ހުވަފެނުގަ ހެޔޮ އަމަލެއް ކުރަނިކޮށް ފެނިއްޖެނަމަ ފައިދާ ލިބިގަންނަން ޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ހުވަފެނުގަ ހެޔޮ އަމަލެއް ކުރަނިކޮށް ފެނިއްޖެނަމަ ފައިދާ ލިބިގަންނަން ޖެހޭނެ!

 

އެއީ ތިބާއަށް ލިބޭ ވަރުގަދަ މެސެޖެއް!

ޔިބާ ހެޔޮ ޢަމަލުކުރަނިކޮށް ހުވަފެނުގައި ތިބާއަށް ފެނުމަކީ ތިބާއަށް ލިބޭ ވަރުގަދަ މެސެޖެކެވެ. ތިބާ ހެޔޮ އަމަލެއް ކުރަނިކޮށް ހުވަފެނުގައި ފެނިއްޖެ ނަމަ އެއީ ތިބާއަށް އެފަދަ ހެޔޮ އަމަލެއް ކުރެވޭނެ ކަމުގެ ހެއްކެއް ކަމަށް ބަލާށެވެ. އަދި އެކަމެއް ކުރަން ގަދައަޅައި މަސައްކަތްކުރާށެވެ. މާތް ﷲ ގެ ވާގިފުޅާއިއެކު އެކަމެއް ޙާޞިލުކުރެވޭނެއެވެ.

ވީމާ ނިދުމުގެ ކުރިން ކިޔަން ޖެހޭ ޛިކުރުތައް ކިޔަންވާނެއެވެ. ކުރުސި ކިޔުމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ. ޝައިޠާނާއަށް ވަސްވާސް ދޭން ކައިރި ނުވެވޭނީ އެއިރުންނެވެ.

މީސްތަކުންނޭވެ! ނިދަން ސުންނަތުގައި އޮންނަ ގޮތަށް ނިދަން ގަދައަޅައި މަސައްކަތްކުރާށެވެ! ނިދުމުގެ ކުރިން ވުޟޫ ކުރާށެވެ. އެއިރުން ތިބާއަށް ނިދިން ހޭލެވެންދެން ތިބާއަށްޓަކައި ހެޔޮ ދުޢާކޮށްދެއްވާނެ މަލާއިކަތަކު ﷲ ތަޢާލާ ބަހައްޓަވައި ދެއްވަވާނެތެވެ.

ވީމާ ނިދަންވީ ގޮތަށް ނިދިއްޖެ ނަމަ އެ ނިދެނީ 2 ފަރާތެއްގެ ހިމާޔަތުގައެވެ. އެކަކީ ކުރުސި ކިޔުމުން ތިބާއަށް ނިދިން ހޭލެވެންދެން ﷲ ތަޢާލާ ތިބާގެ ހިމާޔަތުގައި ބަހައްޓަވައި ދެއްވަވާ ފާރަވެރިޔާއެވެ. 2 ވަނައީ ވުޟޫ ކޮށްގެން ނިދުމުން ނިދީން ހޭލެވެންދެން ތިބާއަށްޓަކައި ހެޔޮ ދުޢާކޮށްދެއްވަވަން ބަހައްޓަވާ މަލާއިކަތާއެވެ.

ނަމަވެސް މިހާރަކަށް އައިސް ގިނަ ބައަކަށް ވަނީ މިކަންކަން ހަނދުމަނެތިފައެވެ. މިހުންނަނީ ހަނދާން ނައްތާލައިގެން ފަރު ޖެއްސެން ހުރި ކަންކަމެއް ނޫނެވެ. އެކަންކަން ކުރުމުން ލިބޭނެ ފައިދާ ބޮޑުކަމުންނެވެ.

--ޝައިޚް ޔާސިރް ޤާޟީގެ ދަރުސަކުން

 

މިއަދު އޮންލައިން