އަންހެން ދަރިއަކު ބައްޕައަށް! އަޅުގަނޑަށް އެހީތެރިވެދެއްވައި ނަރަކައިން ސަލާމަތްކޮށްދެއްވާ! އެއިރުން ބައްޕައާއި ނަރަކައާއި ދެމެދުގަ އައްޑަނައަކަށްވެގެން ހުންނާނަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 13ސ
އަންހެން ދަރިއަކު ބައްޕައަށް! އަޅުގަނޑަށް އެހީތެރިވެދެއްވައި ނަރަކައިން ސަލާމަތްކޮށްދެއްވާ!  އެއިރުން ބައްޕައާއި ނަރަކައާއި ދެމެދުގަ އައްޑަނައަކަށްވެގެން ހުންނާނަން!

އަޅުގަނޑުގެ އަންހެން ދަރިފުޅުގެ ޢުމުރަކީ 19 އަހަރެވެ. އޭނާ އެދެނީ އަވަހަށް ކައިވެނިކުރުމަށެވެ. އޭނާގެ އަދި ލޯބިވެރިއަކުވެސް ނެތެވެ. ނަމަވެސް އޭނާ ބުނަނީ ބައެއް އެކުވެރިންގެ ކިބައިން ފޯރަމުން އަންނަ ކަންކަމުގެ ސަބަބުން ކައިވެނިނުކޮށް ހުރެއްޖެނަމަ ކުރިމަތިވެދާނެ މައްސަލަތައް ގިނަ ކަމަށާއި ސަލާމަތް ނުވެވިދާނެ ކަމަށެވެ. 

އަޅުގަނޑުގެ ދަރިފުޅަށްޓަކައި އަޅުގަނޑު ދެކޭ ހުވަފެންތަކެއް އެބަހުއްޓެވެ. އެހެންވީމާ މިހާ ޒުވާން ޢުމުރުގައި ކައިވެނިކޮށްދޭން އަޅުގަނޑަށް އެބަ އުނދަގޫވެއެވެ. މިޙާލަތުގައި ޢަމަލުކުރަން އެންމެ ރަނގަޅޫ ގޮތަކީ ކޮބަިތޯ؟ 

ކިޔުންތެރިޔާގެ ދަރިފުޅަކީ ހެޔޮ މަގު ވިސްނޭ، ހެޔޮ ގޮތް ވިސްނޭ، އަދި ﷲ ތަޢާލާއަށް ބިރުވެތިވާ ކުއްޖަކުކަމުގައި ލެއްވެވިކަމަށްޓަކައި ﷲ އަށް ޙަމްދުކޮށް ދަރިފުޅާއި ދަރިފުޅު ތަރުބިއްޔަތުކުރި މައިންބަފައިންނަށާއި އެދުރުންނަށް ހެޔޮދުޢާކުރަމެވެ. 

ދެން ބުނެލަން ބޭނުންވަނީ ދަރިފުޅުގެ ލޯބިވެރިއަކުވެސް ނުހުންނައިރު އެކުވެރިންގެ ފަރާތުން ތިއަފަދަ ކަމެއް ކުރިމަތިވެދާނެކަމަށް ބިރުގަންނަން ޖެހެންވީ ސަބަބު އެއީ ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެވެ. އެއް ގޮތަކީ މަސައްކަތް މާޙައުލުގައި ނުވަތަ ކޮލެޖް މާޙައުލުގެ ތެރެއިން ކަންކަން ކުރިމަތިވާކަމެވެ. ދެވޭ އެފަދަ ޙަމަލާއެއްގެ ސަބަބުން ދެރަގޮތެއް މެދުވެރިވެދާނެ ކަމަށް ދަރިފުޅު ބިރުގަންނަކަމެވެ. 

އެ 2 ގޮތްވެސް އަދި އެހައި ތިލަކޮށް މާނަނުކުރާށެވެ! ދަރިފުޅުގެ ވާހަކަ މިގޮތަށް ތަރުޖަމާކުރަމާ ހިނގާށެވެ! "ލޯބިވާ ބައްޕާއެވެ. ބައްދަލުވާ އެކުވެރިން ލޯބިހުށަހަޅަން ފަށައިފިއެވެ. މިކަމުން އަޅުގަނޑު ސަލާމަތްކޮށްދެއްވާށެވެ. ކުރައްވަން އޮތް ކަމަކީ ހެޔޮލަފާ ތަޤްވާވެރި ފިރިހެނަކާއި ކައިވެނިކޮށްދެއްވުމެވެ. ލޯތްބަށް އެދި އަޅުގަނޑަށް ހުށަހަޅާ ހުށަހެޅުންތައް ހުއްޓުމަކަށް އަންނާނީ އެއިރުންނެވެ." 

ދަރިފުޅު ބައްޕަގެ ގާތުގައި އެބުނަނީ މިގޮތަށް ކަމަށް ވެއްޖެނަމަ އެންމެ ހިނދުކޮޅަކަށްވެސް މަޑުނުކޮށް ދަރިފުޅު އެދޭ ގޮތަށް ކަންތައްކޮށްދޭން އަވަސްވެގަންނާށެވެ! މަތީ ތަޢްލީމް ޙާޞީލްކުރުމަކީ މިއަދު އެއްވެސް ބުރަކަމެއް ނޫނެވެ. ހިތްވަރު ހުރި އަންހެނުން ޕީއެޗްޑީ ހަދަމުން އެގެންދަނީ ހައަކަ ދަރިންވެސް ލިބޭފަހުންނެވެ. 

ވީމާ އަވަސްވެގަންނަންވީ ދަރިފުޅު އެދިން ވަރުގަދަ މެސެޖަށް ޢަމަލުކުރުމެވެ. "ލޯބިވާ ބައްޕާއެވެ! އަވަހަށް އަޅުގަނޑަށް އެހީތެރިވެދެއްވާށެވެ! އަޅުގަނޑު ނަރަކައިން ސަލާމަތްކޮށްދެއްވާށެވެ! އެއިރުން ބައްޕައާއި ނަރަކައާއި ދެމެދުގައި އައްޑަނައަކަށްވެގެން އަޅުގަނޑު ހުންނާނަމެވެ!"

ގިނަ ދަރިން، ޚާއްޞަކޮށް އަންހެންދަރިން ބުނާ ވާހަކަތަކުގެ މާނައަށް ވަރަށް ބޮޑަށް ވިސްނަން ޖެހޭނެއެވެ. މަދުޖުއްޖަކު ނޫނީ ސީދާ ކަމުގެ ވާހަކައެއް ނުބުނާނެއެވެ. އެއީ ކުދިންގެ ކިބައިގައި ހުންނަ ލަދުވެތިކަމެއްގެ ސަބަބުންނެވެ. ވީމާ އަންހެން ދަރިން ބުނާ ބަސްތައް ވަރަށް ރަނގަޅަށް މާނަކުރަން މަސައްކަތްކުރަންވާނެއެވެ. އަހައި އޮޅުންފިލުވައިގެންވެސް ރަނގަޅު މާނަ ދެނެގަންނަންވާނެއެވެ!

މިއަދު އޮންލައިން