ކައިވެނި އެންމެ އުފާވެރި ގޮތުގަ ދަމަހައްޓަން ކުރެވިދާނެ ދިހަ ކަމެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ކައިވެނި އެންމެ އުފާވެރި ގޮތުގަ ދަމަހައްޓަން ކުރެވިދާނެ ދިހަ ކަމެއް-

ކައިވެނިކުރުމަށްފަހު ކޮންމެ ދެމަފިރިއަކުވެސް އެންމެ ބޮޑަށް ބޭނުންވާނީ އުފާވެރިކަމާއިއެކު ޒަވާޖީ ޙަޔާތް ވޭތިކުރުމެވެ. އެކަން ކުރެވޭނެ ގޮތަކާއި ބެހޭގޮތުން ކިޔުންތެރިން ވަރަށް ގިނައިން ސުވާލުކުރެއެވެ.

ދަންނަވާލަން އޮތީ ޢަޖުމަ ބަލައިލަން ނަމަވެސް ތިރީގައިވާ ލިޔުމުގައި ބަޔާންކޮށްފައިވާ ކަންކަން ނިކަން ކުރައްވަ ބައްލަވާށެވެ! ރަނގަޅު ނަތީޖާ ފެނިލައްވާނެއެވެ. އިން ޝާ ﷲ

މި 10 ކަންތަކަކީ ކައިވެނި އެންމެ އުފާވެރިކަމާއިއެކު ދަމަހައްޓަން ގިނަ ބއަކު ތަޖުރިބާކޮށްފައިވާ ކަންކަންކަމަށްވުމުން މިއީ މުޖައްރިބް ކަންކަންކަމަށް ބުނެވިދާނެއެވެ. ކައިވެނިކުރުން ވަރަށް ފަސޭހައެވެ. މައްސަލައަކަށްވަނީ އުފާވެރިކަމާއިއެކު ދެމެހެއްޓުމެވެ.

އަޅެ ނިކަން މި 10 ކަންތަކުގައި ހިފަހައްޓައިބަލާށެވެ! ތަފާތެއް ފެންނާނެއެވެ! އިން ޝާ ﷲ!

 

މުޖުތަމައުގައި މިހާރު އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ކައިވެނީގެ ގުޅުން ބަދަހިކޮށް ކައިވެނި ދިރުވައި ދެމެހެއްޓުމުގެ މައްސަލައެވެ. އެންމެންހެން މިއުޅެނީ އެކަން ނުކުރެވިގެންނެވެ. އެހެންކަމުން އެކަން ކުރެވިދާނެ ގޮތާއިބެހޭ ގޮތުން ވަރަށް ގިނަ ބައަކު ސުވާލު ކުރެއެވެ.

 

1 ދެމީހުން އެކުގައި ނަމާދުކުރާށެވެ!

2 ކޮންމެ ދުވަހަކުވެސް ބައިވެރިޔާއަށް ތަޢްރީފް ކުރާށެވެ!

3 ބައިވެރިޔާ ބަދަލުކުރަން އުޅުމުގެ ބަދަލުގައި ތިމާ ބަދަލުވާށެވެ!

4 ބައިވެރިޔާގެ ކިބައިން ޙާޞިލުކުރަން ބޭނުންވާ ކަންކަން މަދުކުރާށެވެ!

5 އަނެކާ އުފާވާ ކަންކަން ދެނެގަނެ ދެމީހުން ދެމީހުން އުފާވާކަންކަން ކުރުން ގިނަކުރާށެވެ!

6 އެކަކު އަނެކެއްގެ ކުށް ހޯދަން ނުއުޅެ ހުންނަ ރަނގަޅު ސިފަތައް ފާހަގަކުރާށެވެ!

7 އަނެކާއަކީ އަޅެއް ނުވަތަ ލިބިފައިވާ މުދައުގަނޑެއް ކަމަށް ނުދެކޭށެވެ.!

8 ރުޅިވެރިކަމާ ހަސަދަވެރިކަން އެއްގޮތަކަށްވެސް ނުބާއްވާށެވެ!

9 އެކަކު އަނެކަކަށް މާފުކުރުން ގިނަކުރާށެވެ!

10 އެކަކު އަނެކަކަށް އަބަދުވެސް އިޙްތިރާމްކުރާށެވެ! ވާހަކަ ދެއްކުމުގައިވެސް ކަންކަން ކުރުމުގައިވެސް ފުރަތަމަ ކުރާ ކަމަކީ އިޙްތިރާމްކުރުން ކަމުގައި ހަދާށެވެ!

 

މިއަދު އޮންލައިން