ކަންބޮޑުވާންޖެހޭ މައްސަލަތައް ގިނަވަނީހެއްޔެވެ؟ އަވަހަށް މިކަންތައް ކޮށްލާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ކަންބޮޑުވާންޖެހޭ މައްސަލަތައް ގިނަވަނީހެއްޔެވެ؟ އަވަހަށް މިކަންތައް ކޮށްލާށެވެ!: މުފްތީ މެންކް

ކުރިމަތިވެފައިވާ މައްސަލަތައް ގިނަވެގެން ޝަކުވާކުރާ މީހުންނަށް ކޮށްލަން އޮތް ފުރަތަމަ ސުވާލަކީވެސް ތިބާ ފަރުޞު 5 ނަމާދުކުރަން ހެއްޔެވެ؟ ނަމާދުގައި ޚުޝޫޢަތްތެރިވަންހެއްޔެވެ؟ 

ނަމާދު ވަޤުތުޖެހުމުން އަމިއްލަ ނަފްސަށް ނަމަވެސް ބުނާށެވެ! ނަމާދުކޮށްފައި ނޫނީ އަހުރެން އިތުރަށް އެއްވެސް ކަމެއް ނުކުރާނަމެވެ. ﷲ ތަޢާލާގެ ކުޅަދުންވަންތަކަން މާމަތިވެރިއެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިވާންޖެހޭ މިންވަރު މާބޮޑެވެ. 

މިމޭރުމުން ބުނެފައި ޢަމަލުކުރާ މީހަކަށްވާށެވެ! ސުންނަތް ނަމާދުތައްވެސް ކުރަން ފަށާށެވެ! އިސާހިތަކު މައްސަލަތައް ފިލައިދާނެއެވެ. އަދި ނުފިލައި މައްސަލައެއް ހުރިނަމަވެސް އެއީ މައްސަލައެއް ކަމަށް ޤަބޫލުކުރެވި ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެއެވެ. އެއީ މައްސަލައެއް ނޫންކަމަށް ތިބާއަށް އިޙްޞާޞްކުރެވޭވަރަށް އެމައްސަލައެއް ކުޑަވެގެންދާނެއެވެ. އިން ޝާ ﷲ 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ބަންގިއަކީ ﷲ ތަޢާލާގެ ބަސްފުޅެވެ. ކާމިޔާބު ލިބިގަންނަން އަންނަން ބަންގީގައި އެގޮވަނީ ނަމާދު ކުރުމުން ކާމިޔާބީ ދެއްވަވާނެތީއެވެ. ވީމާ މިދެއްކި ވާހަކަތަކަށް ޝައްކުރާނެ އެއްވެސް ޖާގައެއް ނުއޮންނާނެއެވެ. 

މައްސަލަތައް ގިނަވާ ފުރަތަމަ ސަބަބަކީ ނަމާދުނުކުރެވުމެވެ. ދެވަނަ ސަބަބަކީ ނަމާދުކުރިނަމަވެސް ޚުޝޫޢަތްތެރި ނުވެވުމެވެ. ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރާ މީހަކަށް މައްސަލަތައް ގިނަވެ ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ 

- މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން