ބާޒާރުގަ ފިޔާގެ އަގު އިންތިހާއަށް އުފުލުމުން އުފަންވެލި ޝޮޕްތަކުން އަގުހެޔޮކޮށް، އިންޑިއާ ފިޔާ ކިލޯއެއް ފަންސަވީސް ރުފިޔާއަށް ވިއްކަން ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ބާޒާރުގަ ފިޔާގެ އަގު އިންތިހާއަށް އުފުލުމުން އުފަންވެލި ޝޮޕްތަކުން އަގުހެޔޮކޮށް، އިންޑިއާ ފިޔާ ކިލޯއެއް ފަންސަވީސް ރުފިޔާއަށް ވިއްކަން ފަށައިފި

އުފަންވެލި ޝޮޕްތަކުން އިންޑިއާ ފިޔާ ކިލޯއެއް ފަންސަވީސް ރުފިޔާއަށް ވިއްކަން ފަށައިފި އެވެ. 

އުފަންވެލި ޝޮޕްތައް ހިންގާ މަޑިހާ ކޮމްޕެނީން ބުނީ ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު 40 ރުފިޔާއަށްވުރެވެސް މައްޗަށް އުފުލުމުން ކަސްޓަމަރުންގެ ޖީބުތަކަށް ކުރާނެ އަސަރު އިޙްޞާޞްކުރެވޭތީ މިބަދަލު ގެނައީކަމަށެވެ. 

"އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަނީ ކަސްޓަމަރުންނަށް ވީހާ ރަނގަޅު ގޮތްތައް ހަދައިދެވޭތޯ! އެހެންވެ މިފުރުޞަތުގަވެސް އަޅުގަނޑުމެން މިބަލަނީ ބާޒާރުގައި ލިބެންހުރި ބޮޑު އަގުގެ ބަދަލުގައި ވިހާ ހެޔޮ އަގުގައި ކަސްޓަމަރުންނަށް ޚިދުމަތްދޭން!" ކަމަށް މަޑިހާ ކޮމްޕެނީން ބުނެއެވެ.

"އަޅުގަނޑުމެން ރައްޔިތުންނަށްޓަކާ، ކަސްޓަމަރުންގެ ޖީބުތަކަށް ލުއިކޮށްދޭން ވީހާ ހެޔޮ އަގުގަ ވިއްކަން މަސައްކަތްކުރީމާ އެކަމުގެ ނާޖާއިޒު ފައިދާ ނަގާ ބައަކުވެސް އުޅޭތީ އެކަމަށް ފުރުޞަތު ކުޑަކުރުމުގެ ގޮތުން ކަސްޓަމަރަކަށް ވިއްކާނީ 2 ކިލޯ."  

މީގެ އިތުރުން ބާޒާރުގެ އަގުތަކަށް އަންނަ ބަދަލުތައް ކޮންޓްރޯލްކުރަން ސަރުކާރުން ކުރާ މަސައްކަތަށް އެކުންފުނިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށްވެސް މަޑިހާ ކޮމްޕެނީން ބުނެފައިވެއެވެ.

 

މިއަދު އޮންލައިން