ކޮންމެ މުސްލިމަކީވެސް ޙައްޤަށާ ކެތްތެރިވުމަށް ވަޞިއްޔަތްކުރާ މީހަކަށްވާންޖެހޭނެކަން- ޤުރްއާނުން-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ކޮންމެ މުސްލިމަކީވެސް ޙައްޤަށާ ކެތްތެރިވުމަށް ވަޞިއްޔަތްކުރާ މީހަކަށްވާންޖެހޭނެކަން- ޤުރްއާނުން-: މުފްތީ މެންކް

"ޒަމާން ގަންދެއްވަމެވެ."

"ހަމަކަށަވަރުން، އިންސާނާ ވަނީ، ގެއްލުމެއްގައިކަން ކަށަވަރެވެ."

"އީމާންވެ ޞާލިޙް ޢަމަލްތައްކޮށް، އަދި އެކަކު އަނެކަކަށް ޙައްޤަށް ވަޞިއްޔަތް ކޮށް، އަދި އެކަކު އަނެކަކަށް ކެތްތެރިވުމަށް ވަޞއްޔަތްކޮށް އުޅުނު މީހުން މެނުވީއެވެ. " (އަލްޢަޞްރް: 1،2،3)

މިއީ ކިތަންމެ ކުރު ނަމަވެސް ކީރިތި ޤުރްއާނުގެ ސޫރަތެކެވެ. 3 އާޔަތް ނަމަވެސް 3 އާޔަތުގައިވާ މެސެޖް ވަރަށް ވަރުގަދައެވެ.

"އީމާންވެ ޞާލިޙް ޢަމަލްތައްކޮށް، އަދި އެކަކު އަނެކަކަށް ޙައްޤަށް ވަޞިއްޔަތް ކޮށް، އަދި އެކަކު އަނެކަކަށް ކެތްތެރިވުމަށް ވަޞިއްޔަތްކޮށް އުޅުނު މީހުން މެނުވީއެވެ. " ވަޙީކުރައްވަވާފައިވާ ބަސްފުޅުގެ މާނައަކީ މުސްލިމުންނަކީ ހެޔޮ ޢަމަލުތައް ކުރުމުގެ ކުރުމުގެ އިތުރުން އެހެން މީހުންނަށް ޙައްޤުމަގަށް ވަޞިއްޔަތްކުރާ ބައަކަށްވާންޖެހޭނެކަމެވެ.

ހަމައެއާއިއެކު ކެތްތެރިވުމަށް ވަޞިއްޔަތްކުރާ ބައަކަށްވެސް ވާންޖެހޭނެ ކަމެވެ. އެންމެ ބޮޑަށް ފާހަގަކުރަންޖެހޭ ކަމަކީ ވަޞިއްޔަތްކުރަންވީ ހަމައެކަނި މުސްލިމުންނަށް ނޫން ކަމެވެ. ކޮންމެ ދީނެއްގެ މީހަކަށްވެސް ވަޞިއްޔަތްކުރަންޖެހޭނެ ކަމެވެ.

--މުފްތީ މެންކުގެ ދަރުސަކުން "

މިއަދު އޮންލައިން