މުސްތަޤްބަލަކީ ކޮބައިކަން އެނގެނީ މަދު މީހަކަށް! ނުއެނގޭނަމަ ދަސްކުރޭ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
މުސްތަޤްބަލަކީ ކޮބައިކަން އެނގެނީ މަދު މީހަކަށް! ނުއެނގޭނަމަ ދަސްކުރޭ!: މުފްތީ މެންކް

ތިމާއަށް އިޚްތިޔާރުކުރެވޭ ބައިވެރިޔާގެ ސަބަބުން ތިމާގެ މުސްތަޤްބަލަށް އަސަރުކުރާކަން ގިނަ ބައަކަށް އެނގެނީ ކައިވެނިކޮށް އެކުގައި ދިރިއުޅެން ފެށުމުންނެވެ. ދަރިންވެސް ލިބި ދެމީހުން އެކުގައި ބަނދެވޭ ހިސާބުންނެވެ. 

ކައިވެންޏަށް ބައިވެރިއަކު އިޚްތިޔާރުކުރުމުގައި އެކަމަށް ބަލަން ދީނުގައި އޮންނަ ސަބަބަކީ އެއީއެވެ. ތިމާގެ މުސްތަގްބަލް ސަލާމަތްކުރުމަށެވެ. ޢާޚިރަތް ގެއްލިގެންދިއަ ނުދިނުމަށެވެ. 

މުސްތަޤްބަލްގެ މާނައަކީ މާދަމާ އެކަންނެއް ނޫނެވެ. މުސްތަޤްބަލް އުޖާލާކުރެވި ކާމިޔާބު ކުރެވުމަކީ ސުވަރުގެ ވަދެވުމެވެ. ސުވަރުގެ ނުވަދެވިއްޖެނަމަ އެމީހެއްގެ މުސްތަޤްބަލް ބަރުބާދުވެގެންދިއައީއެވެ. އެއިރުން އޭނާގެ މުސްތަޤްބަލަކީ ނަރަކައިގެ ގަދަފަދަ ޢަޛާބް ކަމަށް ވެގެންދާނެތީއެވެ. 

މިކަން އޮތީ މިފަދައިންނަމަވެސް، އެކަން އެންމެންނަށް އެނގުނަސް، އަދިވެސް ގިނަ ބައަކު ޙަޔާތުގެ ބައިވެރިޔާ އިޚްތިޔާރުކުރަނީ އޭނާގެ މުސްތަޤްބަލަށް ވިސްނައިގެނެއް ނޫނެވެ. ހިތުގައި އުފެދޭ ޖަޒުބާތުތަކެއްގެ އަވާގައެވެ. ތިމާގެ ހިތް ﷲ ތަޢާލާ ނޫންފަރާތަކަށް ހަދިޔާނުކުރަން އަބަދުހެން ބުނަމުން މިގެންދަނީ އެސަބަބަށްޓަކައެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މުސްތަޤްބަލަކީ ކޮބައިކަން މިބުނެދިނީއެވެ. މުސްތަޤްބަލާއިމެދު ފުންކޮށްވިސްނާށެވެ. މުސްތަޤްބަލަށް ވިސްނައިގެން ނޫނީ ޙަޔާތަށް ބައިވެރިއަކު ނުހޯދާށެވެ! ތިމާގެ މުސްތަޤްބަލަކީ ނަރަކަ ކަމުގައި ނުވެ، ނަރަކައިން ސަލާމަތްވެވޭނީ އެއިރުންނެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން