މަންމަ ރޮއްވައި، ރޯދަ ނުހިފައި އުޅުނު މީހަކު ތައުބާވާން ކުރަންޖެހޭ ކަންތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
މަންމަ ރޮއްވައި، ރޯދަ ނުހިފައި އުޅުނު މީހަކު ތައުބާވާން ކުރަންޖެހޭ ކަންތައް-

އަޅުގަނޑުގެ ސަބަބުން އަޅުގަނޑު މަންމަ ވަރަށް ގިނައިން ރޯން ޖެހުނެވެ. އެއީ އަޅުގަނޑު ވަރަށް ބަސްނާހާ އުޅުނުއިރުއެވެ.  އެއިރު ރޯދަމަހު ހިފީވެސް ބައެއް ރޯދައެވެ. ނުހިފައި ދޫކޮށްލެވުނީ ކިތައް ރޯދަކަމެއް ބުނާކަށްވެސް ނޭނގެއެވެ. 

މިހެން ކަންތައް ވެފައިވާނަމަ އަޅުގަނޑު އެރޯދަތައް ހިފާނީތޯ؟

ނޫނީ ތައުބާވާން ކިހިނެއްތޯ ކަންތައް ކުރަންޖެހޭނީ؟

އަދި މަންމަ ދަރިއަކަށްޓަކައި ރޮއެފިނަމަ އެދަރިއަކަށް ސުވަރުގެއެއް ނުލިބޭނެކަމަށް "މަންމަ ދަރުސް" (ޝައިޚް އާދަމް ޝަމީމް ދެއްވި) ގައ ބުނެފައިވެއެވެ. މިހާރު މިހުރިހާ ކަމަކަށް ހިތާމަ ކުރެވެއެވެ. ދެރަވެއެވެ. ތައުބާވާން ކަންތައް ކުރަންވީ ކިހިނެއްތޯ؟ 

ޖަވާބު: 

"މަންމަ ދުނިޔޭގައި ހުރިނަމަ މާފަށް އެދޭށެވެ. ދުނިޔޭގައި ނެތްނަމަ މަންމައަށްޓަކައި ހެޔޮދުޢާ ގިނަގިނައިން ކޮށްދޭށެވެ! މަންމަގެ ނަމުގައި ޞަދަޤާތް ކުރާށެވެ. ރޯދަތައް ގެއްލުނުއިރު ނަމާދުކޮށްނޫޅޭ ނަމަ ޝަހާދަތުގެ ދެކަލިމަ ކިޔާ އިސްލާމްދީނަށް ވަންނާށެވެ. (އެއިރުން) ކުރިން ނުކޮށްހުރި ނަމާދު ތަކެއް، އަދި ނުހިފިހުރި ރޯދަތަކާއި، މެދު ވިސްނާކަށް ނުޖެހޭނެ އެވެ." 

ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް .

 

މިއަދު އޮންލައިން