ތިބާގެ ދިރިއުޅުމަށް ގެއްލުންދޭން މަސައްކަތްކުރާ މީހުން ހޯދަން ވަގުތު ނަގާނުލައި އަޅުކަން ކުރުން ގިނަކުރީމާ ﷲ އެމީހުން ނިކަމެތިކުރައްވަވާނެ! މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ތިބާގެ ދިރިއުޅުމަށް ގެއްލުންދޭން މަސައްކަތްކުރާ މީހުން ހޯދަން ވަގުތު ނަގާނުލައި އަޅުކަން ކުރުން ގިނަކުރީމާ ﷲ އެމީހުން ނިކަމެތިކުރައްވަވާނެ! މުފްތީ މެންކް

ކޮންމެ މީހެއްގެ ދިރިއުޅުމަށްވެސް ހުރަސްއަލައި ގެއްލުން ދޭން މަސައްކަތްކުރާ ބައަކު އުޅޭނެއެވެ. އެއީ ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. ދުނިޔެ ފެށުނީންސުރެ އެއީ ހިނގަމުން އަންނަ ކަމެކެވެ. އެންމެންނަށްވެސް ކުރިމަތިލާންޖެހޭ ކަމެކެވެ. އެކިމީހުންނަށް އެކިމިންވަރަށެވެ.

ވީމާ ތިބާގެ ދިރިއުޅުމަށް ހުރަސް އަޅައި އުނދަގޫކުރަން މަސައްކަތްކުރާނެ ބައަކު އުޅޭނެއެވެ. އެއީ ކާކުކަން ނުވަތަ ކޮންބައަކުކަން އެނގޭ ނަމަ އަވަހަށް އެމީހުންނާއި ދުރުހެލިވާށެވެ! އިތުރު "ރިސްކް" ނަގަން ނުހަދާށެވެ! ނަމަވެސް އެއީ ކޮންބައެއްކަން ނުއެނގޭނަމަ އެމީހުން ދެނެގަންނަން ވަގުތުތައް ނަގާލުމުގެ އެއްވެސް ބޭނުމެއް ނެތެވެ.

އެހެނީ ތިބާގެ ދިރިއުޅުމަށް ހުރަސް އަޅައި އުނދަގޫކުރާ މީހުން ހޯދަން ވަގުތު ބޭކާރުކުރުމުގެ ބަދަލުގައި އަޅުކަން ކުރަން ހޭދަކުރާ ވަގުތު އިތުރުކުރުމުން ﷲ ތަޢާލާ އެމީހުން ނިކަމެތި ކުރައްވަވައި ތިބާއަށް ކުރިއަށް ދެވޭނެ މަގު ފަހިކޮށްދެއްވަވާނެތެވެ! ވީމާ އަޅުކަން ކުރުން ގިނަކުރާށެވެ! ﷲ ތައާލާ އަށް ވަކީލުކުރުމާ އިތުބާރުކުރުން އިތުރުކުރާށެވެ!

ހަމައެއާއިއެކު ތިބާގެ އެކުވެރިންގެ ތެރޭގައި އެފަދަ ބައަކު ތިބި ނަމަ އެމީހުން ތިބާ އާއި ދުރު ކުރައްވަވައި ރަނގަޅު މީހުން ތިބާގެ ރަޙްމަތްތެރިން ކަމުގައި ދައްކަވާނެތެވެ! ހަމައެކަނި ކުރަންވީ ކަމަކީ ބޭކާރު ކަންކަމާއިމެދު ވިސްނައި ފިކުރުކުރަން ވަގުތު ނަގާނުލައި އަޅުކަން ކުރަން ހޭދަކުރާ ވަގުތު ގިނަކުރުމެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން