ޢިބްރަތްތެރި ވާހަކަ: މުސްކުޅިއަކަށް ކުރި ޞަދަޤާތަކުން މަކަރުވެރި ލޯބިވެރިޔާގެ ޙަޤީޤަތް ހާމަވެ ކައިވެނިކުރެވުމުން ސަލާމަތްވެވުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 50ސ
ޢިބްރަތްތެރި ވާހަކަ: މުސްކުޅިއަކަށް ކުރި ޞަދަޤާތަކުން މަކަރުވެރި ލޯބިވެރިޔާގެ ޙަޤީޤަތް ހާމަވެ ކައިވެނިކުރެވުމުން ސަލާމަތްވެވުނު ގޮތުގެ ވާހަކަ-

އަހުރެމެންގެ ގެއާއި ވަރަށް ކައިރީގައި ކުޑަ ޕާކެއް އޮވެއެވެ. އެތަނުގ ގޮނޑިއެއްގައި އިށީނދެލައިގެން އިންނަ މުސްކުޅި އަކު ކޮންމެ ދުވަހަކުވެސް ފެނެއެވެ. 

އެއިރު އަހަރެމެން ދިއައީ ކައިވެންޏަށް ތައްޔާރުވަމުންނެވެ. ވާންއުޅޭ ފިރިމީހާއާއިއެކު އެއްރޭ ބާޒާރަށްގޮސްފައި އަންނަމުން އެމުސްކުޅިމީހާއަށް ޞަދަޤާތެއްކުރުމުގެ ގޮތުން ފައިސާކޮޅެއް ދިނީމެވެ. އެކަންވީ ލޯބިވެރިޔާ ވަރަށް ރުޅިގަދަވިކަމަކަށެވެ. އެއީ ކީއްކުރަން ކުރިކަމެއްތޯ ސުވާލުކުރިއެވެ. އަދި މަގުމަތިން ފެންނަހައި މީހަކާއި ވާހަކަދައްކައި ފައިސާދީ ހެދުމުގެ ބޭނުމަކީ ކޮބައިތޯވެސް ސުވާލުކުރިއެވެ. 

ލޯބިވެރިޔާ ބުނީ އޭނާއަކީ އެހައި ރަނގަޅު މީހެއް ނޫންކަމަށާއި އޭނާފަދަ ޟީހުންނާއި ވާހަކަދައްކާނަމަ މަތިއޮމާންކޮށްގެން ގިނަ ފައިސާ ހޯދަން އުޅޭނެކަމަށެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކަށްވާނީ އެބާވަތުގެ މީޙުންނާއި ވާހަކަ ނުދެއްކުން ކަމަށެވެ. 

ކޮންމެއަކަސް އެރޭ ނިދަން އޮއްވައި ހުވަފެނެއް ފެނުނެވެ. ހުވަފެނުގައި މީހަކު ބުނީ އެމުސްކުޅި މީހާއާއި ވާހަކަ ދެއްކުމަށެވެ. ވާހަކަ ނުދައްކައިފިނަމަ އަހުރެންގެ ދިރިއުޅުމަށް ބޮޑު ގެއްލުމެއް ލިބުން ވަރަށް ގާތް ކަމަށެވެ. 

އެހެންވެ ޖެހިގެން އައިދުވަހުވެސް އޭނާ ފެނުމުން ސަލާމްކޮށް ޞަދަޤާތެއްކުރީމެވެ. އެގޮތަށް  2،3 ދުވަހު ކަންތައްކުރުމަށްފަހު އޭނާގެ ގާތުގައި އިށީނދެ އޭނާގެ ޙާލާއިބެހޭގޮތުން ސުވާލުކުރުމުން ކިޔައިދިނެވެ. 

"އަހަރެންނަކީވެސް ހަމަ މާލެއަށް ނިޞްބަތްވާ މީހަކީމެވެ. ފަޤީރަކީމެވެ. ގޯއްޗެއްވެސް އެބައޮތެވެ. ލިބޭ އާމްދަނީ މަދުވެ، އުޅެންޖެހުނު ފަޤީރުކަމުން ރަނގަޅު ފެންވަރުގެ ގެއެއް ނުއެޅުނެވެ. ހުރީ މައިންބަފައިން އަޅާފައިވާ މުސްކުޅި ގެއެކެވެ. 

