ނޫރު ސޫރަތުން ލިބޭ ބައެއް ފައިދާ -5

ކިޔުމަށް ހޭދަވާނީ 2މ 17ސ
ނޫރު ސޫރަތުން ލިބޭ ބައެއް ފައިދާ -5

ޢާއިޝަތު ރަފާޙް ޢަލީ

 

ކުރީގެ ލިޔުމާ ގުޅޭ-

 

1.  އަޚުން: އެއްބަނޑު އެއްބަފާ އަޚުން، އެއްބަނޑު އަޚުން، އަދި އެއްބަނޑު އަޚުން ހިމެނޭ

2.  އަޚުންގެ ފިރިހެން ދަރީން: އެއްބަނޑު އެއްބަފާ އަޚުންގެ ފިރިހެން ދަރީން، އެއްބަނޑު އަޚުންގެ ފިރިހެން ދަރީން، އަދި އެއްބަފާ އަޚުންގެ ދަރީން ހިމެނޭ(ދަރިން އަދި ދަރީންގެ ދަރީންވެސް ހިމެނޭ)

3.  އެކަނބަލުންގެ ތެރެއިން ވާ އަންހެނުން: ޢިލްމުވެރީންގެ މެދުގައި މިކަމާ މެދު އިޚްތިލާފް އުފެދިފައިވޭ، (އިބްނު ޢައްބާސް، މުޖާހިދު އަދި ޖުރައިޖު ދެކެވަޑައިގަންނަވާ ގޮތުގައި މިތާނގައި ވާ އަންހެނުންގެ މުރާދަކީ މުސްލިމް އަންހެނުންނެވެ. އަދި ޣައިރު މުސްލިމުން (ޛިންމީން އަދި ޛިންމީން ނޫން މީހުން ނުހިމެނެއެވެ.) އަނއްބައި ޢިލްމުވެރީން ދެކެވަޑައިަގންނަވާ ގޮތުގައި އެއްވެސް އިސްތިސްނާ ކުރެއްވުމެއް ނެތި ހުރިހާ އަންހެނުން ހިމެނެއެވެ. މިބައިގައި ހިމެނެެނީ( އިބްނު ރާޒީ އާއި އަދި ބައެއް އެހެން ބޭކަލުންނެވެ.)

4.  މިލްކުވެގެންވާ އަޅުން: ޢިލްމުވެރީންގެ ތެރޭގައި މިކަމަށްވެސް ވަރަށް ގިނަ ރައުޔު ވެއެވެ. ނަމަވެސް އަޅުގަނޑު މިތަނުގައި 2 ރައުޔެއް ފާހަގަ ކޮށްލާނަމެވެ. (އިބްނު މަސްޢޫދު، މުޖާހިދު، ޙަސަނުލް ބަޞަރީ، އިބްނު ސީރީން، ސަޢީދު ބިން މުސައްޔިބް، ތާޢޫސް އަދި އިމާމް އަބޫ ޙަނީފާ އާއި އެއްބައި ޢިލްމުވެރިންގެ ބަސްފުޅަކީ އަންހެނަކަށް މިލްކުވެގެންވާ ކޮންމެ ދީނަކަށް ނިސްބަތްވިނަމަވެސް، އަޅު އަންހެނުންގެ ވާހަކަ ކަމަށެވެ. އަޅު ފިރިހެނުންނާ މެދު ޢަމަލު ކުރާނީ ޣައިރު މަހްރަމް މިނިވަން ފިރިހެނުންނާ މެދު ޢަމަލުކުރާ ގޮތަށް ކަމަށެެވެ. އިމާމް ޝާފިޢީވެސް މިރައުޔަށް ތާޢީދު ކުރައްވައެވެ.  ދެވަަނަ ރައުޔަކީ އަޅު އަންހެނުންވެސް އަޅު ފިރިހެނުންވެސް ޢިލްމުވެރިން ހިމަނުއްވާކަމެވެ. މިރައުޔަށް ޢާއިޝަތުގެފާނު، އުއްމު ސަލަމާ، އިމާމް ޝާފިޢީ އަދި ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ އަހްލުބައިތުންގެ ތެރެއިން ބައެއް ބޭކަލުން ނެންގެވި ރައުޔެކެވެ.

5.  އުޚްތުންގެ ފިރިހެން ދަރީން: އެއްބަނޑު އެއްބަފާ، އެއްބަފާ އަދި އެއްބަނޑު އުޚްތުންގެ ފިރިހެން ދަރީން އަދި ދަރީންގެ ދަރީންވެސް ހިމެނޭ

6.  ފިރިހެނުންގެ ތެރެއިން އެދުންވެރިކަން ނުހުންނަ މީހުން: މިކަމުގައި ދެ ޝަރުޠެއް ހިމެނޭ މީހަކު މިކަމުގައި ހިމެނޭނެއެވެ. އެގޮތުން ފުރަތަަމަ ޝަރުޠަކީ ގެންގުޅޭ މީހަކަށްވުމެވެ.ދެވަނަ ޝަރުޠަކީ ކޮންމެވެސް ސަބަބެއް މެދުވެރިވެގެން އެދުންވެރިކަން ނެތުން( މުސްކުޅި ޙާލަތައް ދިޔުން ނުވަތަ ބަލިުޙާލަތު ހުރިގޮތުން) 

7.  އަންހެނުންގެ ޢައުރަ ނޭނގޭ ތުއްތުކުދީން"

 

މިއަދު އޮންލައިން