ފާފަ ތަކުރާރުކުރެވުނަސް އެއީ ގޮތްހުސްވާން ޖެހެންވީ ކަމެއް ނޫން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ފާފަ ތަކުރާރުކުރެވުނަސް އެއީ ގޮތްހުސްވާން ޖެހެންވީ ކަމެއް ނޫން!: މުފްތީ މެންކް

"އަހުރެންނަށް ބޮޑުފާފައެއް ތަކުރާރުކުރެވިއްޖެއެވެ. ނުކުރަން ހުއްޓައިވެސް ކުރެވެނީއެވެ. އެކަމަކު ފާފަކުރެވޭއިރަށް ތައުބާވަމެވެ. އަހުރެންގެ ފާފަ ފުއްސަވައި ދެއްވަވާނެ ހެއްޔެވެ؟"  

މިފަދަ ސުވާލުތައް ކޮންމެ ދުވަހަކުވެސް ލިބެއެވެ. އެހެންވެ އެކި ޢިބާރާތުންވެސް މިދެވެނީ ހަމަ އެކަމަށް ދޭން އޮތް ޖަވާބެވެ. ރަނގަޅަށް އަޑުއަހާށެވެ!  

ލޮބުވެތި އެކުވެރިންނޭވެ! ފާފައެއް ތަކުރާރުކޮށް ކުރެވޭތީ ގިނަގިނައިން ތައުބާވާންޖެހުމަކީ މާޔޫސްވާންޖެހެންވީ ކަމެއް ނޫނެވެ. އެއިރުން ތައުބާ ޤަބޫލުފުޅު ނުކުރައްވަވާނެ ކަމަށް ބައެއް މީޙުންނަށް ވިސްނޭ ވިސްނުމަކީ ރަނގަޅު ވިސްނުމެއް ނޫނެވެ.  

މީހަކަށް އެފަދަ ޙާލަތެއް ކުރިމަތިވެދާނެއެވެ. ފާފަ ނުކުރަން މަސައްކަތްކުރިނަމަވެސް ފާފަކުރެވިދާނެއެވެ. ކިތންމެ ގިނައިން ތަކުރާރުކުރެވުނު ނަމަވެސް ފާފަކުރެވޭއިރަށް ދެރަވެ ތައުބާވާނަމަ އެމީހަކާއިމެދު ﷲ ތަޢާލާ ފަޚުރުވެރިވެވޮޑިގަންނަވަތެވެ. އެއީ އޭނާގެ ވެރި ރައްބެއްވާކަން އޭނާ ޤަބޫލުކުރާތީއެވެ. އޭނާގެ ހުރި އުނިކަން އޭނާއަށް ޤަބޫލުކުރެވި ދެރަވެ ތައުބާވާތީއެވެ. ފާފަ ފުއްސަވައިދެއްވެވުމަށް އޭނާގެ ވެރި ރައްބުގެ ޙަޟްރަތުގައި އޭނާ އެދޭތީއެވެ. 

އެފަދަ މީހުންނާއިމެދު ފަޚުރުވެރިވެވޮޑިގެން މަލާއިކަތުން ހެކިކުރައްވަވައި އޭނާގެ ފާފަތައް ފުއްސަވައިދެއްވަވާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.  

ކޮންމެއަކަސް އެމީހަކު ސަލާމަތުން ދުނިޔޭގައި ހުރެ އޭނާއަށް ކުރެވިފައިވާ ފާފަތައް ފުއްސަވައި ދެއްވެވުމަށް އިޚްލާޞްތެރިކަމާއިއެކު އެދި ދަންނަވައިފިނަމަ ފުއްސަވައި ނުދެއްވަވާނެ ފާފައެއް ނެތެވެ. ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފަިވީނަމަވެސްމެއެވެ. ކުރެވިފައިވާ ފާފަތައް ކަނޑުގެ ލޮނުގަނޑުހައި ގިނަނަމަވެސްމެއެވެ. މުޅި ކައުނު ފުރައިލެވޭނެ ވަރަށް ފާފަކުރެވިފައިވީނަމަވެސްމެއެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން