ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ދެނަގަތުމާ ދުނިޔެއާ އާޚިރަތުގެ ކާމިޔާބީއާ ހުރި ގުޅުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ދެނަގަތުމާ ދުނިޔެއާ އާޚިރަތުގެ ކާމިޔާބީއާ ހުރި ގުޅުން-

ﷲ ތަޢާލާ އަކީ ކޮންފަރާތެއްކަން ދެނެގަތުމަށްފަހު ދެން ކުރަން އޮތް އެންމެ މުހިންމު ކަމަކީ ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ދެނަގަތުމެވެ. އެކަންކުރަން ބަލާއިރު ފުރަތަމަވެސް ބަލައިލަންވީ މިއާޔަތަށެވެ. 

"އަދި ޢާލަމްތަކަށް ރަޙްމަތެއްކަމުގައި މެނުވީ، ތިމަންރަސްކަލާނގެ، ކަލޭގެފާނު ނުފޮނުއްވަމެވެ."

(އަލް އަންބިޔާ: 107) 

މިއާޔަތް ޤަބޫލުކުރާ މީހަކު ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ގެ ސުންނަތާއިމެދު އެއްވެސް މިނަވަރަކަށް ސުވާލެއް ނުއުފައްދާނެތެވެ. ސުންނަތުގައި އެއްވެސް ކަމަކީ ބުރަކަމެއް ކަމަކަށް ނުވަތަ ކުރަން ނުޖެހޭނެ ކަމެއް ކަމަކަށް ނުބުނާނެއެވެ. 

އެހެނީ މިއާޔަތުން ވަރަށް ސާފުކޮށް އެނގެން އޮތް ގޮތުގައި ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ފޮނުއްވެވުނީ ރަހްމަތެއް ކަމުގައެވެ. ވީމާ ރަޙްމަތެއް ކަމުގައި ފޮނުއްވެވުމުން އެއްވެސް މީހަކަށް އެއްވެސް ބުރައެއް ނުޖައްސަވާނެކަން ޔަޤީންކުރެވިގެންދެއެވެ. 

ވީމާ ކުރަން ކިތަންމެ ބޮޑަށް ބޭނުންވި ނަމަވެސް ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ މަނާ ކުރައްވަވާފައިވާ އެއްވެސް ކަމެއް ނުކުރާށެވެ! އަދި ކުރަން ޙަދީޘް ކުރައްވަވާފައިވާ އެއްވެސް ކަމަކީ ބުރަ ކަމެއް ކަމަށް ނުދެކޭށެވެ. އެކަންކަން ކުރަން އަވަސްވެގަންނާށެވެ! 

މީސްތަކުންނޭވެ! މީސްތަކުން އެމީހުންގެ ހަވާނަފްސް އެމީހުންގެ ކިބައިން ކުރަން އެދޭ ކަންކަން ގިނަވެ އަދި ނުކުރަން އަންގަވާފައިވާ ކަންކަން ކުރަން ބޭނުންވުން ބޮޑުވުމުން ސުންނަތާއި ދުރަށް ދެވެނީއެވެ. އެއީ އެއްވެސް ޙާލެއްގައި ޢަމަލުކުރަން އޮތްގޮތެއް ނޫނެވެ. އަބަދުވެސް ބުނާ ފަދައިން ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީ ގުޅިފައިވަނީ ޤުރްއާނާއި ސުންނަތަށް ޢަމަލުކުރި މިންވަރެއްގެ މައްޗަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން