ކަމަކަށް އެދިގެން މީހަކު ބުނީތީ ކީރިތި ޤުރްއާނުގެ ވަކި ބައެއް ކިޔެވުން ހުއްދަވާނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ކަމަކަށް އެދިގެން މީހަކު ބުނީތީ ކީރިތި ޤުރްއާނުގެ ވަކި ބައެއް ކިޔެވުން ހުއްދަވާނެތޯ؟

އަޅުގަނދަކީ ދަތިޙާލުގައިނ ހުރި މީހަކީމެވެ. އަތްމަތި ތަނަވަސްވުން އެދިގެން ކިޔަވަން މީހަކު ބުނެދީފައި ބައެއް އާޔަތްތައް އެބަހުއްޓެވެ. ނަމަވެސް އެކަމަށް އެއްވެސް ދަލީލެއް އޭނާ ނުދެއްކިއެވެ. ބުނީ ކިޔަވާށެވެ. އަޅުގަނޑުގެ ސުވާލަކީ އެއީ ކުރަން ހުއްދަ ކަމެއްތޯއެވެ؟

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެކަމަށް އުންމީދުކުރަމެވެ.

ތިމާ ކަމަކަށް އެދިގެން މީހަކު ބުނީތީ ކީރިތި ޤުރްއާނުގެ ވަކި ބައެއް، (ވަކި ސޫރަތެއް ނުވަތަ އާޔަތެއް، ވަކި އާޔަތްތަކެއް ނަމަވެސް ކިޔެވުމަކީ ނުރައްކާތެރި ކަމެކެވެ. އަދި އަމިއްލައަށް ވިސްނިގެން އެފަދަ ކަމެއްކުރުންވެސްމެއެވެ.

ކަމަކަށް އެދިގެން ކުރަންޖެހޭނީ ޤުރްއާނާއި ސުންނަތުން ސާބިތުވާ ކަންކަމެވެ. އަދި ކިޔަވަންވާނީ ވެސް ޤުރްއާނާއި ސުންނަތުން އެކަމަކަސް އެދިގެން ކިޔަވަން ޘާބިތުވާ އާޔަތްތަކާއި ސޫރަތްތަކެވެ. ޘާބިތުވާ ޛިކުރްތަކެވެ.

އެނޫންގޮތަކަށް އެކަން ކޮށްފިނަމަ އެކަންވާނީ ބިދުޢާއަކަށެވެ. އެއީ އެންމެ ނުރައްކައުތެރިކަން ބޮޑު އެއްކަންތަކެވެ. އެއިރުން ދީނަށް ކަންކަން އިތުރުކުރެވޭނެތީއެވެ.

ކަންކަމަށް އެދިގެން މީހުން ބުނާ އެބާވަތުގެ ކަންކަން ނުކުރާށެވެ. ދުޢާކުރާށެވެ! ދަމުނަމާދުކުރާށެވެ. ސަޖިދަ އެމީހަކު ބޭނުންވަރަކަށް ދިގުކުރެވޭނެއެވެ. ބޭނުން ބަހަކުން ބޭނުން ދުޢާއެއް ކުރެވޭނެއެވެ.

ވީހައި ގިނައިން ޤުރްއާން ކިޔަވަންވީއެވެ. އެއީ އެންމެ މަތިވެރި އެއް އަޅުކަމެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގަންނަންވެސް ޤުރްއާން ކިޔަވާށެވެ. ނަމަވެސް ވަކި ބޭނުމެއް ޙާޞިލްކުރަން ކިޔަވަންވާނީ ޤުރްއާނާއި ސުންނަތުން ސާތުވާ ސޫރަތްތަކާއި އާޔަތްތަކެވެ.

މިސާލަކަށް މީހަކަށް ކަމެއް ދަތިވެގެން ކަމެއް ކުރަމުން ދަނިކޮށް އެކަން ހިންމަވައިދެއްވަވައިވެސްފާނެއެވެ. ނަމަވެސް އެއިގެ މާނައަކީ އެކަމަކީ އެކަން ޙާޞިލުކުރަން އޮތް ކަމަކަށް ވުމެއް ނޫނެވެ. ކަމަކަށް ބޭނުންވެގެން އެއްވެސް ކަމެއް ނުކޮށް ހުއްޓައިވެސް އެކަން ހިންމަވައިދެއްވަވައިފާނެއެވެ. އެއިގެ މާނައަކީ ތަޤްވާވެރިކަން އިތުރުކުރަން، އަޅުކަންކުރުން ގިނަކުރަން މަސައްކަތްނުކޮށް ދުޢާނުކޮށް ހުރުމުން ކަންކަން ފުއްދަވައިދެއްވަވާނެކަމަށް ޤަބޫލު ނުކުރުމެއް ނޫނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

ގުޅުންހުރި ލިޔުމެއް:

https://islamqa.info/en/answers/115841/singling-out-verses-from-some-soorahs-to-recite-them-at-times-of-hardship-and-difficulty

މިއަދު އޮންލައިން