މަރު އެމީހަކާ ގާތްވަނީ އެތައް އިންޒާރަކަށްފަހު- ވިސްނައިލެވޭތަ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
މަރު އެމީހަކާ ގާތްވަނީ އެތައް އިންޒާރަކަށްފަހު- ވިސްނައިލެވޭތަ؟: މުފްތީ މެންކް

ހުސްވަގުތެއް ލިބުމުން ބައެއް މީހުން ފޯނު ނަގަނީ ކީރިތި ޤުރްއާން ކިޔަވައިލުމަށެވެ. ނުވަތަ ކޮންމެވެސް ހެޔޮ ކަމެއް ދަސްކުރުމަށެވެ. ދީނުގެ މައުލޫމާތު އޮޅުން ފިލުވުމަށެވެ. ނަމަވެސް ބަލައި ކިޔެނީ ދުނިޔޭގެ ކަންކޮޅުތަކުގައި ހިނގާ ކަންކަމުގެ ޚަބަރެވެ. ސޯޝަލް މީޑިއާގައި އަނބުރާ ބެކާރު ވާހަކަތަކެވެ.

ނަތީޖާއަކަށްވަނީ ލިބުނު ހުސް ވަގުތުކޮޅު ބޭކާރު ކަންކަމުގައި ހުސްވެގެން ދިއުމެވެ. ތިމާ ފޯނު ނެގި މަޤްޞަދު އެއްވެސް ވަރަކަށް ޙާޞިލު ނުކުރެވިއެވެ. އެހެންވިއަ ނުދޭށެވެ! ތިމާ އާއި ގުޅުން ނެތް ކަންކަމުގެ ޚަބަރުތައް ކިޔުމަށް ވަގުތު ހޭދަ ނުކުރާށެވެ. މިޒަމާނަކީ ކޮންމެ ސުކުންތަކަށް 100 ޚަބަރު ޢާންމުވަމުންދާ ދުވަސްވަރެކެވެ. ސުކުންތަކު އެތައް ހާސް ވާހަކަތަކެއް ސޯޝަލް މީޑިއާގައި ޢާންމުކުރަމުން ގެންދާ ދުވަސްވަރެވެ. ވީމާ ހުރިހާ ޚަބަރު ކިޔައި ސޯޝަލް މީޑިއާ ބަލައި ކޮމެންޓްކޮށް ހެދުމަކީ 24 ގަޑިއިރު އެކަން ކުރި ނަމަވެސް ކޮސް ނިމޭނެ ކަންކަމެއް ނޫނެވެ!

ވީމާ ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ! ފުރަތަމަ އަޅުކަން ކުރުމަށް އިސްކަން ދޭށެވެ! އިތުރު ވަގުތެއް އޮވެއްޖެ ނަމަ އެހެން ކަންކަން ކުރާށެވެ! މިވާހަކަ ދައްކަން މިޖެހެނީ ބައެއް މީހުން މިސްކިތުގައި އިނދެ ޤުރްއާން ކިޔަވަން އެބަ ފޯނު ނަގައެވެ. މަސައްކަތުގައި ލިބޭ ހުސްވަގުތުގައި ވެސް އަޅުކަމެއް ކުރުމުގެ ބޭނުމުގައި ފޯނު އެބަ ނަގައެވެ. ނަމަވެސް އެންމެ ފަހުން ބާއްވަނީ ފޯނު ނެގި މަޤްޞަދު ޙާޞިލު ނުކުރެވިއެވެ.

ގަޑި ހިނގާއިރު "ޓިކް ޓީކް" ކޮންމެ އަޑަކީ އިންޒާރެކެވެ! އުމުރުން ވަގުތު ހިނގަމުންދާ ކަމާއި މަރު ދާދި ކައިރިވަމުން އަންނަ ކަމުގެ އިންޒާރެކެވެ. މިނިޓަކު ކިތައް ނޭވާލެވޭކަން އެނގޭހެއްޔެވެ؟ ލެވޭ އެއްވެސް ނޭވާއެއް އެނބުރި ހަށިގަނޑަކަށް ނުވަންނާނެއެވެ. ސަމާލުވާންވީ އެކަމަށެވެ.

--މިފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން