ޒުވާން އުމުރުގަ ހާފިޡަކަށް ނުވެވި ހުއްޓާ މަރުވެއްޖެނަމަ ސުވަރުގޭގެ އެންމެ މައްޗަށް އަރާނީ ކިހިނަކުންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ޒުވާން އުމުރުގަ ހާފިޡަކަށް ނުވެވި ހުއްޓާ މަރުވެއްޖެނަމަ ސުވަރުގޭގެ އެންމެ މައްޗަށް އަރާނީ ކިހިނަކުންތޯ؟

ހިތުން ޤުރްއާން އެނގުމުގެ ފައިދާ އެންމެ ބޮޑަށް ކުރާނީ އެމީހަކު ސުވަރުގެ ވައްދަވާ ވަޤުތުގައެވެ.

"ސުވަރުގޭގައި 100 ދަރަޖަވެއެވެ. ބުނެވޭނެތެވެ. ޤުރްއާނުން އެނގޭ މިންވަރު ކިޔަވަމުން މައްޗަށް އަރާށެވެ! ކިޔަވައި ނިމޭ ހިސާބުގައި ހުއްޓޭށެވެ. އެއީ ސުވަރުގޭގައި ތިބާގެ ދަރަޖައެވެ."

މިއީ އަހަރެމެން ހުރިހާ މުސްލިމުންވެސް ވަރަށް ފަސޭހައިން އެނގެން އޮތް ކަމެކެވެ. އަބަދުހެން އަޑުއވޭ ބަސްފުޅެކެވެ. ވީމާ ވީހައި ޒުވާން އުމުރުގައި ވެސް ކީރިތި ޤުރްއާން އުނގެނެން މަސައްކަތްކުރަންވީއެވެ. އެއީ މަރުވާނީ ކޮން ޢުމުރެއްގައިކަން ނުއެނގޭތީއެވެ. ޤިޔާމަތް ދުވަހު ސުވަރުގޭގައި ހިފައިގެން މައްޗަށް އެރޭނީ އެމީހެއްގެ ހިތުގައި އޮތް މިންވަރެއް ކަމުގައިވާތީއެވެ.

ދެން އޮތީ އެންމެ މުހިންމު ބައެވެ. އެއީ ކީރިތި ޤުރްއާނަށް ޢަމަލުކުރުމުގެ ބައެވެ. ހާފިޡަކަށްވުމަކީ ކީރިތި ޤުރްއާނުގެ މާނަ އެނގޭ ކަމެއް ނޫނެވެ. އޭނާއަށް އެނގޭނީ މުޞްޙަފްގެ ދެލިގަނޑެވެ. ޢަމަލުކުރުމުގައި ޙާފިޡުންނާއި އަހަރެމެން ވެސް ހަމަ ހަމައެވެ. އަހަރެމެންނަށް ވެސް، އެންމެންނަށްވެސް އޮތީ ޤުރްއާނުގައިވާ އެއްޗެއް އުނގެނި ޢަމަލުކުރުމެވެ.

ބާލިޣްވެ ބުއްދި ފުރިހަމަވުމަށްފަހު ފުރަތަމަ ޢަމަލުކުރަންޖެހޭނެ 'ޤާނޫނަކީ" ޤުރްއާނެވެ. އިންސާނުން އުފައްދާފައިވާ ޤާނޫނުތަކަށް ޢަމަލުކުރުން އަންނަންޖެހޭނީ އެއިގެ ފަހަތުންނެވެ. ހަމަ ކޮންމެ މީހަކަށެވެ. ކޮންމެ މުސްލިމަކަށެވެ. ޤުރްއާނަށް ޢަމަލުކުރަންޖެހުމުގައި ހާފިޡަކަށްވުމަކުން އެއްވެސް ތަފާތެއް ނެތެވެ.

ވީމާ ޙާފިޡަކަށްވުމުގެ މަސައްކަތަކީ ވަކި އުމުރެއްގައި ކުރަންޖެހޭނެ މަސައްކަތެއްކަމަށް ނުދެކޭށެވެ! ވީހައި އަވަހަކަށް ދަސްކުރަން މަސައްކަތްކުރަންވީއެވެ. އަދި މާނަ ދަސްކޮށް ޢަމަލުކުރަން ފަށަންވެސްވީއެވެ.

ޤުރްއާން ހިތުދަސްކުރަންވެސް އެންމެ ފަސޭހަވާނީ ކުޑައިރުއެވެ. ޒުވާން ޢުމުރުގައެވެ. ނަމަވެސް ދިމާވާ ގޮތަކުން ޒުވާން ޢުމުރުގައި އެކަން ނުކުރެވި އޮތުމަކީ މާޔޫސްވާން ޖެހެންވީ ކަމެއް ނޫނެވެ. ޤުރްއާން ހިތުދަސްކުރުމަކީ ކޮންމެ ޢުމުރެއްގައިވެސް ކުރެވޭނެ ކަމެކެވެ. އަދި އެކަމަށް މަސައްކަތްކުރަނިކޮށް، އެކުގައި ދަސްނުވަނީސް މަރުވިނަމަވެސް އޮތީ އުފާވެރިކަމެވެ. އެމީހަކަށް ޙާފިޡެއްގެ ދަރަޖަ ދެއްވަވާނެތެވެ. އިން ޝާ ﷲ. ވީމާ ކޮންމެ ދުވަހަކުވެސް އެންމެ އާޔަތެއް ނަމަވެސް ހިތުދަސްކުރެވޭތޯ މަސައްކަތްކުރަމުން ގެންދާށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން