ނޫރު ސޫރަތުން ލިބޭ ބައެއް ފައިދާ 4

ކިޔުމަށް ހޭދަވާނީ 6މ 23ސ
ނޫރު ސޫރަތުން ލިބޭ ބައެއް ފައިދާ 4

ޢާއިޝަތު ރަފާޙް ޢަލީ

 

· އަންހެނުން އެބައިމީހުންގެ ޒީނަތްތެެރިަކން ފާޅުކުރެވޭނެ މީހުން ބަޔާން ކުރައްވާފައިވުން: 

ﷲ ތަޢާލާ ނޫރު ސޫރަތުގެ 31 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެެވެ.

وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا ۖ وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ ۖ وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ آبَائِهِنَّ أَوْ آبَاءِ بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاءِ بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِي إِخْوَانِهِنَّ أَوْ بَنِي أَخَوَاتِهِنَّ أَوْ نِسَائِهِنَّ أَوْ مَا مَلَكَتْ أَيْمَانُهُنَّ أَوِ التَّابِعِينَ غَيْرِ أُولِي الْإِرْبَةِ مِنَ الرِّجَالِ أَوِ الطِّفْلِ الَّذِينَ لَمْ يَظْهَرُوا عَلَىٰ عَوْرَاتِ النِّسَاءِ ۖ وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِن زِينَتِهِنَّ ۚ وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ ﴿٣١﴾‏

މާނައީ: "އަދި مؤمن އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ فرج ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައިނިވައިކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ أخ ންނަށް، ނުވަތަ އެކަނބަލުންގެ أخ ންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ أخت ންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް، ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރި ކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް، ނުވަތަ އަންހެނުންގެ عورة ތައް ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ (ގަހަނާއާއި) ޒީނަތުގެ ތެރެއިން، ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަތަކުން (ބިމުގައި) އެކަނބަލުން ނުތަޅާހުށިކަމެވެ! އޭ مؤمن ންނޭވެ! ތިޔަބައިމީހުން އެންމެން اللَّه އަށް توبة ވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، نصيب ލިބުމަށްޓަކައެވެ. (31)"

މިއާޔަތުގައި ބަޔާން ކުރައްވާފައިވާގޮތުން: 

1.  ފިރިން: އެއީ ޝަރުޢީ ގޮތުން ކައިވެނީގެ ޢަޤްދަކުން ގުޅިފައިވާ މީހުން

2.  ބަފައިން: އެގޮތުން ބައްޕައާއި ބައްޕަ ފަރާތު ކާފައާއި މުނިކާފަވެސް ހިމެނޭ

3.  ފިރިންގެ ބަފައިން: ފިރިންގެ މަންމައާއި ބައްޕަ ފަރާތު ކާފައާއި މުނިކާފަ ހިމެނޭ

4.  ފިރިހެން ދަރިން

5.  ފިރިންގެ ފިރިހެން ދަރީން: އެގޮތުން މާމަ ދަރިންނާއި މުނިމާމަ ދަރީން ހިމެނޭ(އަންހެން ދަރިން އަދި ފިރިހެން ދަރީން، އަމިއްލަ ދަރިން އަދި ދޮން ދަރީން ވެސް ހިމެނޭ)

6.  އަޚުން: އެއްބަނޑު އެއްބަފާ އަޚުން، އެއްބަނޑު އަޚުން، އަދި އެއްބަނޑު އަޚުން ހިމެނޭ

7.  އަޚުންގެ ފިރިހެން ދަރީން: އެއްބަނޑު އެއްބަފާ އަޚުންގެ ފިރިހެން ދަރީން، އެއްބަނޑު އަޚުންގެ ފިރިހެން ދަރީން، އަދި އެއްބަފާ އަޚުންގެ ދަރީން ހިމެނޭ(ދަރިން އަދި ދަރީންގެ ދަރީންވެސް ހިމެނޭ)

 

މިއަދު އޮންލައިން