެވުން މަނާކޮށްފައިވާއިރު، ރާއްޖެއިން ވެސް ފިޔަވަޅު އަޅައި ނަމޫނާ ދެއްކުމަކީ މުހިންމު ކަމެއް ކަމަށް މެމްބަރު ވިދާޅުވެއެވެ. 

މިއަދު އޮންލައިން