މަތީ ފަރާތަކާއި ގާތް ގުޅުމެއް އުފެދިއްޖެނަމަ އެކަމާއި އުފާކޮށް އެގުޅުން ދެމެހެއްޓުމަށް މަސައްކަތް ކުރަމުއެވެ. އެގުޅުމަށް ބުރޫއަރާފާނެ ކަންކަމާއި ދުރުހެލިވަމުއެވެ. އެގުޅުން ކަނޑުވާލަން މަސައްކަތްކުރާ ފަރާތްތަކާއި ޢަދާވާތްތެރިވަމުއެވެ.
އަޅާ ﷲ ގެ ދަރުބާރަށް ޙާޟިރުވެ ދެއަތް އުފުލައި ހަށަންބަންނަ ވަގުތަކީ ރައްބުލް ކާއިނާތާއި ގުޅިގެންދާ ވަގުތުކޮޅެކެވެ. މިކަން ހިތްމައްޗަށް ގެނެސް، އެގުޅުން ބަދަހިކަމާއިއެކީ ދަމަހައްޓަން މަސައްކަތްކުރަންޖެހޭނެއެވެ. އެގުޅުން ކަނޑުވާލަން ވަސްވާސްދޭން އަންނަ ޝައިތާނާގެ ކިބައިން މިންޖުވާންޖެހޭނެއެވެ.
- ޝައިޚް އަޙްމަދު ރިމާޒް