ޢީސާގެފާނު ވާހަކަ: މާތްކަން

ކިޔުމަށް ހޭދަވާނީ 12މ 5ސ
ޢީސާގެފާނު ވާހަކަ: މާތްކަން

ޢަލީ އިޙްޞާން ފިރާޤް

 

މާތްކަން

އަރަހުށި މާތް ކީރިތި ޤުރްއާނުގައި عيسى عليه السّلام ސިފަކުރައްވައިފައިވަނީ ރަސޫލެއްގެ ގޮތުގައެވެ. އެކަލޭގެފާނު މައިކަނބަލުން މަރްޔަމުގެފާނު ސިފަކުރައްވައިފައިވަނީ ޞިއްދީޤާއެއްގެ ގޮތުގައެވެ. މާއިދާ ސޫރަތުގެ 75 ވަނަ އާޔަތުގައި މާތް މިވާހަކަ ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ލަފުޒުތަކުންނެވެ.

مَّا الْمَسِيحُ ابْنُ مَرْيَمَ إِلَّا رَسُولٌ قَدْ خَلَتْ مِن قَبْلِهِ الرُّسُلُ وَأُمُّهُ صِدِّيقَةٌ ۖ كَانَا يَأْكُلَانِ الطَّعَامَ ۗ انظُرْ كَيْفَ نُبَيِّنُ لَهُمُ الْآيَاتِ ثُمَّ انظُرْ أَنَّىٰ يُؤْفَكُونَ ﴿٧٥﴾ 

މާނައީ: [رسول އަކު ކަމުގައި މެނުވީ مريم ގެފާނުންގެ ދަރިކަލުން المسيح ނުވެއެވެ. ހަމަކަށަވަރުން، އެކަލޭގެފާނުގެ ކުރިންވެސް رسول ން އިސްވެގޮސްފައިވެއެވެ. އެކަލޭގެފާނުގެ މައިކަނބަލުންނަކީ ތެދުވެރި ބޭކަނބަލެކެވެ. އެ ދެމައިކަނބަލުން (އެހެނިހެން މީހުންފަދައިން) ކާތަކެތި ފަރިއްކުޅުއްވައި އުޅުއްވިއެވެ. ތިމަންރަސްކަލާނގެ އެއުރެންނަށް آية ތައް (އެބަހީ: ހެކިތައް) بيان ކޮށްދެއްވަނީ ކޮންފަދަޔަކުންކަން ދެކޭށެވެ! ދެން އެއުރެން (حق ގެމަގުން) އެއްކިބާވަނީ ކޮންފަދަޔަކުންކަން ދެކޭށެވެ!]

އަލްޙާފިޡު އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. [عيسى عليه السّلام އަށް މަސީޙުގެ ނަންފުޅުން ނަންދެވިގެންވަނީ އެކަލޭގެފާނު ދީނަށްޓަކައި ބިމުގައި ދަތުރުފަތުރުކޮށް އުޅުނުކަމުގެ ސަބުންނެވެ. އަދި ދީނަށާއި، އެކަލޭގެފާނަށާއި، އެކަލޭގެފާނުގެ މައިކަނބަލުންނާމެދު ޔަހޫދީން އުފައްދަމުން ގެންދިޔަ ފިތުނަތަކާ ދެކޮޅަށް ވަރުގަދައަށް [ހަނގުރާމަ] ކުރުމުގެ ސަބުންނެވެ.] {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 519}

ޢަބްދު ބިން ޢައްބާސް ރަޟިޔަޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم  ޙަދީޘު ކުރެއްވިއެވެ.

