ކީރިތި ޤުރްއާނުގައިވާ ބައެއް ޢިލްމީ މުޢުޖިޒާތް 2

ކިޔުމަށް ހޭދަވާނީ 2މ 7ސ
ކީރިތި ޤުރްއާނުގައިވާ ބައެއް ޢިލްމީ މުޢުޖިޒާތް 2

ޢާއިޝަތު ރަފާޙް ޢަލީ

 

. ހަނދުގައި ނޫރެއް ލެއްވުން: 

މި އާޔަތާއި އިރުއާއި ހަނދުގެ ވާހަކަ ލިޔެފައިވާ އެހެން އާޔަތްތަކުގައި މިޒަމާނުގެ ސައިންސުން ސާބިތުވެފައިވާ ޢިލްމީ ޙަޤީޤަތެއްގެ ވާހަކަތައް ބަޔާން ކޮށްދެއްވާފައިވެއެވެ. އަނދިރިކަން ފިލުވައިލުމަށްޓަކައި ރޭގަނޑު ހަނދުގެ އަލިކަން ލެއްވިއެވެ.

ﷲ ތަޢާލާ ނޫޙް ސޫރަތުގެ 16 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

وَجَعَلَ الْقَمَرَ فِيهِنَّ نُورًا وَجَعَلَ الشَّمْسَ سِرَاجًا ﴿١٦﴾‏

މާނައީ: އަދި އެކަލާނގެ އެ އުޑުތަކުގައި ހަނދު نور އެއްކަމުގައި ލެއްވިއެވެ. އަދި އެކަލާނގެ އިރު، ވޮށެއްގެ ގޮތުގައި ލެއްވިއެވެ. (16) 

. އިންސާނުންނަށް އިވުމާއި ފެނުން ދެއްވުން: 

ﷲ ތަޢާލާ އިންސާނުންނަށް އިވުމާއި ފެނުމުގެ ޙިއްސު ދެއްވިއެވެ.

އެގޮތުން ނަޙްލު ސޫރަތުގެ 78 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

وَاللَّهُ أَخْرَجَكُم مِّن بُطُونِ أُمَّهَاتِكُمْ لَا تَعْلَمُونَ شَيْئًا وَجَعَلَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ ۙ لَعَلَّكُمْ تَشْكُرُونَ ﴿٧٨﴾‏

މާނައި: ތިޔަބައިމީހުންނަށް އެއްވެސް އެއްޗެއް ނޭނގޭގޮތުގައިވާ حال، ތިޔަބައިމީހުންގެ މައިންގެ ބަނޑުން، ތިޔަބައިމީހުން ނެރުއްވީ اللَّه އެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް އިވުމާއި، ފެނުމާއި، ހިތްތައް ލެއްވިއެވެ. އެއީ ތިޔަބައިމީހުން، شكر ކުރުމަށްޓަކައެވެ. (78)

މިއަދު އޮންލައިން