ﷲ ގެ ޙަޟްރަތުން ވާޤިއެދުމަށާއި ރަނގަޅު ގޮތުގައި އަޅުކަންކުރުމަށް، އަދި ކަންނެތްކަމުން ސަލާމަތް ކޮށްދެއްވެވުން އެދި ކިޔަން އޮތް އެންމެ މަތިވެރި ޛިކުރު: ޝައިޚް އަބޫނަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ﷲ ގެ ޙަޟްރަތުން ވާޤިއެދުމަށާއި ރަނގަޅު ގޮތުގައި އަޅުކަންކުރުމަށް، އަދި ކަންނެތްކަމުން ސަލާމަތް ކޮށްދެއްވެވުން އެދި ކިޔަން އޮތް އެންމެ މަތިވެރި ޛިކުރު: ޝައިޚް އަބޫނަކުރު ޒައުދު

ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް، އެކަލާނގެ ޙަޟްރަތުން ކަންކަމަށް ވާޤިއެދުމަށާއި ރަނގަޅު ގޮތުގައި އަޅުކަންކުރުމަށް، އަދި ކަންނެތްކަމުން ސަލާމަތް ކޮށްދެއްވެވުން އެދި ކިޔަން އޮތް އެންމެ މަތިވެރި ޛިކުރަކީ لَاحَوْلَ وَلَا قُوَّةَ إِلَّا بِٱللَّٰهِ އެވެ.  

އެހެނަސް ބައެއް މީހުންނަށް އޮޅިފައި އޮންނާތީ إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ ކިޔައެވެ.  

ޝައިޚުލްއިސްލާމް އިބްން ތައިމިއްޔާ ބަޔާންކުރައްވަވާ ގޮތުގައި މިއީ އޮޅުމެވެ. ކިޔަންވީ ހިތްދަތިކަމެއް ނުވަތަ މުޞީވބާތެއް ކުރިމަތިވުމުންނެވެ. 

ބަންގިއަށް ޢިޖާބަ ދިނުމުގައިވެސް لَاحَوْلَ وَلَا قُوَّةَ إِلَّا بِٱللَّٰهِ ކިޔަނީ ﷲ ތަޢާލާގެ ޙަޟްރަތުން ވާގިލިބުމުން މެނުވީ ފުރިހަަމ ގޮތުގައި ނަމާދު ނުކުރެވޭނެތީއެވެ. ނަމާދު އެކަންޏެއް ނޫނެވެ. ކޮންމެ ހެޔޮކަމެއް ކުރެވޭނީ ﷲ ތަޢާލާގެ ޙަޟްރަތުން ވާގިލިިމުންނެވެ. ވީމާ ކޮންމެ ހެޔޮކަމެއް ކުރަން ބޭނުންވި ނަމަވެސް لَاحَوْلَ وَلَا قُوَّةَ إِلَّا بِٱللَّٰهِ ކިޔައި ޛިކުރްކުރާށެވެ!  

ﷲ ތަޢާލާގެ ޙަމްރަތުން ތައުފީޤް އެދުމަށްޓކައެވެ. ﷲ ތަޢާލާގެ ޙަޟްރަތުން މެނުވީ އެއްވެސް ހެޔޮކަމެއް ލިބެން ނެތްކަން ބަޔާންކުރުމަށްޓަކައެވެ. މި ޛިކުރުގެ މާނައަކީވެސް އެއީއެވެ.  

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން 

މިއަދު އޮންލައިން