ﷲ ތަޢާލާ މީސްތަކުންގެ ކިބައިން ރުހިވޮޑިނުގަންނަވާ 2 ކަމެއް: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ﷲ ތަޢާލާ މީސްތަކުންގެ ކިބައިން ރުހިވޮޑިނުގަންނަވާ 2 ކަމެއް: ބިލާލް އައްސަދު

ﷲ ތަޢާލާ މީސްތަކުންގެ ކިބައިން ރުހިވޮޑިނުގަންނަވާ 2 ކަމެއްވެއެވެ. އެ 2 ކަންތަކަކީވެސް ޝައިޠޯނާގެ ސަބަބުން މީސްތަކުންނަށް ކުރެވޭ 2 ކަންތަކެވެ.  

ފުރަތަމަ ކަމަކީ އިޝްރާފްކުރުމެވެ. އިޝްރާފްކުރުމަކީ ޝައިޠޯނާގެ އަޚުން ކުރާ ކަމެކެވެ. ޝައިޠޯނާގެ އަކަކަށްވާން ބޭނުންވާނެ މުސްލިމަކު ނުހުންނާނެއެވެ. ހުރެގެންވެސް ނުވާނެއެވެ. ވީމާ އެއްވެސް ކަމެއްގައި އިޝްރާފް ކުރުމެއް ނެތެވެ.  

އިޝްރާފްކުރާ ވާހަކަ ދައްކާއިރަށް ގިނަ ބައަކަށް ވިސްނޭނީ އެދައްކަނީ ކާބޯތަކެތީގެ ވާހަކަ ކަމަށެވެ. ރަނގަޅެވެ. ކާބޯތަކެތިން ވިޔަސް އިޝްރާފްކުރުމެއް ނެތެވެ. އަދި ކާބޯތަކެތި ނޫން ކަމަކަށްވެސް އިޝްރާފްކުރުމެއް ނެތެވެ.  

މިޘާލަކަށް ތިމާއަށް ބޭނުން ނުވާ މިންވަރަށް ހެދުން ގަނެ އެއްކުރުމަކީވެސް އިޝްރާފެކެވެ. ފޭރާން ހޯދަންވާނީވެސް ފުދޭނެ މިންވަރަކަށެވެ. އެތައް މަހެއްވާއިއރުވެސް ނުލައި ބަހައްޓާނަމަ އެއިގެ މާނައަކީ އެހެދުން ތިމާއަށް ބޭނުން ނުވާކަމެވެ.  

ދެން އޮތީ ތަނަވަސްކަން ހުރުމުން އައު ހެދުން ބޭނުންވުމެވެ. އެއީ މައްސަލައެއް ނޫނެވެ. ނަމަވެސް އިތުރުވާ ހެދުން ޞަދަޤާތްކުރަންވާނެއެވެ. އަތުގައި ބަހައްޓަންވާނީ ފުދޭ ވަރަކަށެވެ. ގިނަކޮށްފައި ބެހެއްޓުމުން އެކުރެވެނީ އިޗްރާފެކެވެ.  

ދެވަނައީ ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަންކަމަށް ހޭދަކުރުމެވެ. އެއީ ހަމައެކަނި ބަނގުރާ ބުއިންފަދަ ކަމަކަށް ހޭދަކުރުން އެކަންޏެއް ނޫނެވެ. ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ އެއްވެސް ކަމެއް ކުރަން ހޭދަކުރުން ހިމެނިގެންވެއެވެ. އެއިގެ ތެރޭގައި ހިލޭ އަންހެނުންގެ ކިބައިން ނުވަތަ ފިރިހެނުންގެ ކިބައިން ޙަރާމް ކުރައްވަވާފައިވާ (ޒިނޭކުރުން ފަދަ) ފާޙިޝް ޢަމަލުތައް ކުރަން  ހޭދަކުރުންވެސް ހިމެނިގެންވެއެވެ.  

- މައްލޫމާތު: ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން