ދުނިޔަވީ ކަންކަމަށާ އަމިއްލަ ބޭނުންތަކަށް ވިސްނަމުން ކިޔާ ކިޔުމަކީ ޛިކުރުކުރުމަށް ނުވާނެކަން ޤުރްއާނުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ދުނިޔަވީ ކަންކަމަށާ އަމިއްލަ ބޭނުންތަކަށް ވިސްނަމުން ކިޔާ ކިޔުމަކީ ޛިކުރުކުރުމަށް ނުވާނެކަން ޤުރްއާނުން-

ޛިކުރުކުރަން އިންނައިރު ދުނިޔަވީ ކަންކަމަށް ވިސްނައިގެން އިނދެ ޛިކުރުތައް ކިޔާނަމަ އެއީ ޛިކުރުކުރުމަކަށް ނުވާނެކަން ޤުރްއާނުން އެނގެން އެބައޮތެވެ. ވީމާ ޛިކުރުތައް ކިޔަންވާނީ ކިޔާ އެއްޗަކަށް ވިސްނައިގެންނެވެ. އެންމެ ރަނގަޅު ގޮތަކީ މާނައަށް ވިސްނައިގެން ކިޔުމުންނެވެ. އެންމެ ކުޑަމިނުން ކިޔާ އެއްޗަކަށް ވިސްނައިގެން ކިޔުމުންނެވެ. 

ޛިކުރުކުރަން އިންނައިރު ތިމާގެ ވަށައިގެން ހިނގާ ކަންކަމަށް ނުވިސްނާށެވެ. އެއީވެސް ސަމާލުކަން ގެއްލޭނެ ކަމެކެވެ. އަދި ޛިކުރުކުރަން އިންނަ މީހާގެ ސަމާލުކަން ގެއްލޭނެ ފަދަ ކަންކަންވެސް ނުކުރާށެވެ. 

ޛިކުރުކުރާނަމަ މީހާގެ ހިތް ﷲ ތަޢާލާއަށް ޚާލިޞްކޮށް، ﷲ ތަޢާލާގެ ކަންކަމަށް ވިސްނައި އަދި މިކިޔާ އެއްޗެއްގެ މާނައަށް ވިސްނަން ޢިލްމުވެރިން ބަޔާންކުރައްވަވަނީ މި ސަބަބަށްޓަކައެވެ. 

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފްގެ ލިޔުއްވުމެއްގައިވެއެވެ.  

(وَلَا تُطِعْ مَنْ أَغْفَلْنَا قَلْبَهُ عَن ذِكْرِنَا وَاتَّبَعَ هَوَاهُ  وَكَانَ أَمْرُهُ فُرُطًا)

"އަދި ތިމަންރަސްކަލާނގެ ހަނދުމަކުރުމުން، އެމީހެއްގެ ހިތް غافل ކުރައްވައި، އަދި އެމީހެއްގެ އަމިއްލަ އެދުމަށް تبع ވެ، އަދި އެމީހެއްގެ ކަންތައް (ނުބައިކަމުގައި) ހައްދުފަހަނަޅައިފައިވާ މީހަކަށް، ކަލޭގެފާނު ކިޔަމަންވެ ވަޑައިނުގަންނަވާށެވެ!" 

މި އާޔަތުން ދޭހަވަނީ ﷲ ޛިކްރުކުރާ ހިނދުގައި ހަމައެކަނި ދުލުކޮޅުން ޛިކްރު ތައް ކިޔާލުމުގެ ބަދަލުގައި އެކިޔޭ އެއްޗަކާއި މެދުގައި އެމީހަކު ވިސްނަންވާނެ ކަމެވެ. ނޫންނަމަ، އެކަމުން އެމީހަކަށް ލިބެންވާ ބަރަކާތާއި ޘަވާބު ނުލިބޭނެ ކަމެވެ.

މިއަދު އޮންލައިން