އެންމެ ބޮޑު ނިޢުމަތަކީ އަތުގައި ފައިސާ ގިނަވުމެއް ނޫން! ބޮޑު ގެއެއް ލިބުމެއްވެސް ނޫން!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
އެންމެ ބޮޑު ނިޢުމަތަކީ އަތުގައި ފައިސާ ގިނަވުމެއް ނޫން! ބޮޑު ގެއެއް ލިބުމެއްވެސް ނޫން!: ބިލާލް އައްސަދު

ބައެއް މީހުންނަށް އެމީހުންނަށް ﷲ ތަޢާލާ ނިޢުމަތެއް ދެއްވަވާކަމަށް ޤަބޫލުކުރެވެނީ ގިނަ ޢަދަދެއްގެ ފައިސާ ލިބިއްޖެނަމައެވެ. ބޮޑު ގެއަކާއި ބޮޑު ތަނަވަސްކަމެއް ލިބިއްޖެނަމަ އެވެ.  

އެހެން އެކަން ޤަބޫލުކުރާ މީހުންނަށް ހަމަ ނުވިސްނެނީއެވެ. ނިކަން ވިސްނައިލަބަލާށެވެ! ރޭދުވާ ތަކުރާރުނުވާނަމަ ތިބާގެ ޙާލަކީ ކޮބައިހެއްޔެވެ؟ އިރުނުއަރާނަމަ އިރުން ލިބޭ އެއްވެސް ފައިދާއެއް އެމީހަކަސް ކުރާނީ ކިހިނަކުންހެއްޔެވެ؟ ބިމާއި ކަނޑުގައި ރޯދި ނުލައްވަވާނަމަ ތިބާ ކައިބޮއިހަދާނީ ކިހިނަކުން ހެއްޔެވެ؟  

މީސްތަކުންނޭވެ! ﷲ ތަޢާލާ އަންގަވާފައިވަނީ ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢުމަތްތަކާއިމެދު ވިސްނައި ފިކުރުކުރުމަށެވެ. ﷲ ތަޢާލާ ދެއްވަވާ ނިޢުމަތްތައް އެނގި ޤަބޫލުކުރެވޭނީ ވިސްނައި ފިކުރުކުރާ މީހުންނަށެވެ.  

ދެން ބުނެލަން އޮތީ ތަނަވަސްކަން ދެއްވެވުމަކީވެސް ނިޢުމަތެއް ނަމަވެސް ދެއްވަވާ ތަނަވަސްކަމަކީ އެމީހާއަށް މަގުއޮޅި އާޚީރަތް ނަގައިލެވޭ ސަބަކަށްވެފައިވަނީ ކިތައް މީހުންނަށް ހެއްޔެވެ؟ ދެއްވެވި ތަނަވަސްކަމުން ތިމާއަށް އެއްވެސް އުފަލެއް ޙާޞިލްނުކުރެވޭ މީހުން މަދީހެއްޔެވެ؟ ދުނިޔޭގައި އެންމެ އުފަލުގައި އުޅެނީ އެންމެ ތަނަވަސް މީހުން ހެއްޔެވެ؟  

މިހުރީ ހަމަކޮންމެ މީހަކަށްވެސް ވިސްނާލައިފިނަމަ ވަރަށް ފަސޭހައިން ޖަވާބުލިބެން ހުރި ސުވާލުތަކެވެ. އެއްވެސް ޙާލެއްގައި ތަނަވަސްކަމަކީ އެންމެ ބޮޑު ނިޢުމަތެއް ނޫނެވެ. އަދި އެއީ މީހަކަށް ލައްވަވާ އެންމެ ބޮޑު ރަޙްމަތެއްވެސް ނޫނެވެ. އެންމެ ބޮޑު ރަޙްމަތަކީ ފުރިހަމަ މުސްލިމަކަށް ވެވުމެވެ. ތަޤްވާވެރިކަންމަތީގައި ޘާބިތުވެ ހުރެވުމެވެ. ސުވަރުގެ ލިބޭނެ އަޅެއްގެ ގޮތުގައި ދުނިޔެއިން ނުކުމެވުމެވެ.  

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން