ގިނަ މީހުން އެންމެ ބޭނުންވާ 2 ކަމަށް ބަލައިގެން އުފާވެރި ޒަވާޖީ ޙަޔާތެއް ނުލިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ގިނަ މީހުން އެންމެ ބޭނުންވާ 2 ކަމަށް ބަލައިގެން އުފާވެރި ޒަވާޖީ ޙަޔާތެއް ނުލިބޭނެ!

ގިނަ ފިރިހެނުން އެމީހުންގެ އަނބިންކަމުގައި ހަދަން ބޭނުންވާކަމަށް ބުނާ އަންހެނުންގެ ސިފަތަކާއި އެމީހުން ޢަމަލުކުރާ ގޮތާއި ވަރަށް ތަފާތެވެ. މިއީ ވަރަށް ބޮޑަށް ސަމާލުކަން އިތުރުކުރަންޖެހިފައިވާ ކަމެކެވެ. 

މިޘާލަކަށް އެމީހުން ބުނާނީ ބޭނުންވަނީ އެމީހުންގެ ދިރިއުޅުމަށް އިތުރުކުރިއެރުން ހޯދައިދޭނެ އަންތބަކުކަމަށެވެ. ގެވެށި، ދަރިން ތަރުބިއްޔަތުކުރަން ސަމާލުކަންދޭ، ޚަރަދުތައް ކުޑަކުރަން މަސައްކަތްކުރާނެ އަންތބަކު ކަމަށެވެ. އެކަމަކު ކަންކަން ވަނީ ކިހިނަކުންހެއްޔެވެ؟ 

އެފަދަ އަންތބަކު ލިބިފައިވަނިކޮށްވެސް އެފަދަ ސިފައެއް ނެތް އެކަމަކު އެއްދާންކުރަން ކުޅަދާނަ އަންހެނަކާއި ބައްދަލުވެއްޖެނަމަ ނުވަތަ ބޭރުފުށުގެ ސިފަރީތި އަންހެނަކާއި ބައްދަލުވެއްޖެނަމަ ލިބިފައިވާ އަނބިމީހާ ވަރިކޮށްލާފައިވެސް އެއަންހެނަކާއި އެބަ ކައިވެނިކުރެއެވެ. ދަރިން ލިބިފައިވާނަމަ އެކަމަށްވެސް ބެލުމެއް ނެތިއެވެ. 

ދިރިއުޅުމަށް ކުރިއެރުމެއް ނުލިބޭކަމާއި ކުރަންޖެހޭ ޚަރަދުތައް އެތައް ގުނައަކަށް ބޮޑުވެގެންދާކަން އެނގެނީ މީހާ ބަނގުރޫޓްވާފަހުންނެވެ. އެހިސާބުން ކުރެވުނު މޮޔަކަންތައް ވިސްނި އަތުންފައިން ބޮޑެތި ގޯސްތައްވެސް އެބަހަދައެވެ. 

ކުރިން މިބުނި ފަދަ ސިފަތައް ހުންނަ ފިރިހެނުންނާއި ބައްދަލުވުމުން މި މޮޔަ ކަންތައް އަންހެނުންވެސް ކުރެއެވެ. އަނބިންނަށް ގިނަފަހަރު ޚަރަދުކުރަނީ ފިރިންކަމަށްވުމުން އަންހެނުން މާލީ ގޮތުން ބަނގުރޫޓުނުވެދާނެއެވެ. ނަމަވެސް މިބުނި ސިފަތަކަށް ބަލައިގެން ފިރިމީހާ ގާތުންވަރިވެ އެމީހަކާއި ކައިވެނިކުރުމުން ދެން ކުރިމަތިވާ މައްސަލަތަކުގެ ސަބަބުން ދިރިއުޅުން ވީރާނާވެގެންދެއެވެ. ދިރިއުޅުން ބަނގުރީޓުވެއެވެ. 

ވީމާ އުފާވެރިކަމާއިއެކު ޒަވާޖީ ޙަޔާތް ހޭދަކުރަން ބޭނުންވާނަމަ މިބުނި ދެ ކަންތަކަށް އިސްކަންދީގެން އުފާވެރި ދިރިއުޅުމެއް ނުލިބޭނެއެވެ. އެއިގެ ބަދަލުގައި އަޚްލާޤަށާއި ދީންވެރިކަމަށް ބަލައިގެން ކައިވެނިކުރާނަމަ ނުކުންނަ ނަތީޖާ މާފޮނިވާނެއެވެ. މާބޮޑަށް ކާމިޔާބުވާނެއެވެ. 

އަނބިންގެ އަޚްލާޤް މާނަކުރުމުގައި ބައެއް މީހުންނަށް ބައެއް ކަންކަން އޮޅޭގޮތްވެސްވެއެވެ. ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތުކުރުމާއި ގޭތެރޭގެ ކަންކަން ބެލެހެއްޓުމާއި ޚަރަދުކުޑަ ދިރިއުޅުމެއް އުޅުމަކީވެސް ރިވެތި އަޚްލާޤްގެ ތެރޭގައި ހިމެނޭ ކަންކަން ކަމުގައިވީނަމަވެސް ގިނަ ބައަކަށް އެކަން އޮންނަނީ އޮޅިފައެވެ. މިއީވެސް ހޭލުންތެރިކަން އިތުރުކުރަންޖެހިފައިވާ ކަންކަމެވެ. 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން