ދުލުން ޝަހާދަތް ކިޔައިފިނަމަ ސުވަރުގެ ވެއްދެވުން- ޤިޔާމަތް ދުވަހު ތިމާއަށްވާނެ ގޮތް އެނގޭ ކަމަށް ހީނުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ދުލުން ޝަހާދަތް ކިޔައިފިނަމަ ސުވަރުގެ ވެއްދެވުން- ޤިޔާމަތް ދުވަހު ތިމާއަށްވާނެ ގޮތް އެނގޭ ކަމަށް ހީނުކުރާށެވެ!

ﷲ ތަޢާލާއަށް އީމާންވެ އިޚްލާޞްތެރިކަމާއިއެކު ޝަހާދަތް ކިޔައި އަދި ޝިރުކުކުރުންމަތީގައި ނޫންގޮތަކަށް (ޝިރުކު ނުކުރާ، ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކުރާ) މަރުވެއްޖެނަމަ އެމީހަކު ސުވަރުގެ ވައްދަވާނެކަން އެއީ ޝައްކުކުރަންޖެހޭ ކަމެއް ނޫނެވެ.

ޙަދީޘްފުޅުގައި ވަނީ މިފަދައިންނެވެ. 

"ޖިބްރީލް ޢަލައިހިއްސަލާމް ތިމަންކަލޭގެފާނުގެ ގާތަށް ވަޑައިގެން ދެންނެވިއެވެ. ކަލޭގެފާނުގެ އުއްމަތުގެ މީހުންގެ ތެރެއިން الله އަށް ޝަރީކު ނުކުރާ ޙާލު މަރުވެއްޖެ ކޮންމެ މީހަކަށް ސުވަރުގެ ހުއްޓެވެ." ޙަދީޘް

ﷲ ތަޢާލާއަށް ޝަރީކު ނުކުރާ ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ އިރާދަކުރައްވަވައިފިނަމަ ފާފަތައް ފުއްސަވައިދެއްވަވައި ނަރަކައިން މިންޖުކުރައްވަވާ ހުއްޓެވެ. އަދި އިރާދަކުރައްވަވައިފި އަޅަކު އޭނާ ކޮށްފައިވާ ފާފަތަކަށް ޖަޒާ ހަމަވަންދެން ނަރަކައަށް ވައްދަވާފައިވާނެތެވެ. މިކަންކަން މޮޅަށް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.

ކޮންމެއަކަސް ﷲ ތަޢާލާއަށް އީމާންވީ މީހުންގެ ތެރެއިން ބައަކަށް އެމީހުން ދުނިޔޭގައި ތިބެ ކުޅަފާފަތަކުގެ ސަބަބުން ނަރަކައަށް ވަންނަން ޖެހޭނެކަން އެއީ ޤަބޫލުކުރަންޖެހޭނެ ކަމެކެވެ. އަދި އެމީހުންނަށް ނަރަކައި ހޭދަކުރަންޖެހޭނީ ކިހައި މުއްދަތެއްކަން، އެއީ ކިތައްހާސް، ކިތައް ލައްކަ، ކިތައް މިލިއަން، ކިތައް ޓްރިލިއަން އަހަރުކަން އެނގޭނެ އެއްވެސް ގޮތެއް ނެތެވެ. އެކަންވެސް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. އެނގެން އޮތް ވަރަކީ ﷲ ތަޢާލާ ކަނޑައަޅުއްވަވާ މުއްދަތަކަށްފަހު ހިތުގައި ޛައްރެއްގެ މިންވަރުވާ މީހުންވެސް ނަރަކައިން ސަލާމަތްކުރައްވަވާނެކަމެވެ.

ކޮށްލަން ބޭނުންވާ ބައެއް ސުވާލުތަކަކީ އަހުރެންނަކީ ﷲ ތަޢާލާއަށް އީމާންވެ ޝައހާދަތް ކިޔައިގެން ހުރި މީހެކޭ، އަހުރެން ސުވަރުގެ ވައްދަވާނެއޭ ބުނަމުން ފާފަތަކަށް އަރައިގަންނަ މީހުން، އެމީހުންނަށް ނަރަކައަށް ނުވަދެ ސަލާމަތްވެވޭނެކަން އެނގެނީ ކިހިނަކުން ހެއްޔެވެ؟ ނަރަކައިގައި ހޭދަކުރަން ޖެހޭނެ މުއްދަތު އެނގެނީހެއްޔެވެ؟ ނަރަކައިގައި ފަޅިސިކުނަތަކަށްވެސް ކެތްކޮށްލެވޭނީ ހެއްޔެވެ؟

ވީމާ ޝަހާދަތްކީނަމަވެސް، ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުނުކުރިނަމަވެސް އަދި އެވަރުން ސުވަރުގެ ޔަޤީން ނުކުރާށެވެ! ސުވަރުގެ ދެއްވަވާނެ ގޮތަށް ޢަމަލުތައް ބަހައްޓަން މަސައްކަތްކުރާށެވެ! ސުވަރުގެ ލިބޭނީ އެއިރުންނެވެ. އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

 

 

 

މިއަދު އޮންލައިން