މިކަންކަން މިގޮތަށް ވިސްނޭނަމަ ތެދުވެރި މުސްލިމުންނަށް އުފަލުން ރޮވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
މިކަންކަން މިގޮތަށް ވިސްނޭނަމަ ތެދުވެރި މުސްލިމުންނަށް އުފަލުން ރޮވޭނެ! އިން ޝާ ﷲ

އަހުރެންނަކީ މިދިއަ ހަފްތާއާއި ހަމައަށްވެސް މުސްލިމުންނަށް ނަފްރަތުކުރަމުން އައި އަންހެނަކީމެވެ. ޚާއްޞަކޮށް ފަލަސްޠީނުގެ ރައްޔިތުންނަށް ނަފްރަތުކުރަމުން އައި އަންހެނަކީމެވެ. އެއީ ކުޑައިރުންސުރެ މުސްލިމުންނާއިމެދު އަހުރެންނަށް ދަސްކޮށްދީ، ސިކުނޑިއަށް ވައްދުވާފައި ހުރި ކަންކަމުގެ ސަބަބުންނެވެ.

ނަމަވެސް ބުނަންހެއްޔެވެ؟ މިއީ އަހުރެންނަކީ މުސްލިމެއްކަން އިޢުލާނުކުރުމެއް ނޫނެވެ. އަހުރެން އެކަން އިޢުލާނުކުރާނީ ގިނަ ބައަކަށް ސިހުން ލިބިގެންދާނެ ގޮތަކަށެވެ. އެކަމަކު މިހާރުވެސް މިބުނަނީއެވެ. އަހުރެން އިސްލާމް ދީން ބަލައިގެންފީމެވެ. ޙައްޤު ގޮތުގައި ތިބީ މުސްލިމުން ކަމަށް ޔަޤީންކޮށްފީމެވެ. 

އެއީ ޣައްޒާ އާއި ފަލަސްޠިނުގެ މުސްލިމުންނަށް ލިބިފައިވާ ހިތްވަރުންނެވެ. އެމީހުންނަށް ﷲ ހިތްވަރު ނުދެއްވަވާނަމަ އެމީހުންނަށް ލިބިފައިވާ ޘާބިތުކަމެއް ނުލިބުނީހެވެ. އެހިތްވަރެއް ނުލިބުނީހެވެ. އިޒްރޭލަށް އަމާންދީ ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރީހެވެ. އިޒްރޭލް ސިފައިންގެ ފައިބުޑަށް ވެއްޓި ރޮއި އާދޭސްކުރީހެވެ. 

ނަމަވެސް އެފަދަ އެއްވެސް ކަމެއް އެންމެ މުސްލިމަކުވެސް ނުކުރެއެވެ. އެމީހުން ދައްކައިދެމުން ގެންދަނީ އެމީހުން މަރުވުމަށް (ޝަހީދުވުމަށް) އުފަލުން ތައްޔާރަށް ތިބިކަމެވެ. މިއީ އާދައިގެ އިންސާނުންނަށް ލިބޭނެ ހިތްވަރެއް ނޫނެވެ. ﷲ ދެއްވެވުމުން ނޫނީ މިފަދަ ހިތްވަރެއް ހަމައެކަކަށްވެސް ނުލިބޭނެކަން އަހުރެންނަށް ވިސްނިއްޖެއެވެ. ޔަޤީންކުރެވިއްޖެއެވެ. 

މިއީ އިޒްރޭލުގެ ޒުވާން ޔަހޫދީ އަންހެން ކުއްޖަކު ބުނެފައިވާ ބަސްކޮޅެކެވެ. 

ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ ޣައްޒާގެ ކަންކަން ކޮންމެ ގޮތަކަށް ނިމިގެންދިއަނަމަވެސް މިހަނގުރާމައިގެ ސަބަބުން އިސްލާމް ދީނަށް ބޮޑެތި ނަޞްރުތަކެއް ލިބިގެން ހިނގައްޖެކަމެވެ. ހީވެސް ނުކުރެވޭވަރުގެ ކުރިއެރުންތަކެއް ލިބިއްޖެކަމެވެ. މުސްލިމުންނަށް އޮތީ ނަޞްރާއި ކާމިޔާބީއަށް އެދިގެން ދުޢާކުރުންމަތީގައި ޘާބިތުވެ ތިބުމެވެ.

މިއަދު އޮންލައިން