ޤުރްއާން ހިތުދަސްކުރަން މަސައްކަތްކުރާނެ ގޮތުގެ ޓިޕްސް ކޮޅެކެވެ.
މިއީ މަސްޖިދުލްޙަރާމް އާއި މަސްޖިދުއްނަބަވީގައި ވެސް ބޭނުންކުރާ ފޯމިޔުލާއެވެ. އަދި އަޅުގަނޑުގެ ޙިފްޡު ކުލާހުގައި ވެސް ބޭނުންކުރައްވާ ކާމިޔާބު ފޯމިޔުލާއެވެ.
ދަސްކުރާނީ ފޮޅުވަތެއްގެ ދިގުމިނަށް
ކޮންމެ ފޮޅުވަތެއް ދަސްވީމާ 10 ފަހަރު ނުބަލައި ކިޔާނީ
މިގޮތަށް 5 ފޮޅުވަތް ދަސްވީމާ ފޮޅުވަތްތައް އެކުގައި ކިޔާނީ
5ފޮޅުވަތް އެކުލަވައިލެވުނީމާ ނުބަލައި 10 ފަހަރު
މިގޮތަށް 5 ފޮޅުވަތުން ގޮސް ޞަފްޙާއެއް ދަސްވީމާ ޞޮފްޙާ އެކުގައި ކިޔާނީ
ޞަފްޙާ ދަސްވީމާ ނުބަލައި 20 ފަހަރު
އަނެއް ދުވަހު އާ ފިލާވަޅު ދަސްކުރުމުގެ ކުރިން އެންމެ ފަހުން ދަސްކުރި ޞަފްޙާ 15 ފަހަރު ކިޔާނީ ބަލައިގެން އަދި 5 ފަހަރު ނުބަލައި
މިގޮތަށް ދަސްކުރާނީ ހަފްތާގެ 5 ދުވަހު
އެއްދުވަސް ބައިންދާނީ ދަސް ނުކުރާ ދުވަހެއްގެ ގޮތުގައި އެއީ ސިކުނޑިއަށް ރެސްޓް ދޭން
ދެން އިން ދުވަހު އެހަފްތާ ދަސްކުރި 5 ޕޭޖް އެއްކޮށްލައިގެން ކިޔައިފަ މީހަކަށް ކިޔައިދޭނީ
ފޮތެއް ދަސްވީމާ އާ ފޮތެއް ފަށާނީ ދަސްކުރި ފޮތް ކުށެއް ނުޖެހި މީހަކަށް ކިޔައިދީފަ (ގިނަވެގެން 5 ކުށް)
ދެން މުރާޖަޢާ ކުރާނީ ދަސްކޮށްނިމޭ ކޮންމެ ފޮތަކަށް ޞަފްޙާއެއްގެ މަގުން (މާނައަކީ 10 ފޮތް ދަސްވެފައިވާ މީހާ ދުވާލަކު 10 ޞަފްޙާ)
މިހާރު ދަސްކުރާ ހަމައަށް އާދެވުނީމާ އަނެއްކާ ފަށާނީ
- ޝައިޚް އަޙްމަދު ނާޒިލް