މިކަންކަމަށް ވިސްނާ މީހަކު އެހެން މީހަކަށް ކިތަންމެ ކުޑަނަމަވެސް ދެރައެއް ދޭން މަސައްކަތެއް ނުކުރާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
މިކަންކަމަށް ވިސްނާ މީހަކު އެހެން މީހަކަށް ކިތަންމެ ކުޑަނަމަވެސް ދެރައެއް ދޭން މަސައްކަތެއް ނުކުރާނެ!: މުފްތީ މެންކް

މީހަކު ތިބާއަށް ދެރައެއް ދޭން މަސައްކަތްކުރާކަން އެނގުނަސް ކަންބޮޑުނުވާށެވެ! ބޮޑުވަރަކަށް އެމީހުންނަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ ކޮންމެވެސް ވަރެއްގެ ހިތްދަތިކަމެއް ދިނުން، އަތްމަތި ދަތިވާނެ ކޮންމެވެސް ކަމެއް ކުރުން ނޫންހެއްޔެވެ؟  

ޔަޤީންކުރަންވީ ތިބާގެ ޙާލާއި ތިބާއަށް ދެރަދޭން މަސައްކަތްކުރާ މީހުން ކުރަން ރާވާ ހުރިހާ ކަމެއް ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވާ ކަމެވެ. އަދި ތިބާ ދުނިޔެއަށް އުފަންވުމުގެ މާކުރިން ތިބާއަށްޓަކައި ﷲ ތަޢާލާ މިންވަރުކުރައްވަވާފައިވާ އެއްވެސް ކަމެއް އެއްވެސް މިންވަރަކަށް އުނިކުރެވޭނެ ހަމައެކަކުވެސް ނުހުންނާނެ ކަމެވެ.  

މީހުންނަށް މިބުނި ފަދައިން ދެރަދޭން އުޅޭ މީހުން ވިސްނައިލާށެވެ! ތިބާގެ ދިރިއުޅުމުގެ އެންމެހައި ބާރުތަކެއް ވަނީ ކޮންފަރާތެއްގައި ހެއްޔެވެ؟ ހަމަޤައިމުވެސް ތިބާގެ އަތަކު ނޫނެވެ. އެއީ އެއްވެސް މީހަކަށް ލިބިގެންވާ ބާރެއް ނޫނެވެ.

ކޮންމެ މުސްލިމަކުވެސް ޤަބޫލުކުރާނެ ފަދައިން ތިމާގެ ދިރިއުޅުމުގެ އެންމެހައި ބާރުތަކެއް ވަނީ ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. މިއަދު ގަދަވެ ހުރިނަމަ މާދަމާ ބޮޑު ބައްޔެއްގައި އުޅެންޖެހުމާއި މިއަދު ތަނަވަސްކަމުގައި ހުރިނަމަ މާދަމާ ދަތިޙާލުގައި އުޅެންޖހުމަށް މިންވަރުކުރައްވަވަން ﷲ ތަޢާލާ ކުލަދުންވަންތައެވެ. އަދި އެކަމުގެ ހެކިތައްވެސް ގެންދަވަނީ ދައްކަވަމުންނެވެ.  

އެެހން މީހުންނަށް އެއްވެސް މިނަވަރެއްގެ ދެރައެއްދޭން މަސައްކަތްކުރުމުގެ ކުރިން މިބުނި ކަންކަމަށް ވިސްނައިލާށެވެ! ރަނގަޅަށް ވިސްނައިލެވިއްޖެނަމަ އެއްވެސް މީހަކަށް ކިތަންމެ ކުޑަނަމަވެސް ދެރައެއް ދޭން އެއްވެސް ވަރަކަށް މަސައްކަތެއް ނުކުރާނެއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން  

މިއަދު އޮންލައިން