 "‏ رَأَيْتُ عِيسَى وَمُوسَى وَإِبْرَاهِيمَ، فَأَمَّا عِيسَى فَأَحْمَرُ جَعْدٌ عَرِيضُ الصَّدْرِ، وَأَمَّا مُوسَى فَآدَمُ جَسِيمٌ سَبْطٌ كَأَنَّهُ مِنْ رِجَالِ الزُّطِّ ‏"{ صحيح البخاري، كتاب أحاديث الأنبياء، باب قول الله (واذكر في الكتاب مريم إذ انتبذت من أهلها) "،حديث رقم 3281}

މާނައީ: [ތިމަންކަލާގެފާނު އިސްރާކުރެވުނުރޭ ޢީސާގެފާނާއި، މޫސާގެފާނާއި، އިބްރާހީމުގެފާނު ދެކެވަޑައިގަތީމެވެ. ޢީސާގެފާނަކީ ރަތްދޮން ކުލައިގެ ބޭކަލެކެވެ. ބާމަތިފުޅާ އިސްތަށިފުޅުގެ އިސްތަށިކޮޅުތައް ބުޅި ބޭކަލެކެވެ. މޫސާގެފާނަކީ  އޮޅަލި ކުލައިގެ ބޭކަލެކެވެ. އެކަލޭގެފާނުގެ އިސްތަށިފުޅުގެ އިސްތަށިކޮޅުތައް ފަނެވެ. ހެދިހުރި އިސްކޮޅެއް ލިބިވަޑައިގެންފައިވެއެވެ. ބަލާބެލުމަށް އެކަލޭފާނު ހީވަނީ الزُّطّ ގެ ބޭކަލެއް ހެންނެވެ.]

އަބޫ ހުރައިރާ ރަޟިޔަޢަންހުގެ އަރިހުން އިމާމު ބުޚާރީ ރިވާ ކުރައްވައިފައިވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم  ޙަދީޘު ކުރެއްވިއެވެ.

 "‏ رَأَى عِيسَى ابْنُ مَرْيَمَ رَجُلاً يَسْرِقُ، فَقَالَ لَهُ أَسَرَقْتَ قَالَ كَلاَّ وَاللَّهِ الَّذِي لاَ إِلَهَ إِلاَّ هُوَ‏.‏ فَقَالَ عِيسَى آمَنْتُ بِاللَّهِ وَكَذَّبْتُ عَيْنِي ‏"‏‏.‏{ صحيح البخاري، كتاب أحاديث الأنبياء، باب قول الله (واذكر في الكتاب مريم إذ انتبذت من أهلها) ،حديث رقم 3286}

މާނައީ: [މީހަކު ވައްކަންކުރަނިކޮށް މަރްޔަމުގެފާނުގެ ދަރިކަލުން ޢީސާގެފާނަށް ފެނިވަޑައިގަތެވެ. އެކަލޭގެފާނު އޭނާއަށް ވިދާޅުވިއެވެ. [ކަލޭ ވައްކަން ކުރަނީ ހެއްޔެވެ؟] އޭނާ ދެންނެވިއެވެ. [އެކަލާނގެ ފިޔަވައި ޙައްޤުވެގެން އަޅުކަން ކުރެވޭ އިލާހަކު ނުވާ ކަލާނގެ ގަންދީ ދަންނަވަމެވެ. އަޅުގަނޑު ވައްކަމެއް ނުކުރަމެވެ.] ޢީސާގެފާނު ވިދާޅުވިއެވެ. [އަހަރެން މާތްއަށް އީމާންވަމެވެ. މިފަހަރު އަހަރެންގެ ލޯ ދޮގުހެދީއެވެ.]

ޢުމަރު ރަޟިޔަ ޢަންހުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم  ޙަދީޘް ކުރެއްވިއެވެ.

"‏ لاَ تُطْرُونِي كَمَا أَطْرَتِ النَّصَارَى ابْنَ مَرْيَمَ، فَإِنَّمَا أَنَا عَبْدُهُ، فَقُولُوا عَبْدُ اللَّهِ وَرَسُولُهُ ‏"{صحيح البخاري،كتاب أحاديث الأنبياء، باب قول الله (واذكر في الكتاب مريم إذ انتبذت من أهلها) ،حديث رقم 3287}

މާނައީ:  [މަރްޔަމުގެފާނުގެ ދަރިކަލުން ޢީސާގެފާނަށް ތާރީފުކުރުމުގައި ނަޞާރާއިން ހައްދުފަހަނަ އަޅާ ދިޔަފަދައިން ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ތާރީފުކުރުމުގައި ހައްދު ފަހަނަ އަޅާ ނުދާށެވެ. ތިމަންކަލޭގެފާނަކީ އަޅެކެވެ. ތިމަންކަލޭގެފާނަށް ގޮވާނަމަ މާތް ގެ އަޅާ އަދި އެކަލާނގެ ރަސޫލާއޭ ގޮވާށެވެ.]

އަބޫ ހުރައިރާ ރަޟިޔަޢަންހުގެ އަރިހުން އިމާމު ބުޚާރީ ރިވާ ކުރައްވައިފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم  ޙަދީޘް ކުރެއްވިއެވެ.

"‏ أَنَا أَوْلَى النَّاسِ بِابْنِ مَرْيَمَ، وَالأَنْبِيَاءُ أَوْلاَدُ عَلاَّتٍ، لَيْسَ بَيْنِي وَبَيْنَهُ نَبِيٌّ ‏"{صحيح البخاري،كتاب أحاديث الأنبياء،باب قول الله (واذكر في الكتاب مريم إذ انتبذت من أهلها) ،حديث رقم 3284}

މާނައީ: [މީސްތަކުންގެ ތެރެއިން މަރްޔަމުގެފާނުގެ ދަރިކަލުން ޢީސާގެފާނާ އެންމެ ގާތް މީހަކީ ތިމަންކަލޭގެފާނެވެ. ހުރިހާ ނަބީބޭކަލުންނަކީ ބަފައިފުށުން އަޚުންނެވެ. ޢީސާގެފާނާ ތިމަންކަލޭގެފާނާ ދެމެދަކު އެއްވެސް ނަބިއްޔަކު ނުވެއެވެ.]

އަބޫ މޫސަލް އަޝްޢަރީ ރަޟިޔަ ޢަންހުގެ އަރިހުން އިމާމު ބުޚާރީ ރިވާ ކުރައްވައިފައިވެއެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم  ޙަދީޘް ކުރެއްވިއެވެ.

"‏ إِذَا أَدَّبَ الرَّجُلُ أَمَتَهُ فَأَحْسَنَ تَأْدِيبَهَا، وَعَلَّمَهَا فَأَحْسَنَ تَعْلِيمَهَا ثُمَّ أَعْتَقَهَا فَتَزَوَّجَهَا، كَانَ لَهُ أَجْرَانِ، وَإِذَا آمَنَ بِعِيسَى ثُمَّ آمَنَ بِي، فَلَهُ أَجْرَانِ، وَالْعَبْدُ إِذَا اتَّقَى رَبَّهُ وَأَطَاعَ مَوَالِيَهُ، فَلَهُ أَجْرَانِ"{ صحيح البخاري،كتاب أحاديث الأنبياء،باب قول الله (واذكر في الكتاب مريم إذ انتبذت من أهلها)، حديث رقم 3288}

މާނައީ: މީހަކު އޭނާގެ އަޅުއަންހެން ކުއްޖަކަށް ރަނގަޅު އަޚުލާޤު ދަސްކޮށްދީ، އޭނާއަށް ރަނގަޅަށް އުނގައްނައިދީ، ދެން އެކުއްޖާ މިނިވަންކޮށް ކާވެނިކޮށްފިނަމަ، އެމީހަކަށް ދެގުނަ އަޖުރު ލިބޭނެއެވެ. އަދި މީހަކު އެންމެ ފުރަތަމަ عيسى عليه السّلام އަށް އީމާންވެ އަދި ފަހުން ތިމަންކަލޭގެފާނަށް އީމާންވެއްޖެނަމަ އެމީހަކަށްވެސް ދެގުނަ އަޖުރު ލިބޭނެއެވެ. އަދި އަޅަކު މާތް ގެ ރަސްކަންފުޅުދެކެ ބިރުވެތިވެ އޭނާގެ ސާހިބު މީހާއަށް ކިޔަމަންތެރިކަން އަދާކޮށްފިނަމަ އޭނާއަށްވެސް ދެގުނަ އަޖުރު ލިބޭހުއްޓެވެ.]

 

މިއަދު އޮންލައިން