މިތަނުގައި ގިނަ ވަޤުތު ހޭދަމިކުރަނީ މާތް ﷲ ގެ މަތިން ހަނދުމަކުރުމަށާއި ސާފުވައި ލިބުމަށެވެ. މިހެން އިންނައިރު ވަރަށް ގިނަ ކަންކަން ފެނެއެވެ. ކޮއްކޮ ގޮވައިގެން ތިއައުޅޭ މީހާގެ ކަންކަންވެސް ފެނެއެވެ." 

އެހެން ބުނުމުން އޭނާގެ ކިބައިން ފެންނަނީ ކޮން ކަންތައްތަކެއްތޯ ސުވާލުކުރުމުން ފުރަތަމަ އުޅުނީ ނުބުނާށެވެ. ނަމަވެސް ވަރަށް އާދޭސްކުރުމުން ބުންޏެވެ. "ތިއަގެއަށް ވަދެއުޚޭ އަނހެން ކުއްޖަކު ހުންނާނެއެވެ. ތިއަ ގެންގުޅޭ މީހާ އާއި އޭނާ އާއި ދެމީހުން ގެއަށް ވަންނާނީ ވަކިންނެވެ. އެކަމަކު ގިނަ ފަހަރު ގެއިން ނުކުމެގެންދާނީ އެކުގައެވެ. ތިއަ ގެންގުޅޭ މީހާގެ ލޯބިވެރިއަކީ އޭނާއެވެ. ކޮއްކޮ އާއި ގުޅިގެން އުޅެނީ ކޮއްކޮގެ ތަނަވަސަކަން ބޮޑުކަމުން ފައިސާގެ ބޭނުމުގައެވެ. ދެމީހުން ނުކުމެގެންދާއިރު ދައްކާ ވާހަކަ ބޭބެ އަޑުއަހަމެވެ. އެހެންވެ ބޭބެއަށް އެނގެނީއެވެ. ފަރުވާތެރިވެގެން ބަލައިފިނަމަ މިއީ ތެދެއްކަން ހޯދޭނެއެވެ." 

ބޭބެގެ ވާހަކަތައް އަޑުއިވުމުން ހީވީ މެއަށް ކަށިތަކެއް ހެރުނުހެންނެވެ. އެހެން ނުވާނީ ކީއްވެގެން ހެއްޔެވެ؟ އެބޭބެ އެބުނަނީ އަހުރެންގެ އެންމެ ގާތް އެކުވެރިޔާގެ ވާހަކަ ވީމައެވެ. 

ކޮންމެއަކަސް ވިސްނައިލީމެވެ. އެބޭބެއަށް ޞަދަޤާތެއް ދިނުމުން ލޯބިވެރިޔާ ރުޅިއައުމާއި އެރޭ ފެނުނު ހުވަފެނާއި އެބޭބެ އެދެއްކި ވާހަކައާއި ގުޅުންތަކެއް އެބަހުރިކަމަށް ޤަބޫލުކުރެވުނެވެ. 

ކަމުގެ ޙަޤީޤަތް ހޯދަން މަސައްކަތް ފެށީމެވެ. ލޯބިވެރިޔާއަށް ސިއްރުން އޭނާގެ ފޯނު ބެލީމެވެ. ދެމީހުން ފޮނުވާފަހުރި ފޮޓޯތަކާއި މެސެޖްތައް ފެނުމުން އެބޭބެ ބުނީ ތެދެއްކަން ޘާބިތުވިއެވެ. ޙަޤީޤަތް އެނގުމުން ޒުވާބެއް ނުކުރަމެވެ. އެކުވެރިޔާއަކަށްވެސް ބަހެއް ނުބުނަމެވެ. ދެމީހުންނާއިވެސް ގުޅުން ކަނޑާލައި ދުރުވީއެވެ. 

އަހުރެން ޝުކުރުވެރިވީމެވެ. އެއީ އެފަދަ ބޮޑު މަކަރުވެރި 2 މީހުންގެ ކިބައިން ސަލާމަތްވެވުނީތީއެވެ. ކައިވެނި ނުކުރެވެނީސް ޙަޤީޤަތް އެނގުނުކަމަށްޓަކައެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ނަމާދުކުރާށެވެ. ވީވަރަކުން ޞަދަޤާތް ކުރާށެވެ. ލިބެން އުޅޭ ދެރަތަކުން ސަލާމަތް ކުރައްވަވާނެކަން އަހުރެންނަށް މިވަނީ ތަޖުރިބާ ކުރެވިފައެވެ. 

- ޒުލްފާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން