ﷲ ތަޢާލާގެ ޙަޟްރަތުގަ އެންމެ ހެޔޮ އަންހެނަކަށްވުން- ޙަދީޘުން: ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 57ސ
ﷲ ތަޢާލާގެ ޙަޟްރަތުގަ އެންމެ ހެޔޮ އަންހެނަކަށްވުން- ޙަދީޘުން: ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް

ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ހެޔޮ އަންހެނަކަށް ވެވޭނީ ކިހިނަކުންތޯ؟ 

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.

އެންމެ ހެޔޮ އަންހެނާ

رسُول الله ﷺ ޙަދީޘްކުރައްވާފައިވޭ، އެކަލޭގެފާނު އަރިހުން ސުވާލު ދެންނެވުނީ (أيُّ نِسَاءِ خَيْرٌ) އެންމެ ހެޔޮ އަންހެނުންނަކީ ކޮބައިހޭ؟ މީ ވަރަށް މުހިއްމު ސުވާލެއް! އަޅުގަނޑަށްވެސް މުހިއްމު ސުވާލެއް ތިބޭފުޅުންނަށްވެސް މުހިއްމު ސުވާލެއް، އެންމެ ހެޔޮ އަންހެނުންނަކީ ކޮބައިހޭ؟ ﷲ 

رسُول الله ﷺ އަރިއަހުގަ އެ ސުވާލު ދެންނެވުނީމާ ކީކޭ ޖަވާބުގަ ދެންނެވީ؟ 

إذَا نَظَرَ إلَيْهَا فَرَّت ފިރިމީހާ ބަލާލައިފިއްޔާ އުފާވެރިކަން ގެނެސްދޭނެ. وَإذَا غَابَ عَنْهَا حَفِظَت  ފުރައިގެން ދުރަށް ތަނަކަށް ގޮއްސިއްޔާ. އޭނަ އޭނަގެ ޢިއްފަތްތެރިކަމަށް ރައްކާތެރިވާނެ. وَإذَا أمَرَنَا عَطَاعَت އަމުރު ކޮށްފިއްޔާ އޭނަ އެކަމަށް ކިޔަމަންތެރި ވާނެ.

އެހެންވީމަ މީ ހެޔޮ އަންހުންނަކީ، މާތް ނަބިއްޔާ ގެ ދޫފުޅުން، ހެޔޮ އަންހެނުންނަކީ، އެމީހުންނަކީ ފިރިމީހާ އުފަލުގަ ބަހައްޓާ މީހުން. ބަލާލައިފިއްޔާ ހިތްހަމަޖެހުން އެއްވެސް އެހެންކަމެއް ނާންނާނެ. ހަމަ އެގޮތަށް ކަމަކަށް އަންގައިފިއްޔާ، ނުވަތަ ކަމެއް ކުރަން އެދިއްޖެއްޔާ އެކަމަކަށް ކިޔަމަންތެރިވާނެ. ހަމަ އެގޮތަށް އޭނާގެ ޙައްޤުގަ އަނބިމީހާގެ ޢިއްފަތްތެރިކަން ރައްކާތެރިކުރާނެ. އެހެންވީމާ މީ އެއްމެ ހެޔޮ އަންހެނުންނަކީ ކޮބައިހޭ رسُول الله ﷺ ގެއަރިހުން ސުވާލު ދެންނެވުނީމާ ޖަވާބަކަށް  ދެއްވި ޖަވާބު. އެހެންވީމަ އަޅުގަނޑުމެން ހެޔޮ މީހަކަށް ވަންޏާ އަޅުގަނޑުމެންނަށް އޮތީ އެގޮތް އިޚުތިޔާރުކުރުން. 

އެހެން ޙަދީޘްފުޅެއްގަ އަންނަނީ لَوكُنْتُ آمِرًا أحَدًا أنْ يَسْجُدَ لِأحَدٍ لَأمَرْتَ الْمَرْأتَ أنْ تَسْجُدَ لِزَوْجِهَا ﷲ ފިޔަވާ އެހެން ފަރާތަކަށް ސަޖިދަ ކުރުމަކީ ޝިރުކު ކުރުން އެއީ ޙަރާމްކަމެއް ހުއްދަ ކަމެއްނޫން. އެކަމަކު ﷲ ފިޔަވާ އެހެން ފަރާތަކަށް ސަޖިދަ ކުރަން ތިމަންކަލޭގެފާނު ޢަމުރު ކުރައްވާނެނަމަ އަނބިންނަށް ޢަމުރުކުރީމުހޭ ފިރިންނަށް ސަޖިދަކުރަން. މާނަޔަކީ ކިޔަމަންތެރިކަން، ކޮންމެހެން ނިކަމެތިކަމެއްނޫން. ކިޔަމަންތެރިވުމުގެ މިސާލެއްގެގޮތުގަ ބަޔާންކުރައްވާފަވަނީ. އެހެންވީމާ އެއްކޮޅުން އޯގާތެރިކަން އިންތިހާޔަށް ލިބެމުންދާއިރުގަ އަނެއްކޮޅުން ކިޔަމަންތެރިކަން ގެންގުޅޭކަމަށްވަނީނަމަ ޢާއިލާއެއް އުފާވެރިނުވެއެއް ނުހުންނާނެ. 

- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން

 

މިއަދު އޮންލައިން