އޮފީސް ގުޅުމުގެ ތެރެއިން ޞާޙީބުންނާ ޒިނޭކޮށް ދަރިން ލިބުން ޢާންމުވުން: ފަހު ޒަމާނުގެ ޢަލާމާތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 10ސ
އޮފީސް ގުޅުމުގެ ތެރެއިން ޞާޙީބުންނާ ޒިނޭކޮށް ދަރިން ލިބުން ޢާންމުވުން:  ފަހު ޒަމާނުގެ ޢަލާމާތެއް!

އިސްލާމް ދީނުގައި ޙަރާމްކުރައްވަވާފައިވާ ކަންކަން، އެކި ބަހނާތައް ދައްކައިގެން އެއީ ރިވެތި އަދި ޙަލާލް ކަންކަން ކަމުގައި ދައްކަމުން ގޮސް "އޮފީސް ގުޅުން" މިއަދު މިވަނީ އެންމެން ބަލައިގަންނަ ކަމަކށްވެފައެވެ. ޞާޙީބް މީހާ އާއިއެކު އޭނާ ބޭނުންވާ ތަނަކަށް (ބޭރު ޤައުމަކަށް ނަމަވެސް) އަނބިމީހާ ފޮނުވަން ދެކޮޅުހަދައިފިނަމަ ވަރިވެގެންވެސް އެބަދެއެވެ. 

ސުވާލަކީ ކަންކަން މިދަނީ ކޮން މިޞްރާބަކަށް ހެއްޔެވެ؟

ފޭރާންލީ ނަމަވެސް އަޢުރަ ނިވާނުކޮށް އުޅުމާއި ނޯކަރު އަންހެނުން ޞާޙިބުންނަށް ވިހެއުމަކީ ފަހުޒަމާނުގެ ޢަލާމާތްތަކުގެ ތެރެއިން ހިމެނޭ ކަންކަމެވެ. ޙަދީޘްފުޅުގައި އޮތީ އަޅު އަންހެނުންގެ ވާހަކައެވެ. އެއީ އެއިރު އަޅުން ގެންގުޅޭތީއެވެ. މިއަދަކު އަޅުންނެއް ނުތިބޭނެއެވެ. މިއަދު އޮފީސް ގުޅުމުގެ ތެރެއިން ހިނގަމުން މިދަނީ ހަމަ އެކަމެވެ. ނޯކަރު އަންހެނާ ޞާޙިބް މީހާއަށް ބަލިވބެއިންނަނީއެވެ.

ވަޒީފާ އަދާކުރާ ޒުވާން އަންހެން ކުދިންނާއި ގޭގައި ގެންގުޅޭ ނޯކަރު އަންހެންކުދިން އެކުދިންގެ ޞާޙިބުންނާއި ޒިނޭކުރުން މިވަނީ ޢާންމުކަމަކަށްވެފައެވެ. އެކަންކުރާ ޢަދަދު އެނގޭނީ ބަލިވެ އިނުމުން ދަރިވައްޓާ ނުލާނަމަ އެވެ.

ޞާޙިބުންނާ ޒިނޭކުރުމުން ފައިސާކޮޅެއް ލިބިދާނެއެވެ. މަޤާމުގެ ކުރިއެރުންވެސް ލިބިދާނެއެވެ. ނަމަވެސް އެންމެ ބިރުހުރި އެއްކަމަކީ އެގޮތުން ހޯދާ މަޤާމުގެ ކުރިއެރުމެއްގެތެރެއިން މުސާރައަށް އިތުރުވާބައި އެއީ މަސައްކަތްކުރިނަމަވެސް، ވަޒީފާގެ މުސާރައިން ލިބުނު ނަމަވެސް ހަމަ އަލިފާނެވެ. އެފަދަ ކަމަކުން ހޯދާ ފޭރާމަކީ އަލިފާނުގެ ފޭރާމެވެ. ހޯދާ ސެންޓް ޖެހުމުން މީރުވަސްދުވިނަމަވެސް އެއިގެ ޙަޤީޤީ ވަހަކީ ނަކައިން ދުވާނެ ނުބައިވަހެވެ.

ލިބޭ މުސާރަ ކިތަންމެ ކުޑަވިނަމަވެސް ދެރަނުވާށެވެ! ޙަލާލް ގޮތުގައި ހޯދާއެއްޗަކުން ނޫނީ ކުރާނެ އެއްވެސް ޙަޤީޤީ ފައިދާއެއް ނެތެވެ. ޙަރާމް ގޮތުގައި ހޯދާ ތަކެތި ކައިބޮއިހެދުމުން ޖަހާމަސް ދިއުން އަޢުލާކަންބޮޑީ ނަރަކައަށް ކަމަށް އޮތް ޙަދީޘް ބަސްފުޅަށް ބިރުވެތިވާށެވެ. 

ލިބުނު ސެންޓަކީ އެންމެ މޮޅު، އެންމެ މީރުވަސްދުވާ ސެންޓް ނޫންކަމަށްވެގެން ދެރަނުވާށެވެ! ޙަލާލް ތަކެތި ބޭނުންކުރުމުން ގައިން ދުވާވަހުން ނޫނީ އުފާވެރިކަމެއް ނެތެވެ. އަދި އަނހެނުންނަށް އޮތީ ހިލޭ ފިރިހެނުންނަށް މީރުވަސް ނުދުއްވުމެވެ. ޤިޔާމަތް ދުވަހަށް ބިރުވެތިވެގެން ނޫނީ ސުވަރުގެ ލިބުމެއް ނެތެވެ. 

ތިމާ ކިތަންމެ ވަރަކަށް ބޭނުންވިނަމަވެސް، އެހެން ބައަކު ކިތަންމެ ގިނައިން ކުރިނަމަވެސް ﷲ ތަޢާލާގެ އެންގެވުންތަކަށް ތަބަޢަވެގެން ނޫވީ އެއްވެސް ހެޔޮކަމެއް ނެތެވެ. 

There is a hadith that explains this issue. The hadith is from Abu Musa al-Asy’ari RA where the Prophet PBUH said:

أَيُّمَا امْرَأَةٍ اسْتَعْطَرَتْ فَمَرَّتْ عَلَى قَوْمٍ لِيَجِدُوا مِنْ رِيحِهَا فَهِيَ زَانِيَةٌ

“Any woman who puts on perfume then passes by people so that they can smell her fragrance then she is an adulteress.”

Sunan Abu Daud (4173) and Sunan al-Nasa’ie (5126) 

މި ޙަދީޘްފުޅުން އެނގިގެންދަނީ ހިލޭ ފިރިހެނުންގެ ސިކުނޑިއަށް އަސަރުކުރާފަދަ ސެންޓްލައިގެން ހިލޭ ފިރިހެނުންގެ ތެރޭގައި އުޅުމަކީ ޒިނޭކުރުން ފަދަ ނުބައިކަންބޮޑު ފާފައެއް ކަމެވެ. ވީމާ އޮފީސްތަކަށް، ބާޒާރުތަކަށް، ޢާންމު ތަންތަނަށް ދާން ހުވަނދުލުމުގައި ބިރުވެތިވުން ހުއްޓެވެ. ކޮންމެ ޙަދީޘްފުޅަކީވެސް ހަމަ ﷲ ތަޢާލާގެ ޙަޟްރަތުން އައިސްފައިވާ ޙުކުމްފުޅުތަކެވެ. އޮތީ ޤަބޫލުކޮށް ޢަމަލުކުރުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން   

މިއަދު އޮންލައިން