ނުބައި ސިފަތައް ހުންނަ މީހުން ޢާއިލާގަ ތިބިނަމަވެސް ރަޙިމުގެ ގުޅުން ނުކަނޑާށެވެ! އެއީ މާނުބައިކަން ބޮޑުކަމެކެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ނުބައި ސިފަތައް ހުންނަ މީހުން ޢާއިލާގަ ތިބިނަމަވެސް ރަޙިމުގެ ގުޅުން ނުކަނޑާށެވެ! އެއީ މާނުބައިކަން ބޮޑުކަމެކެވެ!: މުފްތީ މެންކް

ރަޙިމުގެ ގުޅުން ކެނޑުން މިއަދު މިވަނީ ޢާންމުކަމަކަށްވެފައެވެ. ވަރަށް ކުދިކުދި ކަންކަމާއިހުރެވެސް ރަޙިމުގެ ގުޅުން އެބަ ކަނޑާލައެވެ. އަނގައިން ނުބުނެ އެބަ ތިބެއެވެ. 

މަދުން ނަމަވެސް ހަރުކަށި ނުބައި ނުލަފާ މީހުންނަކީ މައިންބަފައިންކަމުގައި އެބަވެއެވެ. އެފަދަ ސިފަތައް ހުންނަ މީހުން އެއްބަނޑު އެއްބަފާ މީހުންގެ ތެރޭގައިވެސް އެބަ ހިމެނެއެވެ. އެއީ ކުރިމަތިކުރައްވަވާ އިމްތިޙާނެކެވެ. އަހަރެމެންގެ މައިންބަފައިންނާއި އަޚުންނާއި އުޚުތުން އިޚްތިޔާރުކުރަނީ އަމިއްލައަކަށް ނޫނެވެ. އެކަންކަން ނިންމަވަނީ ﷲ ތަޢާލާއެވެ. 

ވީމާ އަހަރެމެންނަށް އޮތީ އެކަންކަން ބަލައިގަތުމެވެ. އެފަދަ މީހަކު ޢާއިލާގައި ހުރިނަމަވެސް ގުޅުން ނުކަނޑާށެވެ. އެމީހުން ދަތިޙާލެއްގައިވާނަމަ އަޅައިލާށެވެ! މާލީ ދަތިކަމެއްގައި އުޅޭނަމަ އެހީތެރިވެދޭށެވެ! ބަލިވެ އުޅޭނަމަ ޙާލުބަލައި ކުރެވެން އޮތް ކަމެއް ކޮށްދޭށެވެ! 

އެހެން ގޮތެއް ނެތިއްޖެނަމަ ދުރުހެލިވެގެން އުޅޭށެވެ. ނަމަވެސް ބާއްވަންޖެހޭނެ މިންވަރަށް ގުޅުންތައް ބާއްވާށެވެ. ނޫންނަމަ ރަޙިމުގެ ގުޅުން ކެނޑިކަމުގެ ފާފަ އެޅި ސުވަރުގެ ނުވައްދަވައިފާނެކަމަށް ބިރުވެތިވާށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން