ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ޢަމަލުކުރަންވީ ކީއްވެ؟ ޢަމަލުކުރަން ކުރަންވީ ކަންކަން-: ޔާސްމީން މުޤާހިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ޢަމަލުކުރަންވީ ކީއްވެ؟ ޢަމަލުކުރަން   ކުރަންވީ ކަންކަން-: ޔާސްމީން މުޤާހިދު

ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިވާނަމަ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ޢަމަލުކުރުމަށެވެ. 

ޤިޔާމަތް ދުވަހު ސުވަރުގޭގެ ދޮރުކޮޅު ހުޅުއްވަވައިދެއްވަވާނީވެސް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަދެވަދައިގަތުމަށެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ބޭނުންފުޅުވެވަޑައިގަންނަވާނަމަ ސީދާ ސުވަރުގެ ވަދެވަޑައިގަތުމަށްވެސް ﷲ ތަޢާލާ އިޛްނަފުޅު ދެއްވެވުމަށް ކުޅަދުންވަންތައެވެ. 

އެހެނަސް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ މަސައްކަތްޕުޅު ކުރައްވަވާނީ އުންމަތުގެ އެންމެންމާއިއެކު ސުވަރުގެ ވަދެވަދެވަޑައިގަތުމަށެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެކަމަށް އެދިވަޑައިގެން އާދޭސް ދަންނަވާނެތެވެ. އެކަމަށް ހުރަސްއެޅިގެންދާނީ އެމީހަކު ކުރި ފާފަތަކުގެ ސަބަބުންނެވެ. ވީމާ ނަރަކައަށް ވަންނަން ޖެހުމަކީ އެމީހަކު އަމިއްލައަށް ލިބިގަންނަ އަނިޔާއެކެވެ. 

މިބުނި ހުރިހާ ކަމަކުންވެސް އެނގިގެންދަނީ އުންމަތުގެ އެންމެން ދެކެ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ލޯބިފުޅުވެވަޑައިގަންނަވާ މިންވަރުގެ ބޮޑުކަމެވެ. އެކަމަށްޓަކައި ޝުކުރުވެރިވުމުގެ ގޮތުންވެސް އަހުރެމެންގެ މައްޗަށް ވާޖިބުވެގެންވަނީ ވީހާ ބޮޑަކަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ޢަމަލުކުރަން މަސައްކަތްކުރުމެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ސަލާމް ލެއްވެވުން އެދި ގިނަގިނައިން ދުޢާކުރުމެވެ. ޞަލަޥާތްކިޔެވުން ގިނަކުރުމެވެ. 

ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ލޯބިކުރަން އެދޭމީހާ ފުރަތަމަ ކަމަކަށްވެސް ސުންނަތް ނަމާދުތައްކޮށް ސުންނަތް ރޯދަތައް ހިފަން މަސައްކަތްކުރާށެވެ. އަޚްލާޤީ ގޮތުން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ދައްކަވައިދެއްވަވާފައިވާ ކަންކަމުގައި ހިފާށެވެ! 

ވަކިން ޚާއްޞަކޮށް އެއްކަމެއް އަދި ފާހަގަކޮށްލާނަމެވެ. އެއީ އަނބިދަރިންނަށް ހެޔޮކޮށްހިތުމާއި އަޅައިލުމެވެ. އަނބިންދެކެ ލޯބިވެ ޙައްޤު ޤަދަރު ދިނުމެވެ. އެކަންކަމަކީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަރަށް ބޮޑަށް އިސްކަން ދެއްވެވި ކަންތައްތަކެވެ. 

- ޔާސްމީން މުޤާހިދުގެ ދަރުސަކުން

 

މިއަދު އޮންލައިން