ޢީސާގެފާނު ވާހަކަ-: ދަރިކަލެއް ހިއްޕެވުމުން މާތްﷲ ހުސްދުރުވެވޮޑިގެންވުން

ކިޔުމަށް ހޭދަވާނީ 36މ 41ސ
ޢީސާގެފާނު ވާހަކަ-: ދަރިކަލެއް ހިއްޕެވުމުން މާތްﷲ ހުސްދުރުވެވޮޑިގެންވުން

ޢަލީ އިޙްޞާން ފިރާޤް

 

ދަރިކަލެއް ހިއްޕެވުމުން މާތް ހުސްދުރުވެވޮޑިގެންވުން: 

ނަޞާރާއިން ޤަބޫލުކުރާ ގޮތުގައި عيسى عليه السّلام އަކީ، އެކަލާނގެ ދަރިކަލެކެވެ. ނަމަވެސް އެބައިމީހުން އެކުރާ ދަޢުވާތަކަކީ އެއްވެސް އަސްލެއް ނެތް ދަޢުވާތަކެކެވެ. އެކަން ކީރިތި ޤުރްއާނުގެ އެތައް އާޔަތެއްގައި އަރަހުށި މާތްބަޔާން ކުރައްވައިފައިވެއެވެ. މަރްޔަމު ސޫރަތުގެ 88 ވަނަ އާޔަތުން ފެށިގެން އެސޫރަތުގެ 95 ވަނަ އާޔަތުގެ ނިޔަލަށް މާތް ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.

وَقَالُوا اتَّخَذَ الرَّحْمَـٰنُ وَلَدًا ﴿٨٨﴾ لَّقَدْ جِئْتُمْ شَيْئًا إِدًّا ﴿٨٩﴾ تَكَادُ السَّمَاوَاتُ يَتَفَطَّرْنَ مِنْهُ وَتَنشَقُّ الْأَرْضُ وَتَخِرُّ الْجِبَالُ هَدًّا ﴿٩٠﴾ أَن دَعَوْا لِلرَّحْمَـٰنِ وَلَدًا ﴿٩١﴾ وَمَا يَنبَغِي لِلرَّحْمَـٰنِ أَن يَتَّخِذَ وَلَدًا ﴿٩٢﴾ إِن كُلُّ مَن فِي السَّمَاوَاتِ وَالْأَرْضِ إِلَّا آتِي الرَّحْمَـٰنِ عَبْدًا ﴿٩٣﴾ لَّقَدْ أَحْصَاهُمْ وَعَدَّهُمْ عَدًّا ﴿٩٤﴾ وَكُلُّهُمْ آتِيهِ يَوْمَ الْقِيَامَةِ فَرْدًا ﴿٩٥

މާނައީ: [رحمن ވަންތަ ރަސްކަލާނގެ، ދަރިކަލަކު ހިއްޕެވިކަމަށް އެ كافر ވި މީހުން ބުނޫއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ތިޔަ ގެނައީ، ވަރަށްވެސް ނުބައިވެގެންވާ ބަހެކެވެ. އެކަމުގެ ސަބަބުން، އުޑުތައް ފަޅަފަޅައިގެންގޮސް، ބިންގަނޑު އިރައިރައިގެންގޮސް، ފަރުބަދަތައް ކުދިކުދިވެ، ވެއްޓިގެން ދިއުން ކައިރިވެގެންވެއެވެ. އެއީ رحمن ވަންތަ ރަސްކަލާނގެއަށް ދަރިކަލަކުވާކަމަށް އެއުރެން ގޮވުމުގެ ސަބަބުންނެވެ. ފަހެ، ދަރިކަލަކު ހިއްޕެވުން رحمن ވަންތަ ރަސްކަލާނގެއަށް އެކަށީގެނެއް ނުވެއެވެ. رحمن ވަންތަ ރަސްކަލާނގެ حضرة އަށް އަޅެއްގެ ގޮތުގައި ނާންނާނޭ ހަމައެކަކުވެސް، އުޑުތަކުގައްޔާއި، ބިމުގައި ނުވެތެވެ. ހަމަކަށަވަރުން، އެކަލާނގެ އެއުރެން ހިމަނުއްވައި، ފުރިހަމަ عدد ކުރެއްވުމަކުން عدد ކުރެއްވިއެވެ. އަދި قيامة ދުވަހުން، އެއުރެންކުރެ ކޮންމެމީހަކު، އެކަލާނގެ حضرة އަށް އަންނަހުށީ، އެކަނިމާއެކަންޏެވެ.]

ކާފިރުވި މީސްތަކުން އަރަހުށި މާތް އާމެދު ހީކުރާ ކުށްހީތަކަށް ރައްދުދެއްވައި އަންޢާމު ސޫރަތުގެ 100 ވަނަ އާޔަތުން ފެށިގެން އެސޫރަތުގެ 103 ވަނަ އާޔަތުގެ ނިޔަލަށް އެކަލާނގެ ވަޙީ ކުރައްވައިފައިވެއެވެ.

وَجَعَلُوا لِلَّـهِ شُرَكَاءَ الْجِنَّ وَخَلَقَهُمْ ۖ وَخَرَقُوا لَهُ بَنِينَ وَبَنَاتٍ بِغَيْرِ عِلْمٍ ۚ سُبْحَانَهُ وَتَعَالَىٰ عَمَّا يَصِفُونَ ﴿١٠٠﴾ بَدِيعُ السَّمَاوَاتِ وَالْأَرْضِ ۖ أَنَّىٰ يَكُونُ لَهُ وَلَدٌ وَلَمْ تَكُن لَّهُ صَاحِبَةٌ ۖ وَخَلَقَ كُلَّ شَيْءٍ ۖ وَهُوَ بِكُلِّ شَيْءٍ عَلِيمٌ ﴿١٠١﴾ ذَٰلِكُمُ اللَّـهُ رَبُّكُمْ ۖ لَا إِلَـٰهَ إِلَّا هُوَ ۖ خَالِقُ كُلِّ شَيْءٍ فَاعْبُدُوهُ ۚ وَهُوَ عَلَىٰ كُلِّ شَيْءٍ وَكِيلٌ ﴿١٠٢﴾ لَّا تُدْرِكُهُ الْأَبْصَارُ وَهُوَ يُدْرِكُ الْأَبْصَارَ ۖ وَهُوَ اللَّطِيفُ الْخَبِيرُ ﴿١٠٣

މާނައީ: [ޖިންނީންނަކީ، اللَّه އަށްވާ شريك ންތަކެއްކަމުގައި ހަދައިގެން އެއުރެން އުޅުނޫވެ. އެ ޖިންނީންވެސް ހެއްދެވީ އެކަލާނގެއެވެ. އަދި އެއްވެސް އެނގުމަކާނުލައި، އެކަލާނގެއަށް ދަރިދަރިކަލުންނާއި، ދަރިދަރިކަނބަލުން ވާކަމަށް ހަދައިގެން އެއުރެން އުޅުނޫއެވެ. އެއުރެން އެސިފަކުރާ ކަންތަކުން، އެކަލާނގެ ހުސްطاهر ވެ މަތިވެރިވެވޮޑިގެންވެއެވެ. (އެކަލާނގެއީ) އިސްވެދިޔަ مثال އެއްނެތި، އުޑުތަކާއި ބިންހެއްދެވި ރަސްކަލާނގެއެވެ. އެކަލާނގެއަށް، ދަރިކަލަކު ވާނީ ކިހިނަކުން ހެއްޔެވެ؟ އެކަލާނގެއަށް އަނބިކަނބަލަކުވެސް ނުވެއެވެ. އަދި ހުރިހާ ތަކެއްޗެއް ހެއްދެވީ، އެކަލާނގެއެވެ. އަދި އެކަލާނގެއީ، ހުރިހާ ތަކެއްޗެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އެއީ اللَّه އެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެ މެނުވީ حق ވެގެން އަޅުކަމެއްވެވޭ إله އަކުނުވެއެވެ. (އެކަލާނގެއީ) ހުރިހާ ތަކެއްޗެއް ހެއްދެވި ރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން އެކަލާނގެއަށް އަޅުކަން ކުރާށެވެ! އަދި އެކަލާނގެއީ، ހުރިހާ ތަކެއްޗެއް ރައްކާތެރި ކުރައްވާ ބަލަހައްޓަވާ ރަސްކަލާނގެއެވެ. އެކަލާނގެ ذات ފުޅު (ދުނިޔެމަތީގައި) ލޯތަކަކަށް ނުފެންނާނެތެވެ. އެކަލާނގެ، އެ ލޯތައް ދެކެވޮޑިގެންވެތެވެ. އަދި އެކަލާނގެއީ، އޯގާވަންތަކަން ބޮޑު، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.]

ހަމަ މިދެންނެވި ވާހަކަތައް ޚުލާޞާ ގޮތެއްގައި އިޚްލާޞް ސޫރަތުގެ ފުރަތަމަ އާޔަތުން ފެށިގެން އެސޫރަތުގެ ނިޔަލަށް ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.

قُلْ هُوَ اللَّـهُ أَحَدٌ ﴿١﴾ اللَّـهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤

މާނައީ: [ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އެއްކައުވަންތަ اللَّه އެވެ. اللَّه އީ، އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އެކަލާނގެ ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއެވެ. އެކަލާނގެއަކަށް އެއްވެސް އެއްޗެއް އުފަންވެގެނެއް ނުވެތެވެ. އަދި އެއްވެސް އެއްޗަކަށް އެކަލާނގެ އުފަންވެވޮޑިގެނެއް ނުމެވޭމެއެވެ. އަދި އެކަލާގެއާ އެއްފަދަވެގެންވާ، ހަމައެކަކުވެސް ނުވެތެވެ.]

عيسى عليه السّلام އާމެދު ތިމާމެންގެ ޢަޤީދާ ގެންގުޅެން ޖެހޭނެ ގޮތުގެ ފުރިހަމަ ތަސައްވުރެއް ނިސާ ސޫރަތުގައި އަރަހުށި މާތް ބަޔާން ކުރައްވައިފައިވެއެވެ. އެ ސޫރަތުގެ  171 ވަނަ އާޔަތާއި 172 ވަނަ އާޔަތުގައި އެކަލާނގެ ވަޙީ ކުރައްވައިފައިވެއެވެ.

يَا أَهْلَ الْكِتَابِ لَا تَغْلُوا فِي دِينِكُمْ وَلَا تَقُولُوا عَلَى اللَّـهِ إِلَّا الْحَقَّ ۚ إِنَّمَا الْمَسِيحُ عِيسَى ابْنُ مَرْيَمَ رَسُولُ اللَّـهِ وَكَلِمَتُهُ أَلْقَاهَا إِلَىٰ مَرْيَمَ وَرُوحٌ مِّنْهُ ۖ فَآمِنُوا بِاللَّـهِ وَرُسُلِهِ ۖ وَلَا تَقُولُوا ثَلَاثَةٌ ۚ انتَهُوا خَيْرًا لَّكُمْ ۚ إِنَّمَا اللَّـهُ إِلَـٰهٌ وَاحِدٌ ۖ سُبْحَانَهُ أَن يَكُونَ لَهُ وَلَدٌ ۘ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ وَكَفَىٰ بِاللَّـهِ وَكِيلًا ﴿١٧١﴾ لَّن يَسْتَنكِفَ الْمَسِيحُ أَن يَكُونَ عَبْدًا لِّلَّـهِ وَلَا الْمَلَائِكَةُ الْمُقَرَّبُونَ ۚ وَمَن يَسْتَنكِفْ عَنْ عِبَادَتِهِ وَيَسْتَكْبِرْ فَسَيَحْشُرُهُمْ إِلَيْهِ جَمِيعًا ﴿١٧٢

މާނައީ: [އޭ ފޮތުގެ أهل ވެރިންނޭވެ! ތިޔަބައިމީހުންގެ دين އާމެދު ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ! އަދި، اللَّه އާމެދު حق ބަސްމެނުވީ، ތިޔަބައިމީހުން ނުބުނާށެވެ! مريم ގެފާނުންގެ ދަރިކަލުން المسيح عيسى ގެފާނު ވާކަން ކަށަވަރީ، اللَّه ގެ رسول އާ ކަމުގައެވެ. އަދި، އެކަލާނގެ كلمة ފުޅު ކަމުގައެވެ. އެ كلمة ފުޅު އެކަލާނގެ، مريم ގެފާނާ ހަމަޔަށް ފޮނުއްވައި އެކަމަނާގައި، އެ ކަލިމަފުޅު ލެއްވިއެވެ. އަދި، އެކަލާނގެ حضرة ން ލެއްވި روح ފުޅެކެވެ. ފަހެ، اللَّه އާއި، އެކަލާނގެ رسول ންނަށް ތިޔަބައިމީހުން إيمان ވާށެވެ! އަދި، (إله ން) ތިނެކޭ ތިޔަބައިމީހުން ނުބުނާހުށިކަމެވެ! އެ ބުނުން ތިޔަބައިމީހުން ހުއްޓައިލާށެވެ! އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. ހަމަކަށަވަރުން، اللَّه ވާކަން ކަށަވަރީ އެއްކައުވަންތަ ކަލާނގެ ކަމުގައެވެ. އެކަލާނގެއަށް ދަރިކަލަކުވުމުން އެކަލާނގެ ހުސް طاهر ވަންތައެވެ. އުޑުތަކުގައިވާހައި ތަކެއްޗާއި ބިމުގައި ވާހައި ތަކެތި، އެކަލާނގެއަށް މިލްކުވެގެންވެއެވެ. އަދި، وكيل އަކު ކަމުގައި اللَّه ފުދެއެވެ. اللَّه ގެ އަޅަކަށް ވުމާމެދު عيسى ގެފާނު ބޮޑާވެވަޑައެއް ނުގަނެއެވެ. އަދި، ކުއްތަން ކުރައްވާފައިވާ ملائكة ންވެސް اللَّه ގެ އަޅުންނަށް ވުމާމެދު، ބޮޑާވެވަޑައެއް ނުގަނެއެވެ. އެކަލާނގެއަށް އަޅުކަން ކުރުމުން މަނާވެގަނެ، ކިބުރުވެރިވާ އެންމެން އެކުގައި، އެކަލާނގެ حضرة އަށް قيامة ދުވަހުން އެއްކުރައްވާނެތެވެ.]

އަރަހުށި މާތް ގެ ޙަޟުރަތުގައި عيسى عليه السّلام ޚަލުޤުކުރެއްވުން އާދަމުގެފާނު ޚަލުޤުކުރެއްވުމެކޭ އެއްފަދައެވެ. އާދަމުގެފާނު ޚަލުޤުކުރެއްވީ މަޔަކު ބަފަޔަކު ނެތިއެވެ. عيسى عليه السّلام ޚަލުޤުކުރެއްވީ ބަފަޔަކުނެތިއެވެ. މިވާހަކަ އާލު ޢިމްރާނު ސޫރަތުގެ 59 ވަނަ އާޔަތުގައި މާތްވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.

إِنَّ مَثَلَ عِيسَىٰ عِندَ اللَّـهِ كَمَثَلِ آدَمَ ۖ خَلَقَهُ مِن تُرَابٍ ثُمَّ قَالَ لَهُ كُن فَيَكُونُ ﴿٥٩

މާނައީ: [ހަމަކަށަވަރުން، اللَّه ގެ حضرة ގައި، عيسى ގެފާނު (ހެއްދެވުމުގެ) مثال، آدم ގެފާނުގެ مثال ފަދައެވެ. އެކަލާނގެ، آدم ގެފާނު ހެއްދެވީ، ވެލީންނެވެ. ދެން، އެކަލޭގެފާނަށް (އިންސާނަކަށް) [ވާށޭ] وحى ކުރެއްވިއެވެ. ދެން، (اللَّه وحى ކުރެއްވި ފަދައިން) ވެއްޖެއެވެ.]

ދަރިކަލަކު ހިއްޕެވުމުން އަރަހުށި މާތް ހުސްދުރުވެވޮޑިގެންވާކަން ބަޔާން ކުރައްވައި ބަޤަރާ ސޫރަތުގެ 116 ވަނަ އާޔަތާއި 117 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.

وَقَالُوا اتَّخَذَ اللَّـهُ وَلَدًا ۗ سُبْحَانَهُ ۖ بَل لَّهُ مَا فِي السَّمَاوَاتِ وَالْأَرْضِ ۖ كُلٌّ لَّهُ قَانِتُونَ ﴿١١٦﴾ بَدِيعُ السَّمَاوَاتِ وَالْأَرْضِ ۖ وَإِذَا قَضَىٰ أَمْرًا فَإِنَّمَا يَقُولُ لَهُ كُن فَيَكُونُ ﴿١١٧

މާނައީ: [اللَّه، ދަރިކަލަކު ހިއްޕެވިކަމަށް އެއުރެން ބުނެފޫއެވެ. (އެބަހީ: اللَّه އަށް ދަރިކަލަކު ވާކަމަށް يهودى ންނާއި نصارى އިންނާއި مشرك ން ބުނޫއެވެ.) އެކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އަދި ކިއެއްތަ! އުޑުތަކާއި ބިމުގައިވާހާ ތަކެއްޗަކާއި ކަމެއް މިލްކުވެގެންވަނީ، އެކަލާނގެއަށެވެ. އެންމެހާ ތަކެއްޗާއި ކަންތައް އެކަލާނގެއަށް ކިޔަމަންވެ، އަޅުވެތިވެގެންވެއެވެ. (އެކަލާނގެއީ) އިސްވެދިޔަ مثال އަކާނުލައި އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެއެވެ. އެކަލާނގެ ކަމަކަށް ނިޔާކުރައްވައިފިނަމަ، އެކަމަކަށް وحى ކުރައްވާކަން ކަށަވަރީ، [ވާށޭ] އެވެ! ދެން އެކަމެއް ވެދެއެވެ.]

ނަޞާރާއިން عيسى عليه السّلام އަކީ މާތްގެ ދަރިކަލެއްކަމުގައި ދަޢުވާ ކުރާ ފަދައިން ޔަހޫދީން ޢުޒައިރުގެފާނަކީ އެކަލާނގެ ދަރިކަލެއްކަމަށް ދަޢުވާ ކުރެއެވެ. އެފަދައިން ބުނާ މީހުންނަށް އެކަލާނގެ ލަޢުނަތް ޙައްޤުވެގެންވާކަން ބަޔާން ކުރައްވައި ތައުބާ ސޫރަތުގެ 30 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.

وَقَالَتِ الْيَهُودُ عُزَيْرٌ ابْنُ اللَّـهِ وَقَالَتِ النَّصَارَى الْمَسِيحُ ابْنُ اللَّـهِ ۖ ذَٰلِكَ قَوْلُهُم بِأَفْوَاهِهِمْ ۖ يُضَاهِئُونَ قَوْلَ الَّذِينَ كَفَرُوا مِن قَبْلُ ۚ قَاتَلَهُمُ اللَّـهُ ۚ أَنَّىٰ يُؤْفَكُونَ ﴿٣٠

މާނައީ: [يهودى ން ބުނޫއެވެ. عُزَير ގެފާނަކީ، اللَّه ގެ ދަރިކަލުންނެވެ. އަދި نصارى އިން ބުނޫއެވެ. المسيح (عيسى ގެފާނު) އަކީ، اللَّه ގެ ދަރިކަލުންނެވެ. އެއީ (ހަމައެކަނި) އެއުރެންގެ އަނގައިން ބުނެލާ ބަހެކެވެ. އެއުރެން އެ تقليد ކުރަނީ، އެއުރެންގެ ކުރިން كافر ވި މީހުން ބުނެއުޅުނުފަދަ ބަހަކަށެވެ. اللَّه، އެއުރެންނަށް لعنة ލައްވާހުށްޓެވެ. އެއުރެން حق ން އެއްކިބާވަނީ، ކޮންފަދައަކުން ހެއްޔެވެ؟]

މިދެންނެވުނީ ޔަހޫދީންނާއި ނަޞާރާއިން އަރަހުށި މާތް އަށް ދަރިދަރިކަލުންވާކަމަށް ބުނެ ކުރާ ދޮގު ދަޢުވާތަކުގެ ވާހަކައެވެ. އަދި އެ ދަޢުވާތަކަށް އަރަހުށި މާތް ދެއްވައިފައިވާ ރައްދު ޖަވާބުތަކުގެ ވާހަކައެވެ. މައްކާގެ މުޝްރިކުންގެ ޢަޤީދާއަކީ ހުސްޠާހިރުވަންތަ މާތް ގެ އަންހެން ދަރިންނަކީ މަލާއިކަތް ބޭކަލުންކަމުގައެވެ. މިވާހަކަތަކާއި އޭގެ ރައްދު ޖަވާބު ޞާއްފާތު ސޫރަތުގެ 149 ވަނަ އާޔަތުންގެ ފެށިގެން އެސޫރަތުގެ 160 ވަނަ އާޔަތުގެ ނިޔަލަށް ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.

فَاسْتَفْتِهِمْ أَلِرَبِّكَ الْبَنَاتُ وَلَهُمُ الْبَنُونَ ﴿١٤٩﴾ أَمْ خَلَقْنَا الْمَلَائِكَةَ إِنَاثًا وَهُمْ شَاهِدُونَ ﴿١٥٠﴾ أَلَا إِنَّهُم مِّنْ إِفْكِهِمْ لَيَقُولُونَ ﴿١٥١﴾ وَلَدَ اللَّـهُ وَإِنَّهُمْ لَكَاذِبُونَ ﴿١٥٢﴾ أَصْطَفَى الْبَنَاتِ عَلَى الْبَنِينَ ﴿١٥٣﴾مَا لَكُمْ كَيْفَ تَحْكُمُونَ ﴿١٥٤﴾ أَفَلَا تَذَكَّرُونَ ﴿١٥٥﴾ أَمْ لَكُمْ سُلْطَانٌ مُّبِينٌ ﴿١٥٦﴾ فَأْتُوا بِكِتَابِكُمْ إِن كُنتُمْ صَادِقِينَ ﴿١٥٧﴾ وَجَعَلُوا بَيْنَهُ وَبَيْنَ الْجِنَّةِ نَسَبًا ۚ وَلَقَدْ عَلِمَتِ الْجِنَّةُ إِنَّهُمْ لَمُحْضَرُونَ ﴿١٥٨﴾ سُبْحَانَ اللَّـهِ عَمَّا يَصِفُونَ ﴿١٥٩﴾ إِلَّا عِبَادَ اللَّـهِ الْمُخْلَصِينَ ﴿١٦٠

މާނައީ: [(އޭ محمد ގެފާނެވެ!) ފަހެ، ކަލޭގެފާނު އެއުރެންނާ سؤال ކުރައްވައި ބައްލަވާށެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އަންހެންދަރިން ތިބެފައި އެއުރެންނަށް ފިރިހެންދަރިން ވަނީހެއްޔެވެ؟ނުވަތަ އެއުރެން حاضر ވެ ބަލަންތިއްބައި، ތިމަންރަސްކަލާނގެ ملائكة ން އަންހެންބަޔަކަށް ހެއްދެވީހެއްޔެވެ؟ދަންނާށެވެ! ހަމަކަށަވަރުން، اللَّه އަށް ދަރިންވާކަމަށް އެއުރެން އެބުނަނީ ބޮޑުދޮގެއް ހެދުމުގެ ގޮތުންނެވެ. ހަމަކަށަވަރުން، އެއުރެންނީ ދޮގުވެރިންކަން ކަށަވަރެވެ. ފިރިހެންދަރިންގެ މައްޗަށް އަންހެންދަރިން އެކަލާނގެ خيار ކުރެއްވީހެއްޔެވެ؟ތިޔަބައިމީހުން ތިޔަތިބީ ކީއްވެފައި ހެއްޔެވެ؟ ތިޔަބައިމީހުން ތިޔަ حكم ކުރަނީ ކޮންފަދައަކުން ހެއްޔެވެ؟ފަހެ، ތިޔަބައިމީހުން ހަނދުމަނުކުރަނީ ހެއްޔެވެ؟ނުވަތަ ތިޔަބައިމީހުންނަށް بيان ވެގެންވާ دليل އެއް ވަނީހެއްޔެވެ؟ފަހެ، ތިޔަބައިމީހުން ތެދުވެރިން ކަމުގައިވަނީނަމަ، ތިޔަބައިމީހުންގެ ފޮތް (دليل އަކަށް) ގެނެސްބަލާށެވެ!އަދި އެއުރެން އެކަލާނގެއާ ޖިންނީންނާ ދެމެދު نسب ގެ ގުޅުމެއް ވާކަމަށް ހަދަތެވެ. ހަމަކަށަވަރުން، އެއުރެން (عذاب ގެ ތެރެޔަށް) حاضر ކުރައްވާނެކަން، ޖިންނީން ރަނގަޅަށް ދަނެތެވެ.އެއުރެން އެ ސިފަކުރާ ގޮތްތަކުން اللَّه ހުސްطاهر ވެ ވޮޑިގެންވެއެވެ.اللَّه ގެ، خيار ކުރައްވާފައިވާ އަޅުން މެނުވީއެވެ].

ހަމަ މިވާހަކަ ޒުޚުރުފު ސޫރަތުގެ 19 ވަނަ އާޔަތުގައި އަރަހުށި މާތް ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.

 وَجَعَلُوا الْمَلَائِكَةَ الَّذِينَ هُمْ عِبَادُ الرَّحْمَـٰنِ إِنَاثًا ۚ أَشَهِدُوا خَلْقَهُمْ ۚ سَتُكْتَبُ شَهَادَتُهُمْ وَيُسْأَلُونَ ﴿١٩﴾ 

މާނައީ: [އަދި رحمن ވަންތަ ރަސްކަލާނގެ އަޅުންކަމުގައިވާ ملائكة ންނަކީ، އަންހެން ބަޔެއް ކަމުގައި އެއުރެން ހެދީހެއްޔެވެ؟ އެ ملائكة ން ހެއްދެވިއިރު، އެއުރެން حاضر ވެ ތިބީހެއްޔެވެ؟ އެއުރެން އެ ހެކިވާހެކިވުން، ނިކަންހުރެ ލިޔުއްވާހުށްޓެވެ. އަދި (آخرة ދުވަހުން) އެއުރެންނާ سؤال ކުރައްވާހުށްޓެވެ.]

އަންބިޔާއު ސޫރަތުގެ 26 ވަނަ އާޔަތުން ފެށިގެން 29 ވަނަ އާޔަތުގެ ނިޔަލަށް މިވާހަކަތައް ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ލަފުޒުތަކުންނެވެ.

وَقَالُوا اتَّخَذَ الرَّحْمَـٰنُ وَلَدًا ۗ سُبْحَانَهُ ۚ بَلْ عِبَادٌ مُّكْرَمُونَ ﴿٢٦﴾ لَا يَسْبِقُونَهُ بِالْقَوْلِ وَهُم بِأَمْرِهِ يَعْمَلُونَ ﴿٢٧﴾ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يَشْفَعُونَ إِلَّا لِمَنِ ارْتَضَىٰ وَهُم مِّنْ خَشْيَتِهِ مُشْفِقُونَ ﴿٢٨﴾  وَمَن يَقُلْ مِنْهُمْ إِنِّي إِلَـٰهٌ مِّن دُونِهِ فَذَٰلِكَ نَجْزِيهِ جَهَنَّمَ ۚ كَذَٰلِكَ نَجْزِي الظَّالِمِينَ ﴿٢٩

މާނައީ: [އެއުރެން ބުނޫއެވެ. رحمن ވަންތަ ރަސްކަލާނގެ ދަރިކަލަކު ހިއްޕެވިއެވެ. އެކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އަދި ކިއެއްތަ! (اللَّه ގެ ދަރިކަނބަލުންތަކެކޭ އެއުރެން ބުނާ ملائكة ންނަކީ) މާތް ކުރައްވާފައިވާ، އެކަލާނގެ އަޅުންތަކެކެވެ.އެބޭކަލުން އެކަލާނގެ حضرة އަށް އިސްވެބަހެއް ނުދަންނަވާނެތެވެ. އަދި އެބޭކަލުން عمل ކުރައްވާނީ، އެކަލާނގެ އަމުރުފުޅާ އެއްގޮތަށެވެ.އެއުރެންގެ ކުރިމަތީގައިވާ ކަންތަކާއި، އެއުރެންގެ ފަހަތުގައިވާ ކަންތައް، އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި އެކަލާނގެ ރުހިވޮޑިގެންވާ އަޅަކަށް މެނުވީ، އެބޭކަލުން شفاعة ތެރިއެއް ނުވާނެތެވެ. އަދި އެބޭކަލުންތިއްބަވާނީ، އެކަލާނގެ ހައިބަވަންތަކަމަށް ބިރުވެތިވެގެންނެވެ.އެއުރެންކުރެ ތިމަންނާއީ އެކަލާނގެ ފިޔަވައި إله އެކޭ ބުނާ މީހަކަށް، ފަހެ، ތިމަންރަސްކަލާނގެ ނަރަކައިން ޖަޒާ ދެއްވާހުށީމެވެ. އަނިޔާވެރިންނަށް ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ.]

ކާފިރުވި މީސްތަކުންގެ ބުނުންތަކުގެ ނުބައިކަން ބަޔާން ކުރައްވައި، ކަހުފު ސޫރަތުގެ 1 ވަނަ އާޔަތުން ފެށިގެން 5 ވަނަ އާޔަތުގެ ނިޔަލަށް މާތް ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.

الْحَمْدُ لِلَّـهِ الَّذِي أَنزَلَ عَلَىٰ عَبْدِهِ الْكِتَابَ وَلَمْ يَجْعَل لَّهُ عِوَجًا ۜ ﴿١﴾ قَيِّمًا لِّيُنذِرَ بَأْسًا شَدِيدًا مِّن لَّدُنْهُ وَيُبَشِّرَ الْمُؤْمِنِينَ الَّذِينَ يَعْمَلُونَ الصَّالِحَاتِ أَنَّ لَهُمْ أَجْرًا حَسَنًا ﴿٢﴾ مَّاكِثِينَ فِيهِ أَبَدًا ﴿٣﴾ وَيُنذِرَ الَّذِينَ قَالُوا اتَّخَذَ اللَّـهُ وَلَدًا ﴿٤﴾مَّا لَهُم بِهِ مِنْ عِلْمٍ وَلَا لِآبَائِهِمْ ۚ كَبُرَتْ كَلِمَةً تَخْرُجُ مِنْ أَفْوَاهِهِمْ ۚ إِن يَقُولُونَ إِلَّا كَذِبًا ﴿٥

މާނައީ: [حمد ހުރީ اللَّه އަށެވެ. އެކަލާނގެއީ، އެކަލާނގެ އަޅާއަށް ފޮތް ބާވައިލެއްވި ރަސްކަލާނގެއެވެ. އަދި އެކަލާނގެ އެ ފޮތުގައި، އެއްވެސް ގުދުކަމެއް (ނުސީދާކަމެއް) ނުލައްވަތެވެ.(އެ ފޮތް ބާވައިލެއްވީ) ސީދާވެގެންވާ ފޮތެއްކަމުގައެވެ. އެކަލާނގެ حضرة ން (كافر ންނަށް) ހުރި ގަދަފަދަ عذاب އެއްގެ ވާހަކައިން إنذار ކުރެއްވުމަށެވެ. އަދި صالح عمل ތައްކުރާ مؤمن ންނަށް، ހެޔޮވެގެންވާ ދަރުމަހުރިކަމުގެ އުފާވެރި خبر ދެއްވުމަށެވެ.އެ ދަރުމައިގައި، އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ.އަދި اللَّه، ދަރިކަލަކު ހިއްޕެވިކަމަށް ބުނިމީހުންނަށް إنذار ކުރެއްވުމަށްޓަކައެވެ.]

އަދި ޔޫނުސު ސޫރަތުގެ 68 ވަނަ އާޔަތުން ފެށިގެން 70 ވަނަ އާޔަތުގެ ނިޔަލަށް މިދެންނެވި ވާހަކަތައް ބަޔާން ކުރައްވައިފައިވަނީ މިފަދައިންނެވެ.

قَالُوا اتَّخَذَ اللَّـهُ وَلَدًا ۗ سُبْحَانَهُ ۖ هُوَ الْغَنِيُّ ۖ لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۚ إِنْ عِندَكُم مِّن سُلْطَانٍ بِهَـٰذَا ۚ أَتَقُولُونَ عَلَى اللَّـهِ مَا لَا تَعْلَمُونَ ﴿٦٨﴾ قُلْ إِنَّ الَّذِينَ يَفْتَرُونَ عَلَى اللَّـهِ الْكَذِبَ لَا يُفْلِحُونَ ﴿٦٩﴾ مَتَاعٌ فِي الدُّنْيَا ثُمَّ إِلَيْنَا مَرْجِعُهُمْ ثُمَّ نُذِيقُهُمُ الْعَذَابَ الشَّدِيدَ بِمَا كَانُوا يَكْفُرُونَ ﴿٧٠

މާނައީ: [اللَّه ދަރިކަލަކު ހިއްޕެވިކަމަށް އެއުރެން ބުނެފޫއެވެ. އެކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އެކަލާނގެއީ، ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. އުޑުތަކުގައިވާހާ ތަކެއްޗާއި ބިމުގައިވާހާ ތަކެތި ملك ވެގެންވަނީ އެކަލާނގެއަށެވެ. ތިޔަބައިމީހުން ތިޔަބުނާ ބަހުގެ މައްޗަށް ތިޔަބައިމީހުންގެ ގާތުގައި އެއްވެސް دليل އެއް ނެތެވެ. ތިޔަބައިމީހުންނަށް، އެނގިގެންނުވާ އެއްޗެއް اللَّه އާމެދު ތިޔަބައިމީހުން ބުނަނީހެއްޔެވެ؟ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، اللَّه އާމެދު ހަދައިގެން ދޮގުބުނާ މީހުން ނުދިނޭނެތެވެ.ދުނިޔޭގައި (ލިބޭ) ވަގުތީ އުފަލެކެވެ. ދެން އެއުރެން رجوع ވުން ވަނީ، ތިމަންރަސްކަލާނގެ حضرة އަށެވެ. ދެން އެއުރެން كافر ވެ އުޅުނުކަމުގެ ސަބަބުން، ގަދަފަދަވެގެންވާ عذاب ގެ ރަހަ، ތިމަންރަސްކަލާނގެ އެއުރެންނަށް ދައްކަވާހުށީމެވެ.]

އަދި މިނޫނަސް އަރަހުށި މާތް اللَّه ދަރިކަލަކު ހިއްޕެވުމުން ހުސްދުރުވެވޮޑިގެންވާކަމަށް ބަޔާންވެފައިވާ ޙަދީޘްތަކާއި، ޤުރްއާނުގެ އާޔަތްތައް ގިނަގުނައެވެ.

 

 

މިއަދު އޮންލައިން