ބިރުވެތިވެ ސަމާލުވެލައްވާ!: ދެއްކުންތެރިކަމާ ބޮޑާކަމުގެ އެންމެ މަތީ މިންވަރު: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ބިރުވެތިވެ ސަމާލުވެލައްވާ!: ދެއްކުންތެރިކަމާ ބޮޑާކަމުގެ އެންމެ މަތީ މިންވަރު: މުފްތީ މެންކް

މީހެއްގެ ކިބައިގައި ތަނަވަސްކަން ހުރިނަމަ (ނުދަރައި) އަގުބޮޑުފޭރާންލުމާއި އަގުބޮޑު ފޯނު ބޭނުންކުރުމާއި އަގުބޮޑު ކާރު ގެންގުޅުން ފަދަ ކަންކަމަކީ ބޮޑާކަމެއް ނޫނެވެ. ނަމަވެސް އެއްވެސް މީހަކީ ތިމާއަށްވުރެ މާދަށުދަރަޖައިގެ މީހަކު ކަމާއި އެހެން މީހުންނަކީ ހަމަ ތިމާފަދަ، ތިމާ އާއި އެއްދަރަޖައިގެ މީހުން ކަމަށް ޤަބޫލުނުކުރެވޭނަމަ އެއީ ދެއްކުންތެރިކަމާއި ބޮޑާކަމުގެ އެންމެ މަތީ މިންވަރެވެ. 

ދެއްކުންތެރިކަމާއި ބޮޑާކަމުގެ ޛައްރެއްގެ މިންވަރުވެސް ހިތުގައިވާ މީހަކު ސުވަރުގެ ނުވައްދަވާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ނަމަވެސް އެކަންކަމަށް ގިނަ ބައަކު މިދަނީ ވަރަށް ބޮޑަށް އިހްމާލްވަމުންނެވެ. 

ދެއްކުންތެރި އެއްވެސް ޢަމަލެއް ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެތެވެ. ފަރުޟު ކުރައްވަވާފައިވާ ނަމާދުވެސް ދެއްކުންތެރިކަމުގެ ނިޔަތް އޮވެގެން ކުރާނަމަ ނަމާދުވެސް ޤަބޫލުފުޅެއް ނުކުރައްވަވާނެތެވެ. 

މިއީ ޙަދީޘްފުޅުތަކުން އެނގެންހުރި ކަންކަމެވެ. ވީމާ ތިމާގެ ކިބައިގައި އެއްވެސް މިންވަރަކަށް މިފަދަ ސިފަތައް ހުރިއަ ނުދޭށެވެ. އަވަހަށް އިޞްލާޙްކުރާށެވެ! ނޫން ނަމަ ސުވަރުގެ ނުވައްދަވައިފާނެކަމަށް ބިރުވެތިވާށެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން