އަބަދުވެސް ކަންބޮޑުވާންޖެހިގެން އުޅެންޖެހޭ ސަބަބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
އަބަދުވެސް ކަންބޮޑުވާންޖެހިގެން އުޅެންޖެހޭ ސަބަބު!

މައްކާގެ މުޝްރިކުން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށާއި ޞަޙާބީންނަށް ނުޖައްސަނީ ކޮން ދަތި ޙާލެއް ހެއްޔެވެ؟ އަނިޔާވެރިކަން ހައްދުފަހަނައަޅައި ގޮސް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޝަހީދު ކޮށްލަން މަސައްކަތްކުރިއެވެ. އެތައް ޞަޙާބީންނެއް ޝަހީދުކުރިއެވެ. 

މައްކާ ފަތަޙަކުރެއްވެވި ދުވަހު އަރިއަހުގައި އެބޮޑު ލަޝްކަރު އޮވެމެ، ﷲ ތަޢާލާގެ ޙަޟްރަތުން ބާރާއި އިޚްތިޔާރުލިބިވަޑައިގެން ހުންނަވައިމެ ބަދަލު ނުހިއްޕަވައި އެންމެން މިނިވަން ކުރެއްވެވީއެވެ. އެމީހުންގެ މައްޗަށް އަނިޔާވެރިވެވަޑައެއް ނުގަންނަވައެވެ. 

ނިކަން ބުނެބަލާށެވެ! މިކަމުން އަހުރެމެންނަށް ޙާޞިލްކުރެވެނީ ކޮން ޢިބްރަތެއް ހެއްޔެވެ؟ މިއަދު އަހުރެމެންނަށް މިއުޅެނީ އަމިއްލަ ޢާއިލާގެ މީހުންނަށް ކުރެވޭ ކުދިކުދި ކުށްތަކަށް މަޢާފް ނުކުރެވިގެންނެވެ. ޙަސަދަލައިގެންނެވެ. މަސައްކަތް ކުރެވެނީ ބަދަލު ހިފުމަށެވެ. 

ލޮބުވެތި އެކުވެރިންނޭވެ! މިނުބައި އާދަ އަވަހަށް ދޫކޮށްލާށެވެ! މަޢާފްކުރުމުގައި ދީލަތިކަން އިސްކުރާށެވެ! މަޢާފް ކުރުމުގައި ދީލަތިވުމަކީ ބަލިކަށިވުމެއް ނޫނެވެ. މަޢާފްކުރުމަކީ ވަރަށް ގަދަފަދަ ، ހިތްވަރުގަދަ މީހުންނަށް ކުރެވޭނެ ކަމެކެވެ.

ޢާއިލީ މައްސަލަތަކާއި މުޖުތަމަޢުގައި ހުރި މައްސަލަތައްވެސް ޙައްލުކުރެވޭނީ މަޢާފްކުރުމުގައި ދީލަތިވެގެންނެވެ. ބަދަލުހިފުމުގެ ރޫޙް ނައްތާލައިގެންނެވެ. މަޢާފް ކުރުމުގެ ހިތްވަރު ނެތްނަމަ ދެމަފިއަކަށް ނަމަވެސް އޮންނާނީ އެކުގައި ނުއުޅެވިފައެވެ. ދެބަސްވެ ވަކިވާންޖެހިފައެވެ. ވީމާ ހުރިހާ މައްސަލަތަކެއްގެ ޙައްލަކީވެސް މަޢާފްކުރުންކަން އެއީ ފެންނަން އޮތް ޙަޤީޤަތެކެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން