"ތިމާގެ ކޮޅު ބަލިވީމާ ތަޤްދީރު": ޙަޤީޤަތް ނުބަލާ ދަރިންގެ, އަނބިންގެ ހިތުގަ ޖައްސުވާ މައިދައިތައިންނަށް ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
"ތިމާގެ ކޮޅު ބަލިވީމާ ތަޤްދީރު": ޙަޤީޤަތް ނުބަލާ ދަރިންގެ, އަނބިންގެ ހިތުގަ ޖައްސުވާ މައިދައިތައިންނަށް ފިލާވަޅެއް!

ކައިވެނިކޮށްގެން އުފަލުގައި ދިރިއުޅޭ ޒުވާން ދެމަފިރިންނެވެ. ކައިވެންޏަށް 5 އަހަރުވީއިރުވެސް ދަރިއަކު ނުލިބެއެވެ. އެހެންވެ ފިރިހެން ކުއްޖާގެ މަންމަ ދިއައީ އޭނާގެ އަނބިމީހާއަށް އެއްޗެތިގޮވަމުންނެވެ. އިހާނެތިކޮށް ކަންތައް ކުރަމުންނެވެ. އޭނާއަކީ އަންތބަކަށް ކަމުދާ އަންހެނެއް ނޫންކަމަށްވެސް ބުނަމުންނެވެ. 

އެޙާލަތުގައި ދަރިއަކު ލިބޭނެ މަގެއް އޮތްތޯ ބަލަން މައިމީހާ އެދެމަފިރިން ގޮވައިގެން ޑޮކްޓަރަށް ދިއުމުން ޓެސްޓްތައް ހަދާފައި ޑޮކްޓަރު ބުނީ ދަރިއަކު ނުލިބިގެން އުޅެނީ އަނބިމީހާގެ ސަބަބުން ނޫންކަމަށާއި އޭނާގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. މައްސަލަ އުޅެނީ ފިރިމީހާގެ ކަމަށާއި ބޭސްފަރުވާ ކުރިނަމަވެސް އޭނާއަށް ދަރިއަކު ލިބުމުގެ ފުރުޞަތު ވަރަށް ކުޑަ ކަމަށެވެ. 

މަންމައަށް ބުނެވުނެވެ. "ކުރާނެ ކަމެއް ނެތްތާއެވެ. މިއީ ތަޤްދީރެވެ." 

އަހުރެން ބުނަން ބޭނުންވަނީ ތަޤްދީރުކަމަށްމިވީ މައްސަލަ ހުރީ އޭނާގެ ދަރިފުޅުގެ ކިބައިގައިކަން އެނގުމުން ކަމަށްވާނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް ނޫންހެއްޔެވެ؟ އަހުރެންނަށް ޤަބޫލުކުރެވޭ ގޮތުގައި އެއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އަދި އެކަން އޮވެގެންވާނެ ގޮތެއްވެސް ނޫނެވެ. 

ދަރިންގެ ދިރިއުޅުމުގައި ކުރިމަތިވާ މިފަދަ މައްސަލަތަކަށް މައިންބަފައިން ވަރަށް ބޮޑަށް ވިސްނަންޖެހޭނެއެވެ. ދަރިން ގޮވައިގެން ޑޮކްޓަރަށްދާންޖެހޭނީ ނުވަތަ ޑޮކްޓަރަށް ދައްކައި ޓެސްޓްތައް ހަދަން ދަރިންގެ ގާތުގައި ބުނަންވާނީ ބޭރުން ގެނެވުނު ދަރިފުޅަށް އިހާނެތިކޮށް ހިތުމަށްފަހަކު ނޫނެވެ. ދެރަކޮށް ނިކަމެތިކޮށް ހިތުގައި ޖައްސަމުން ގެންދާތާ އެތައް ދުވަހެއް ފަހަކުންނޫނެވެ. އެންމެ ކުރިންނެވެ. 

މިފަދަ ގޮތްގޮތަށް ކަންކަންކުރާނަމަ އެމީހަކު ދެކެ ދަރިން ލޯބިވާން ބޭނުންވިނަމަވެސް ލޯބިވެވޭނީ ކިހިނަކުންހެއްޔެވެ؟ ލޯބިދީ އަޅައިލާންޖެހޭ ވަރަށް އެކަންކަން ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ ކޮންމެ ޙާލަތެއްގައިވެސް ދީނުގައި އޮތީ އަޅައިލުމެވެ. ނަމަވެސް އަހުރެމެން ކޮންމެ މީހަކީވެސް އިންސާނެކެވެ. ކޮންމެ މީހެއްގެ ހަށިގަނޑުގައިވެސް ހިތެއް އޮންނާނެއެވެ. އެހިތަށް އަސަރުކުރާނެއެވެ. އަސަރުކުރީމާ މީހާއަށް ބޮޑެތި ބަދަލުތަކެއްވެސް އަންނާނެއެވެ. 

މިކަންކަން ޤަބޫލުކުރެވިގެން ނޫނީ މުސްކުޅިވާ ދުވަހު ދަރިންގެ ލޯތްބާއި އަޅައިލުން ލިބެންވާ ވަރަކަށް ނުލިބޭނެއެވެ. 

- ޝައިޚް ޢަބްދުލްމަޖީދުގެ ދަރުސަކުން  

މިއަދު އޮންލައިން