ކައިވެންޏަށްފަހު ދެޢާއިލާ ގުޅިގެން އެއްބައެއްގެ ގޮތުގައި އުޅުމަކީ ދަރިންގެ ކައިވެނި ދަމަހައްޓަން އޮތް މުހިންމު ބާރެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ކައިވެންޏަށްފަހު ދެޢާއިލާ ގުޅިގެން އެއްބައެއްގެ ގޮތުގައި އުޅުމަކީ ދަރިންގެ ކައިވެނި ދަމަހައްޓަން އޮތް މުހިންމު ބާރެއް!

ދެފަރާތުގެ ޢާއިލާއިން މަޝްވަރާކޮށްގެން ކައިވެނިކުރުމާއި ނުކޮށް ކައިވެނިކުރުމާއި އަދި ކައިވެންޏަށްފަހު ދެފަރާތުގެ ޢާއިލާ ގުޅިގެން އުޅުމާއި ނުއުޅުމުގައި ވަރަށް ބޮޑެތި ތަފާތުތަކެއް ހުރެއެވެ.  

މިޘާލަކަށް ދެފަރާތުގެ ޢާއިލާ މަޝްވަރާކޮށްގެން ކައިވެނިކުރުމުން ދެމީހުންގެ މެދުގައި މައްސަލައެއް ޖެހުނަސް ޢާއިލާއަށް ވިސްނާނެއެވެ. އަދި ކައިވެންޏަށްފަހު ދެ ޢާއިލާ ގުޅިގެން އެކުވެރިކަމާއިއެކު ދިރިއުޅޭނަމަ ދެމަފިރިންގެ މެދުގައި މައްސަލައެއް ޖެހުނަސް އެކަމުގެ ކަންބޮޑުވުން ޢާއިލާއަށް ފޯރިއަނުދޭން މަސައްކަތްކުރާނެއެވެ.  

ވީމާ ކައިވެނިތައް ރޫޅުން މިހައި ގިނަވަމުން އަންނައިރު އެކަމުން ސަލާމަތްވުމަށްޓަކައިވެސް ދަރިން ކައިވެނިކުރުމުން ދެފަރާތުގެ ޢާއިލާގެ ގުޅުން ބަދަހިކޮށް ދަރިންގެ ކަންކަން ގާތުން ބަލަހައްޓަމުން ގެންދިއުމުގެ މުހިންމުކަން ވަރަށް ބޮޑެވެ.  

ދެމީހުން އެކަނި މަޝްވަރާކޮށްލައިގެން ކައިވެނިކޮށް، ޢާއިލާ އާއި ގުޅުން ނުބާއްވައި އުޅޭނަމަ ކައިވެނި ރޫޅައިލަން ބޭނުންވެއްޖެ ހިނދެއްގައި އިތުރަށް ވިސްނާނެ ކަމެއް ނުއޮވެއެވެ. އެކަމުގެ ސަބަބުން ވަރިކުރުމާއި ވަރިވުން އޮންނަނީ ކޮންޓްރޯލުން ނެއްޓިފައެވެ.  

މިފަދަ ހުރިހާ ކަމަކުންވެސް އެނގެނީ ކައިވެނީގެ ކުރިން ދެފަރާތުގެ ޢާއިލާ މަޝްވަރާކުރުމާއި ކައިވެންޏަށްފަހު ދެފަރާތުގެ ޢާއިލާއަކީ އެއް ބައަކު ކަމަށް ދެކެގެން ކަންކަން ކުރުމުގެ މުހިންމުކަމެވެ. އެކަމަކީ ދަރިންގެ ކައިވެނި ރޫޅިގެން ދިއުމުން ސަލާމަތްކުރެވެން އޮތް މަގެއް ކަމެވެ.  

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން