ތިބާ ތިއަ އުޅެނީ ޢަރުޝި އުފުއްލަވާ މަލާއިކަތުންނާ، އޭގެވަށައިގެންވާ މަލާއިކަތުންގެ ދުޢާގައި ތިބާ ހިމެނޭނެ ގޮތަށްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
ތިބާ ތިއަ އުޅެނީ ޢަރުޝި އުފުއްލަވާ މަލާއިކަތުންނާ، އޭގެވަށައިގެންވާ މަލާއިކަތުންގެ ދުޢާގައި ތިބާ ހިމެނޭނެ ގޮތަށްތަ؟

ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ އެއްކަމަކީ އެމީހަކީ މަލާއިކަތުންގެ ދުޢާ ލިބޭ މީހަކުކަމުގައި ލެއްވެވުމެވެ. ވީމާ ވިސްނައިލަމާ ހިނގާށެވެ!

ﷲ ތައާލާ ވޮޑިގެންވާ ޢަރްޝި އުފުއްލަވާ މަލާއިކަތުންނާއި ޢަރުޝީގެ ވަށައިގެންވާ މަލާއިކަތުން އީމާންވި މީހުންނަށްޓަކައި ދުޢާކުރައްވަތެވެ. އެދުޢާގައި ހިމެނޭނެ މީހަކަށްވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ!

"އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ރަހްމަތާއި، ދެނެވޮޑިގަތުން ހުރިހާ އެއްޗެއްގެ މައްޗަށް ތަނަވަސްވެގެންވެއެވެ. ފަހެ، ތައުބާވެ، އިބަރަސްކަލާނގެ މަގަށް ތަބަޢަވީ މީހުންނަށް ފާފަފުއްސަވާނދޭވެ! އަދި ނަރަކައިގެ ޢަޛާބުން އެއުރެން މުއްތިކުރައްވާނދޭވެ!"

"އަޅަމެންގެ ވެރިރަސްކަލާކޮ! އެއުރެންނަށް އިބަރަސްކަލާނގެ ވަޢުދު ކުރައްވާފައިވާ عَدْن އެވެ ކިޔުނު ސުވަރުގެތަކަށް އެއުރެން ވައްދަވާނދޭވެ! އެއުރެންގެ މައިންބަފައިންނާއި، އެއުރެންގެ އަނބީންނާއި، އެއުރެންގެ ދަރިންކުރެ ޞާލިޙް ވި މީހުންނާ އެކުގައެވެ. ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ޢަޒީޒްވަންތަ، ޙަކީމްވަންތަ ރަސްކަލާނގެއެވެ."

"އަދި ނުބައިކަންތަކުން އެއުރެން ސަލާމަތްކުރައްވާނދޭވެ! އަދި އިބަރަސްކަލާނގެ އެދުވަހުން، ނުބައިކަމުން ސަލާމަތްކުރައްވާ މީހަކީ، އިބަރަސްކަލާނގެ ރަޙްމަތް ލެއްވި މީހެއްކަން ކަށަވަރެވެ. ބޮޑުވެގެންވާ ނަސީބު ލިބުމަކީ ހަމައެއީއެވެ."

މި ދުޢާ އަކީ މީސްތަކުން ވެސް އެކެއް އަނެކެއްގެ މައްޗަށް، އަދި އެންމެހައި މީސްތަކުންގެ މައްޗަށް ކުރަން އޮތް ދުޢާއެކެވެ.

"ޢަރުޝި އުފުއްލަވާ މަލާއިކަތުންނާއި، އޭގެވަށައިގެންވާ މަލާއިކަތުން އެއުރެންގެ ވެރިރަސްކަލާނގެއަށް ޙަމްދް އާއެކު ތަސްބީޙަ ދަންނަވަތެވެ. އަދި އެކަލާނގެއަށް އީމާންވެތެވެ. އަދި އީމާންވި މީހުންނަށް ފާފަފުއްސެވުމަށް ދުޢާ ކުރައްވަތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ރަހްމަތާއި، ދެނެވޮޑިގަތުން ހުރިހާ އެއްޗެއްގެ މައްޗަށް ތަނަވަސްވެގެންވެއެވެ. ފަހެ، ތައުބާވެ، އިބަރަސްކަލާނގެ މަގަށް ތަބަޢަވީ މީހުންނަށް ފާފަފުއްސަވާނދޭވެ! އަދި ނަރަކައިގެ ޢަޛާބުން އެއުރެން މުއްތިކުރައްވާނދޭވެ!" (ޣާފިރް: 7)

"އަޅަމެންގެ ވެރިރަސްކަލާކޮ! އެއުރެންނަށް އިބަރަސްކަލާނގެ ވަޢުދު ކުރައްވާފައިވާ عَدْن އެވެ ކިޔުނު ސުވަރުގެތަކަށް އެއުރެން ވައްދަވާނދޭވެ! އެއުރެންގެ މައިންބަފައިންނާއި، އެއުރެންގެ އަނބީންނާއި، އެއުރެންގެ ދަރިންކުރެ ޞާލިޙް ވި މީހުންނާ އެކުގައެވެ. ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ޢަޒީޒްވަންތަ، ޙަކީމްވަންތަ ރަސްކަލާނގެއެވެ." (ޢާފިރް:

"އަދި ނުބައިކަންތަކުން އެއުރެން ސަލާމަތްކުރައްވާނދޭވެ! އަދި އިބަރަސްކަލާނގެ އެދުވަހުން، ނުބައިކަމުން ސަލާމަތްކުރައްވާ މީހަކީ، އިބަރަސްކަލާނގެ ރަޙްމަތް ލެއްވި މީހެއްކަން ކަށަވަރެވެ. ބޮޑުވެގެންވާ ނަސީބު ލިބުމަކީ ހަމައެއީއެވެ." (ޣާފިރް: 9)

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން