ބަޤަރާ ސޫރަތުގައިވާ މުއުމިނުންގެ ސިފަތައް- 2

ކިޔުމަށް ހޭދަވާނީ 2މ 26ސ
ބަޤަރާ ސޫރަތުގައިވާ މުއުމިނުންގެ ސިފަތައް- 2

ޢާއިޝަތު ރަފާޙް ޢަލީ

 

· ކީރިތި ޤުރްއާނާއި ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ސުންނަތައް ތަބަޢަވުން: 

ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 3 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

وَالَّذِينَ يُؤْمِنُونَ بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِن قَبْلِكَ وَبِالْآخِرَةِ هُمْ يُوقِنُونَ ﴿3﴾‏

މާނައީ: "އަދި އެއުރެންނީ، ކަލޭގެފާނަށް ބާވައިލައްވާފައިވާ ފޮތަށާއި ކަލޭގެފާނުގެ ކުރިން ބާވައިލައްވާފައިވާ ފޮތްތަކަށް إيمان ވާ މީހުންނެވެ. އަދި އެއުރެންނީ، ހަމަ آخرة ދުވަހާ މެދުގައި يقين ކުރާ މީހުންނެވެ. (4)"

މިއާޔަތް އިތުރައް ތަފްސީލުކުރައްވަމުން ކީރިތި ޤުރްއާނާއި ސުންނަތަށް ތަބަޢަވުމާއި ކުރީގައި ބާވައިލެއްވިފައިވާ ފޮތްތައް(ތައުރާތާއި، އިންޖީލާއި، ޒަބޫރާއި، ޞުޙުފައް) އީމާންވުމެވެ. 

وَبِالْآخِرَةِ هُمْ يُوقِنُونَ ﴿٤﴾‏ މާނައީ: އަދި އެއުރެންނީ، ހަމަ آخرة ދުވަހާ މެދުގައި يقين ކުރާ މީހުންނެވެ. (4)"އާޚިރަތައް އީމާންވުމުގެ މާނައަކީ އެއްވެސް ކަމަކާ ޝަކުވާ ކުރުމެއްނެތި، އާޚިރަތް ދުވަހަކީ އަންނާނެ ދުވަހެއްކަން ޤަބޫލުކޮށް، އަލުން ދިރުއްވާނެ ކަމާއި، ޖަޒާ ދެއްވުމާއި، ޙިސާބު ބެއްލެވުމާއި، ނަރަކައާއި ސުވަރުގެއަށް އީމާންވުމެވެ. 

· ތެދުމަގުގައި ތިބި މީހުންނަކީ އެބައިމީހުންކަން : 

ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 5 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

أُولَٰئِكَ عَلَىٰ هُدًى مِّن رَّبِّهِمْ ۖ وَأُولَٰئِكَ هُمُ الْمُفْلِحُونَ ﴿٥﴾‏

މާނައީ: "އެއުރެންވަނީ، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން އައި ތެދުމަގުގެ މަތީގައެވެ. އަދި ދިންނަވާނޭ މީހުންނީ، ހަމަ އެއުރެންނެވެ. (5)"

 

މިއަދު އޮންލައިން