މުފްތީ މެންކް ވިދާޅުވެފައިވެއެވެ.
ޤުރްއާން ހިތުދަސްކުރަން ބޭނުންނަމަ ގިނަ ޤާރީންގެ އަޑު އެހުމުގެ ބަދަލުގައި އެއް ޤާރީއަކު އިކްތިޔާރުކޮށް އޭނާގެ ކިޔެވުން އަޑުއަހާށެވެ. ﷲ ތަޢާލާގެ ވާގިފުޅާއިއެކު ހިތަށް ނަގައިގަންނަން ވަރަށް ބޮޑުތަނުން ފަސޭހަވެގެންދާނެއެވެ.
އަހުރެން މިހެން މިބުނަނީ އަމިއްލަ ތަޖުރިބާއާއިއެކުގައެވެ. އަހުރެން ޙާފިޡަކަށްވުމަށް މަސައްކަތްކުރިއިރު ޢަމަލުކުރީ އެގޮތަށެވެ. އެކަމުގެ ފައިދާ އަހުރެންނަށް ކުރިއެވެ.
އެއް ޤާރީއެއް ނުވަތަ ޙާފިޡެއްގެ ކިޔެވުން ތަކުރާރުކޮށް އަޑުއަހާނަމަ އެކަމުގެ ފައިދާ އެމީހަކަށް ކުރާވަރު މިއަދުވެސް އަހުރެން އެބަ ތަޖުރިބާ ކުރަމެވެ. އެޤާރީއެއްގެ އަޑު އިވުމާއިއެކު އާޔަތްތައް ހަނދާންވެގެންދެއެވެ.
ދަރިންނަށް ޤުރްއާން އުނގަންނައިދިނުމުގައިވެސް މި ޙިކުމަތް ބޭނުންކުރާށެވެ. ނިންދަވާއިރު އެކިރޭ އެކި ޤާރީންގެ ކިޔެވުން އަޑު އިއްވުމުގެ ބަދަލުގައި ކޮންމެވެސް އެއް ބޭކަލެއްގެ ކިޔެވުން އިޚްތިޔާރުކޮށްގެން އަޑުއިއްވަމުން ގެންދާށެވެ. އެއިރުން ކުއްޖާގެ ހިތަށް ނަގައިގަނެވޭ މިންވަރު ބޮޑުވެފައި ނަގައިގަންނަން ފަސޭހަވެގެންދާނެއެވެ. އިން ޝާ ﷲ
ކޮންމެ ކުއްޖަކަށް ޙާފިޡަކަށް ނުވެވިދާނެއެވެ. ނަމަވެސް ދަރިންނަށް ވީހާ ބޮޑަށް ޤުރްއާން އުނގަންނައިދީ އަދި ހިތުން ދަސްކޮށްދޭން މަސައްކަތްކުރަންވާނެއެވެ. އެކަންކުރަން ފަށަންވީ އެންމެ ކުޑައިރުންސުރެ ފެށިގެންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
މުފްތީ މެންކްގެ އަމިއްލަފުޅު ތަޖުރިބާގެ މައްޗަށް ވިދާޅުވެފައިވާ މިބަސްފުޅަކީ ޤަބޫލުކުރަންޖެހޭ ބަސްފުޅެކެވެ.
މިކަން މިގޮތަށް ދިމާވާ ސަބަބަކީ ޤާރީންގެ ކިޔެވުން ތަފާތުވާނެއެވެ. ދެމުންތަކާއި ހުއްޓުންތަކުގައިވެސް ތަފާތުތަކެއް ހުންނާނެއެވެ. ވީމާ އެހުރިހާ ގޮތެއް ހިތަށް ވައްދައިފިނަމަ ހިތުދަސްކުރުމުގައި އެކިއެކި އުނދަގޫތައް ކުރިމަތިވާނެއެވެ.