އާޚިރަތް ނަގާލަން ބޭނުން ނޫންނަމަ ކޮންމެހެން ސަމާލުކަންދޭންޖެހޭ ކަންތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
އާޚިރަތް ނަގާލަން ބޭނުން ނޫންނަމަ ކޮންމެހެން ސަމާލުކަންދޭންޖެހޭ ކަންތައް-

މުސްލިމުން އެންމެ ބޮޑަށް ބޭނުންވާނީ އާޚިރަތެވެ. ދުނިޔެއަކީ އެހައި މުހިންމު ތަނެއް ކަމަކަށް ނުދެކޭނެއެވެ. ވީމާ މުސްލިމުން ގަދައަޅައި އެންމެ ބޮޑަށް މަސައްކަތްކުރާނީ އާޚިރަތް ގެއްލިގެން ދިއަ ނުދިނުމަށެވެ.

އެހެންކަމުން އެންމެ ބޮޑަށް ސަމާލުކަންދޭން ޖެހޭނީ ކޮން ކަމަކަށް ކަމާއިމެދު ވިސްނާލަމާހިނގާށެވެ. 

އެގޮތުން ބަލައިފިނަމަ ޤިޔާމަތްވުމުން އެމީހަކު ކައްވަޅުން ތެދުވާނީ އެމީހަކު އެންމެ ފަހުން ކުރި ޢަމަލުގެ މަތީގައިކަން އެބައޮތެއެވެ. ވީމާ އެމީހަކު އެންމެ ފަހުން ކުރި ޢަމަލަކީ ފާފައެއް ކަމުގައި ވެއްޖެނަމަ ދެން ވާނީ ކިހިނަކުންހެއްޔެވެ؟ އެމީހަކު މަޙްޝަރުކުރައްވަވާނީ އެފާފަކުރުންމަތީގައި ނޫންހެއްޔެވެ؟ އެހެންވެއްޖެނަމަ އެމީހާއަށް ދެންވާނީ ކިހިނެއް ހެއްޔެވެ؟ 

މިހިސާބުން އުފެދޭ އިތުރު ސުވާލެއްވެސް އެބައޮތެވެ. އެސުވާލަކީ އިންށާނަކަށްވުމުން ފާފައެއް ކުރެވިދާނެ ނޫންހެއްޔެވެ؟ އެހެންވީމާ އެމީހާގެ އާޚިރަތް ގެއްލުނީ ނޫންހެއްޔެވެ؟ 

ކިތަންމެހައިވެސް ރަނގަޅު ސުވާލެކެވެ. ކޮންމެ އިންސާނަކަށްވެސް ފާފަކުރެވިދާނީއެއް ނޫނެވެ. ފާފަކުރެވޭނެއެވެ. އެކަމަށްވެސް ޙައްލު އެބައޮތެވެ. ފާފައެއް ކުރެވުމުން މިކުރެވުނީ ފާފައެއްކަން ކޮންމެ މުސްލިމަކަށްވެސް އެނގޭނެއެވެ. ވީމާ ފާފައެއް ކުރެވުމާއިއެކު ވަޤުތުން ތައުބާވާށެވެ. އެއިރުން ތިބާ ވާނީ ތައުބާވި މީހުންގެ ތެރޭގައެވެ. 

ފާފަނުކުރަން މަސައްކަތްކުރަންޖެހޭ އެންމެ ބޮޑު ސަބަބަކީ އެފާފަކުރުންމަތީގައި އެމީހާގެ ފުރާނަ ހިއްޕަވައިފާނެކަމެވެ. އެފަދަ ދެރަގޮތެއް މެދުވެރިކުރައްވަވައިފިނަމަ އެމީހެއްގެ އާޚިރަތް ގެއްލިގެން ދިއައީއެވެ. އެހެނީ އެއިރުން އެމީހަކަށް ތައުބާވުމުގެ ފުރުޞަތު އޮންނާނީ ނުލިބިފައެވެ. 

ޚުލާޞާޢަކީ ފާފަ ނުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ. ފާފައެއް ކުރެވިއްޖެނަމަ ތައުބާވުމަށް އަވަސްވެގަންނާށެވެ. ވަޤުތުން ތައުބާވާށެވެ. ތައުބާ ނުވެވި ހުއްޓައި މަރުވެއްޖެނަމަ އެމީހަކު މަޙްޝަރުކުރައްވަވާނީ އެފާފައެއް ކުރުންމަތީގައެވެ. އެއިރުން އެމީހެއްގެ އާޚިރަތް ގެއްލިގެން ދިއައީއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން