މުއްމިނުންނަށް ޣީބަ ބަސް ބުނުމަކީ ބުނާ މީހާގެ ގައިން ނުބައިވަސް ދުވާކަމެއްކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
މުއްމިނުންނަށް ޣީބަ ބަސް ބުނުމަކީ ބުނާ މީހާގެ ގައިން ނުބައިވަސް ދުވާކަމެއްކަން އެނގޭތަ؟

ފުރަތަމަ ބަހަކަށްވެސް ބުނެލަން ބޭނުމީ ފާފައެއް ކުރެވުމުން އެމީހެއްގެ ގައިން ނުބައި ވަސް ދުވަން އިރާދަކުރައްވަވާނީ އެފާފައަކީ ކިހައި ބޮޑު ފާފައަކަސްވާތީކަމާއިމެދު ވިސްނައިލާށެވެ! 

"އެއްދުވަހަކު ނަބިއްޔާ އަރިހުގައި ޞަޙާބީން ތިއްބަވަނިކޮށް ނުބައި ވަހެއް ދުވަން ފެށިއެވެ. އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: 

"أتدرون ما هذه الريح؟ هذه ريح الذين يغتابون المؤمنين" " 

މާނައ: "މިއީ ކޮން ވަހެއްކަން އެނގިވަޑައިގަންނަވާތޯއެވެ؟ މީ މުއުމިނުންނަށް ޣީބަބުނާ މީހުންގެ ވަހެވެ." 

ކިތަންމެ ކުޑަ ކަމެއްގައި ނަމަވެސް ފިކުރު ތަފާތުވެލާއިރަށް މުސްލިމް އަޚުން އެކަކު އަނެކަކަށް ޣީބަ ބަސް ބުނަމުން ގެންދާއިރު އެކަމުގެ ސަބަބުން ތިމާގެ ގައިން ދުވާ ނުބައި ވަސް އެމީހުންނަށް ދުވާނަމަ ހަމަ އެކަކުވެސް އެކަމެއް ނުކުރާނެއެވެ. 

ޣީބަ ނުބުނަންވީ އެއީ ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަމަކަށްވާތީއެވެ! އެކަމުގެ ސަބަބުން ދެދުނިޔޭގައިވެސް އެމީހަކަށް ނިކަމެތިކަން ލިބޭނެތީއެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން