ޢީސާގެފާނު ވާހަކަ-: ޢީސާގެފާނު ފައިބާވަޑައިގަންނަވާނެ ކަމުގެ ދަލީލު

ކިޔުމަށް ހޭދަވާނީ 7މ 2ސ
ޢީސާގެފާނު ވާހަކަ-: ޢީސާގެފާނު ފައިބާވަޑައިގަންނަވާނެ ކަމުގެ ދަލީލު

ޢަލީ އިޙްޞާން ފިރާޤް

 

ޢީސާގެފާނު ފައިބާވަޑައިގަންނަވާނެ ކަމުގެ ދަލީލު: 

އަބޫ ހުރައިރާ ރަޟިޔަ ޢަންހުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  ޙަދީޘު ކުރެއްވިއެވެ.

"‏ لاَ تَقُومُ السَّاعَةُ حَتَّى يَنْزِلَ فِيكُمُ ابْنُ مَرْيَمَ حَكَمًا مُقْسِطًا، فَيَكْسِرَ الصَّلِيبَ، وَيَقْتُلَ الْخِنْزِيرَ، وَيَضَعَ الْجِزْيَةَ، وَيَفِيضَ الْمَالُ حَتَّى لاَ يَقْبَلَهُ أَحَدٌ ‏"{صحيح مسلم، كِتَابُ الْإِيمَانَ، بَابُ نُزُولِ عِيسَى ابْنِ مَرْيَمَ حَاكِمًا بِشَرِيعَةِ نَبِيِّنَا مُحَمَّدٍ صَلَّى اللَّهُ، حديث رقم 252}

މާނައީ: [ޢަދުލުވެރި ޙާކިމެއްގެ ގޮތުގައި ޢީސާގެފާނު ފައިބައިވަޑައިގެންފުމަށް ދާންދެން ޤިޔާމަތް ޤާއިމުނުވާ ހުއްޓެވެ. އެކަލޭގެފާނު ވަޑައިގެން ޞަލީބުތައް މުގުރުއްވާނެއެވެ. އޫރުތައް ޤަތުލުކުރައްވާނެއެވެ. ޖިޒީ ނެންގެވުން ހުއްޓައިލައްވާނެއެވެ. އެ ދުވަސްވަރު މުދާ ގިނަވުމުގެ ސަބަބުން އެ ޤަބޫލުކުރާނެ މީހަކު ނުވާނެއެވެ.]

ނައްވާސް ބުނު ޝަމްޢާން ރަޟިޔަ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم  ޙަދީޘު ކުރެއްވިއެވެ.

"فَلا يَحِلُّ لِكَافِرٍ يَجِدُ رِيحَ نَفَسِهِ إِلا مَاتَ وَنَفَسُهُ يَنْتَهِي حَيْثُ يَنْتَهِي طَرْفُهُ فَيَطْلُبُهُ حَتَّى يُدْرِكَهُ بِبَابِ لُدٍّ فَيَقْتُلُهُ { صحيح مسلم، كتاب الْفِتَنِ وَأَشْرَاطِ السَّاعَةِ، بَابُ ذِكْرِ الدَّجَّالِ وَصِفَتِهِ وَمَا مَعَهُ،حديث رقم 5361}

މާނައީ: [ޢީސާގެފާނުގެ ވަސްދުވައިފި ކޮންމެ ކާފިރަކު މަރުވާ ހުއްޓެވެ. އެކަލޭގެފާނުގެ ވަސް އެކަލޭގެފާނު ލޮލުކޮޅަށް ފެންނަ ހިސާބަށް ފެތުރިގެންވެއެވެ. އެކަލޭގެފާނު ދައްޖާލު ހޯއްދަވާނެއެވެ. އެއީ އޭނާ [ލުއްދު] އޭ ކިޔުނު ދޮރާށި ކައިރިން ފެނިއްޖެއުމަށް ދާންދެނެވެ. ދެން އެތަނުން އެކަލޭގެފާނު ދައްޖާލު ހިފައި ޤަތުލުކުރައްވާނެއެވެ.]

مجمع بن جارية الأنصاري رضي الله ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  ޙަދީޘު ކުރެއްވި އަޑު އަހަރެން އެހީމެވެ.

يَقْتُلُ ابْنُ مَرْيَمَ الدَّجَّالَ بِبَابِ لُدٍّ  {مسند أحمد ابن حنبل، مُسْنَدُ الْمَكِّيِّينَ، حَدِيثُ مُجَمِّعِ بْنِ جَارِيَةَ حديث رقم 15235}

މާނައީ: [ޢީސާގެފާނު ދައްޖާލު ޤަތުލު ކުރައްވާނީ [ލުއްދު] އޭ ކިޔުނު ދޮރޯށި ކައިރިންނެވެ.]

ދައްޖާލު ޤަތުލުކުރެއްވުމަށްފަހު عيسى عليه السّلام ސާޅީސް އަހަރުދުވަސް ވަންދެން ދުނިޔޭގައި ހުންނަވާނެއެވެ. އެއަށްފަހު އެކަލޭގެފާނު އަވަހާރަވާނެއެވެ. އަބޫ ހުރައިރާ ރަޟިޔަ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  ޙަދީޘު ކުރެއްވިއެވެ.

وَيُهْلِكُ الْمَسِيحَ الدَّجَّالَ فَيَمْكُثُ فِي الأَرْضِ أَرْبَعِينَ سَنَةً ثُمَّ يُتَوَفَّى فَيُصَلِّي عَلَيْهِ الْمُسْلِمُونَ  {سنن أبي داوود، كِتَاب الْمَلَاحِمِ،بَابُ خُرُوجِ الدَّجَّالِ،حديث رقم 3826}

މާނައީ: [އަދި ޢީސާގެފާނު، ދައްޖާލު ޤަތުލު ކުރައްވާނެއެވެ. އެއަށްފަހު އެކަލޭގެފާނު ސާޅީސް އަހަރުދުވަސް ވަންދެން ދުނިޔޭގައި ހުންނަވާނެއެވެ. އެއަށްފަހު އެކަލޭގެފާނު އަވަހާރަވާނެއެވެ. ދެން މުސްލިމުން އެކަލޭގެފާނުގެ މައްޗަށް ކަށުނަމާދު ކުރާނެއެވެ.]

 

 

 

 

މިއަދު އޮންލައިން